ރައީސް ފ. ފީއަލީ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވަޒީރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 Apr 2024 | 00:01
ދެ ޤައުމުގެ ގުޅުން ހީނަރުވުމެއް ނެތި އިންޑިޔާ ސިފައިން ރާއްޖެއިން ފޭބުމަކީ އުފާކުރަން ޖެހޭ ކަމެއް - ވަޒީރު އާދަމް ޝަރީފު

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހީނަރު ނުވެ، އިންޑިޔާ ސިފައިން ރާއްޖެއިން ފޭބުމަކީ ލިބުނު ކުރިއެރުމެއް ކަމަށާ އުފާކުރަން ޖެހޭ ކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައްހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ފީއަލީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ޑިޕްލޮމަސީގެ ރީތި އުސޫލުތަކާ އެއްގޮތަށް އިންޑިޔާ ސިފައިން ރާއްޖެއިން ބޭލި ބޭލުމަކީ ބައިނަލްއަްުވާމީ ދުނިޔޭގެ އާދަޔާވެސް ޚިލާފު ކަމެއް ކަމަށެވެ.

"މީގެ ކުރީގެ ތަޖުރިބާއާއި ޚިލާފަށް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައިވެސް މިކަންކަން ހިނގާފައި އޮތް ގޮތާ ޚިލާފަށް. މިއަދު އަޅުގަނޑުމެން އެންމެ އުފާކުރަން ޖެހޭ އެއް ކަމަކީ، ޑިޕްލޮމަސީގެ ރިވެތި އުސޫލުތަކާ އެކީގަ، އެއްވެސް ނުތަނަވަސްކަމެއް ކަންބޮޑުވުމެއް ނެތި އިރާދަކުރެއްވީތީވެ އިންޑިޔާއާ ދިވެހިރާއްޖެއާ އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އެ އޮތްގޮތަށް އޮވެމެ، އެކަމަކު އިންޑިޔާ ސިފައިން މިއަދު ރާއްޖެއިން ފައިބައިގެން ދާދިޔުން" 

ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ޖަލްސާގައި ވަޒީރު ވިދާޅުވީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމާއެކު އިންޑިޔާ ސިފައިން ރާއްޖެއިން ބޭލިކަމީ، ދިވެހި ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ކިޔާ ޝުކުރުދަންނަވަން ޖެހޭ ކަމެއް ކަމަށެވެ.

އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިޔާ ސިފައިން ބޭލުމަށް ވަނީ ދެޤައުމުގެ ދެމެދުގައި އެއްބަސްވެވިފައެވެ. އެ އެއްބަސްވުމުގެ ދަށުން، އައްޑޫ ސިޓީގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރާއެކު އިންޑިއާ ސިފައިންގެ ފުރަތަަމަ ބެޗު ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފޮނުވާލާފައެވެ.

އަދި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ ދެވަނަ ބެޗު މި އޭޕްރިލް މަހު ނުވަވަނަ ދުވަހުފޮނުވާލާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވަނީ އިއުލާން ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.