ހަންކެޑެ ތަރައްޤީކޮށް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް --- ފޮޓޯ: އެމްއެފްއެމްސީ
ހަބަރު
15 Apr 2024 | 17:17
މިރޭ އައްޑޫ "ހަންކެޑެ" ޕްރޮޖެކްޓުގެ ބިންގާ އަޅަނީ

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުގެ ގޮތުން ފެށުމުމަށް ހަމަޖެހިފައިވާ، އެންމެ ބޮޑު މަޝްރޫޢު، "ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް" މަޝްރޫޢުގެ ބިންގާ މިރޭ އެޅުމަށް ހަމަޖެހިއްޖެއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ހަންކެޑެ ސަރަހައްދުގައި މިރޭ 8:30 އިން 10:00 އަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި، މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހުސާން ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޖަލްސާގައި ދައުލަތުގެ ބައެއް އިސްފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވެލައްވާނެކަމަށް މައުލޫމާތުލިބެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ޕީއެންސީއިން އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 2،080 އެނދުގެ މި ބޮޑު މަޝްރޫޢު މިހާރު އޮތީ ޢަމަލީ މަސައްކަތް ފެށޭ ހިސާބުގައި ކަމަށެވެ.

"ހަންކެޑެ މަޝްރޫޢު އޮތީ މިހާރު ޢަމަލީ މަސައްކަތް ފެށޭ ހިސާބުގަ. ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށިގެން ދާނެ. ދެހާސް އަށްޑިހަ އެނދުގެ މަޝްރޫޢެއް އެއީ. އެމްޑީޕީ ސަރުކާރުން ދެހާސް އެކާވީހުގައި މިވާހަކަ ދައްކަން ފެށި. މިދިޔަ އަހަރު ނިމުން އިރުވެސް އެ މަސައްކަތެއް ނުފެށުނު. " 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހަންކެޑެ މަޝްރޫޢަކީ އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ގެންނާނެ ބޮޑު މަޝްރޫޢެކެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ލައިވް މިއުޒިކާއެކު ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