ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
22 Jul 2024
ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް "ޕަޗަސް" ކެމްޕެއިން އިފްތިތާޙުކޮށްފި
ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް "ޕްރޮމޯޓިން އެންޓި-ކޮރަޕްޝަން، އޮނެސްޓީ އެންޑް އެކައުންޓެބިލިޓީ އިން ސްޕޯރޓސް" (ޕަޗަސް) ގެ ނަމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކެމްޕެއިނެއް އިފްތިތާޙުކޮށްފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ގުޅިގެން ކުޅިވަރުގެ ދާއިރާގައި ކޮރަޕްޝަނުން ސަލާމަތްކުރުމާއި، ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަޤްސަދުގައި ހިންގާ މި ކެމްޕޭން އިފްތިތާޙުކޮށް ދެއްވީ 22 ޖުލައި 2024 ގައި މިކަމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ރާފިޢުއެވެ.
22 Jul 2024
އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔަ އިރު ގައުމުގެ އިގްތިސާދު އޮތީ ރަނގަޅަށް: މެންބަރު ޣަފޫރު
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނު އިރު ޤައުމަށް ލިބެމުން އައި އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.
22 Jul 2024
ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް
ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
22 Jul 2024
ޔޫރަޕުގައި ބޭނުންކުރާ ފެންވަރުގެ މޮޅު ބޭސް އެތެރެކޮށް އަގުތައް ކޮންޓްރޯލްކުރަން ފަށައިފި
މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓްގެ ދަށުން ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ބަލްކްކޮށް ބޭސް ގަނެ ރާއްޖެ ގެނައުމަށް ވަނީ ފަށާފައެވެ. މި ސިޔާސަތު ތަންފީޒު ކުރަން ފެށުމާއެކު، ނަތީޖާއެއްގެ ގޮތުން އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އަދި ބޭހަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ސިއްޙީ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
22 Jul 2024
ޓާމު ބަންދުތަކާއި މިޑް ބްރޭކުގައި ސްކޫލަށް މުދައްރިސުން ނެރުން މަނާކޮށްފި
2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ އަދި ދެވަނަ ޓާމުގެ ބަންދުތަކާއި މިޑްޓާމު ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުން މަނާކޮށްފިެެވެ.
21 Jul 2024
މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ޙާލު ޖުމްލަގޮތެއްގައި ރަނގަޅު: ހައި ކޮމިޝަން
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގައި ދިރިއުޅޭ އަދި ދަތުރުކޮށްފައިވާ ދިވެހިންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށް ޚާރިިޖީ ވުޒާރާއިން ބުނެފިއެވެ.
21 Jul 2024
ތިނަދޫގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމް ކައުންސިލާ ހަވާލުކޮށްފި
ގދ. ތިނަދޫ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މިއަދު ފަހުމުނާމާގައި ސޮއި ކޮށްފިއެވެ.
21 Jul 2024
އެމްއޭސީއެލް ހިންގާ ބޭސިކް ފަޔަރފައިޓަރ ކޯހުގެ 29 ވަނަ ބެޗް ފަށައިފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ބޭސިކް ފަޔަރފައިޓަރ ކޯހުގެ 29 ވަނަ ބެޗް ފަށައިފިއެވެ. މި ކޯހުގައި 12 ފަޔަރފައިޓަރުން ބައިވެރިވެ، ވައިގެ ބަނދަރުގައި އަލިފާނުގެ ހާދިސާތަކާއި މަތިންދާބޯޓުތަކުގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާދިސާތަކަށް އިޖާބަދިނުމަށް ތަމްރީނު ކުރެވޭނެއެވެ. މި ކޯހަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ކޯހެކެވެ.
21 Jul 2024
އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި، ވޯޓަށް ނުގޮސް 34 މީހުން ހޮވިއްޖެ
އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި، ވޯޓަށް ނުގޮސް ނައިބު ރައީސުންގެ މަޤާމަށް 34 ކެނޑިޑޭޓުން ހޮވިއްޖެއެވެ.
