ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް --- ފޮޓޯ/ވޮއިސް
ހަބަރު
09 Apr 2024 | 15:11
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަކީ ސަޕްރައިޒެއް ކަމަށް ޕީއެންއެފްއިން ބުނެފި

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ޖަލްސާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަކީ ސަޕްރައިޒެއް ކަމަށް ޕީއެންއެފްއިން ބުނެފިއެވެ.

ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ، ކުރީގެ ސައިންސް މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ކޮންމެ ގޮތެއް ވިޔަސް މިރޭގެ ޖަލްސާގައި، ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ގޮތެއް ހާމައެއް ނުކުރައްވައެވެ.

މިދިޔަ ސަރުކާރުގެ ފަހު ކޮޅު ރައީސް ޔާމީނުގެ ބަންދަށް ބޮޑު ލުއިތަކެއް ދިނުމާއެކު، ގޭބަންދަށް ބަދަލުކޮށްފައިވާއިރު، ކަރެކްޝަނުން ހުއްދަ ދެއްވާފައިވަނީ ޢާންމު މެންބަރެއްގެ ގޮތުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރެއްވުމުން، ކަރެކްޝަނުން ވަނީ އެ މަނިކުފާނަށް އެއްގޮތަކަށްވެސް އެ ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށް އަންގާފައެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދެއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގައެވެ. ޕާޓީ އުފެއްދުމަށް ބާއްވާ ޚާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ މިދިޔަ ބުރާސްފަތި ދުވަހު ދީފައިވާއިރު މި ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ މިރޭ 9:15 ގައި ޣިޔާސުއްދީން ސުކޫލް ހޯލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.