ޑެންގީ ހުން ޖައްސާ އީޑީސް މަދިރި
ހަބަރު
17 Apr 2024 | 17:01
ޑެންގީ ހުމާއި އަރިދަފުސް ރޯގާ ފެތުރުނު މިންވަރު އިތުރުވެއްޖެ

ރާއްޖޭގައި ރޯގާގެ ގޮތުގައި ޢާންމުކޮށް ފެތުރޭ ބަލިތައް ފެތުރުނު މިންވަރު ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗު މަހު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު އެޗްޕީއޭއިން ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން ވެސް މިދިޔަ މަހު ވަނީ އިތުރުވެފައެވެ.

އެގޮތުން ފެބްރުއަރީ މަހު ޑެންގީ ހުމުގެ 116 ވޭދަނަ ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މަހު ޑެންގީ ހުމުގެ 119 ވޭދަނަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ޖެނުއަރީ މަހާ އަޅާބަލާއިރު 18% ދަށް ޢަދަދެކެވެ.

އަރިދަފުސް ރޯގާ ޖެހިގެން ފެބްރުއަރީ މަހު ރިޕޯޓުކޮށްފައިވަނީ 29،184 މީހުންނެވެ. މި ޢަދަދު މިދިޔަ މަހު ވަނީ 33،637 މީހުންނަށް އިތުރުވެފައެވެ.

މިދިޔަ މަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5428 ވޭދަނަ ރިޕޯޓުކޮށްފައިވާއިރު މިއީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 5% ގެ އިތުރުވުމެކެވެ. މީގެ އިތުރުން ވައިރަލް ހުމުގެ ވޭދަނަތައް ފެބްރުއަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ވަނީ 32% އިތުރުވެފައެވެ.

އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ޑެންގީ ހުން އިތުރުވެފައިވަނީ މާލޭ ސަރަހައްދުގެ އިތުރުން ހއ، ހދ، ނ، ކ، ގދ، ޏ، ލ އަދި ސ އަތޮޅުގައެވެ.

ބޭރަށް ހިންގުން މާލޭ ސަރަހައްދުގެ އިތުރުން ހއ، ހދ، ބ، ޅ، ކ، އއ، ވ، މ، ފ، ދ، އަދި ލ އަތޮޅުގައި އިތުރުވެފައިވާއިރު ވައިރަލް ހުން އިތުރުވެފައި ވަނީ މާލޭ ސަރަހައްދާއި ހއ، ހދ، ނ، އއ، ފ، ގދ، އަދި ސ އަތޮޅުގައެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައި ވުމާއެކު އެޗްޕީއޭ އިން ވަނީ އަރިދަފުސް ރޯގާ އަދި ނޭވާ ލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާޒު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.