21 Jul 2024
ފުވައްމުލަކާއި އައްޑޫ ސިޓީގެ ނޫސްވެރިންނަށް ހިންގި ތަމްރީން ޕްރޮގްރާމު ނިންމާލައިފި
ޒުވާނުން ބާރުވެރިކުރުވުމާ، މައުލޫމާތާ ފަންނާ ބެހޭ ވުޒާރާއިން އައްޑޫސިޓީ އަދި ފުވައްމުލައްސިޓީގެ ނޫސްވެރިންނާ، މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން "ހޭލުންތެރި މީޑިއާ"ގެ ނަމުގައި ހިންގި ތަމްރީން ޕްރޮގްރާމު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ފުވައްމުލަކު ސިޓީގައި މިމަހުގެ 19 އިން 20އަށެވެ.
18 Jul 2024
ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕް 19 ދަރިވަރަކު ޙާޞިލްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައިއެޗީވާރސް ސްކޮލަރޝިޕް ކާމިޔާބުކުރި ދަރިވަރުންނަށް އެ ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ. މި ދިޔަ 2023 ވަނައަހަރު 136 ދަރިވަރަކުވަނީ މި ސްކޮލަރޝިޕްތައް ކާމިޔާބުކޮށްފައެވެ.
18 Jul 2024
ޕާކިސްތާނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކޮމްޕިއުޓަރުތަކަކާއި ލެޕްޓޮޕްތަކެއް ހަދިޔާ ކޮށްފި
ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ލެޕްޓޮޕްތަކެއް ހަދިޔާ ކުރައްވައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި، ޕާކިސްތާނުން އެ ވުޒާރާއަށް ހަދިޔާކޮށްފަިއވަނީ 10 ކޮމްޕިއުޓަރު ސިސްޓަމަކާއި ހަތް ލެޕްޓޮޕް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
18 Jul 2024
ދަރިވަރުންނަށް ލިބޭ ޢިލްމާއި ހުނަރަކީ ޤައުމީ ވުނަދާނައެއް: ވަޒީރު ޑރ.މާރިޔާ
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލު ކުރުމަށް މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ދަރިވަރުންނަށް ލިބޭ ޢިލްމާއި ހުނަރާއި ތަޖުރިބާތަކަކީ ޤައުމީ އިންވެސްޓްމަންޓެއް ކަމަށެވެ.
18 Jul 2024
ތިން މާއްދާއިން ފާސްވިޔަސް އޭލެވެލަށް ވަނުމަށް ފުރުސަތު ދޭން ނިންމައިފި
އޯލެވެލް އިމްތިހާނުގައި ތިން މާއްދާއިން ފާސްވެފައިވާ ނަމަވެސް، ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔެވޭނެ ގޮތަށް އުސޫލު ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ސްކޫލްތަކުގައި ޖާގަ ހުރި ނަމަ، ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ މަޤްޞަދުގައި ކަމަށެވެ. މިއީ ކުރިން ގްރޭޑް 11 އަދި 12 އަށް ވަދެވޭ ކްރައިޓީރިއާގެ އިތުރުން ގެނެސްފައިވާ ބަދަލެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
18 Jul 2024
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފި
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.
18 Jul 2024
ޔޫއެންއޯޑީސީން ދިވެހި ފުލުހުންނަށް އެޑްވާންސްޑް ޑްރޯންތަކެއް ހަދިޔާކޮށްފި
އ.ދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން ދިވެހި ފުލުހުންނަށް އެޑްވާންސްޑް އަންޑަވޯޓަރ އަދި އޭރިއަލް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.
18 Jul 2024
ޓްރެފިކްގެ މައްސަލަ ޙައްލުކުރުމަށް ހުޅުމާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ
އެޗްޑީސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައި ވަނީ ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުމަތަކަކީ އެކްސިޑެންޓް މަދު ރައްކާތެރިތަނަކަށް ހެދުމަށް ކަމަށެވެ.
17 Jul 2024
މަޖިލިސް މެމްބަރުންނާ އެކު ފުރާ އެންމެނަށް ވީއައިޕީ ނުދިނުމަށް ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެބޭފުޅުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ޚިދުމަތްދޭން ކޮމެޓީން ފާސްކުރުމަށްފަހު އަނެއްކާ ވެސް އެ އުސޫލު ބޭރުކޮށް, ވީއައިޕީ ނުދިނުމަށް ފާސްކޮށްފިއެވެ.
17 Jul 2024
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފި
އިމިގްރޭޝަން މޯލްޑިވްސްއިން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް "އިމިގްރޭޝަން ވޮޗް" ނަމުގައި އައު ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ. މި އައު ޚިދުމަތް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ޤާނޫނުތައް ދެމެހެއްޓުމެވެ. މީގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން ދެނެގަތުމާއި، އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓުކުރުން މިހާރަށްވުރެ ފަސޭހަވެގެންދާނެއެވެ.
17 Jul 2024
ހަށިވިއްކުމުގެ ވިޔަފާރީގައި ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝް ފިރިހެނެއް!
ދިވެހި އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ބަންގްލަދޭޝް މީހަކު 2019 އިން ފެށިގެން 23 އަންހެނުން ރާއްޖެ ގެނެސް ހަށިވިއްކުމުގެ މަސައްކަތުގައި ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މިހާރު ޢަރިފް ކަމަދާރީ ވަނީ ޑީޕޯޓްކުރެވިފައި ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ އެހެން އެންމެން ވެސް ޑީޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
17 Jul 2024
ހައްޔަރުކުރަން އުޅެނިކޮށް އަނިޔާވި މީހާ އޮތީ އައިސީއޫގައި: ފުލުހުން
ކ. މާލެ މ. ދޯޅަބުގެ، މުޙައްމަދު އަޒްމީލް ޖަލީލު (38އ) ބަންދުގައި ބަހައްޓައިގެން 16 ޖުލައި 2024 ވަނަ ދުވަހުގެ 01:00 އަށް ޑްރަގް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހައްޔަރުކުރަން ފުލުހުން ދިޔުމުން، ފިލަން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވެއެވެ.
17 Jul 2024
އަލިފާނުގެ ހާދިސާތަކާގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ރ. އަލިފުށީގައި ބާއްވައިފި
ފުލުހުން އިސްނަގައިގެން ރ. އަލިފުށީގައި އަލިފާނުގެ ހާދިސާތަކާގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ރ. އަލިފުށި ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ކުރިއަށް ގެންދިޔަ މި ސެޝަނަކީ އަލިފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ސެޝަނެކެވެ. މި ސެޝަން ބޭއްވީ މި ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.
16 Jul 2024
އަންނަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ޤައުމީ ފެންވަރުގެ ޙަފްލާއެއް ބާއްވަނީ
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޤުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވުމަށް ޤައުމީ ފެންވަރުގެ ޙަފްލާއެއް ބާއްވާނެ ކަމަށެވެ.
16 Jul 2024
ކީރިތި ޤުރުއާނަކީ ހުރިހާ އަޚްލާޤީ މައްސަލަތަކަށް އޮތް ޙައްލު: ރައީސް ޑރ. މުޢިއްޒު
ރާއްޖޭގައި މިހާރު ހުރި އަޚްލާޤީ މައްސަލަތަކުގެ ޙައްލަކީ ކީރިތި ޤުރުއާން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ޤުރުއާނުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ވަގުތެއްގައި އަޅުގަނޑުމެންގެ ބަހާއި ޢަމަލުން ސީދާވާން ޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ ކީރިތި ޤުރުއާން ކަމުގައިވުމަކީ ދިވެހީންނަށާއި ދިވެހިރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް ކަމުގައި ވިދާޅުވިއެވެ.
16 Jul 2024
ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ހިތްވަރުދީ އެކަމަށް މަގު ފަހިކުރާނަން: ރައީސް
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގައި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ޚާއްޞަ ހޭދައެއް ކުރުން ކަމަށާއި، އެކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ ކަމަށެވެ. އަދި ހަމައެހެންމެ ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
16 Jul 2024
ޤުރްއާނުގެ ޢިލްމު ކުރިއެރުވުމަށް އިތުރު ވަޤުފު ޢިމާރާތްތައް އަޅުއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސް ވިދާޅުވި ގޮތުގައި، މިހާރު މާލޭގައި ހުރި "ދާރުލް އީމާން" އިމާރާތުގެ އިތުރުން، "ދާރުއްސަލާމް" އަދި "ދާރުލްއަރްޤަމް" ގެ ނަމުގައި އިތުރު ދެ ވަޤުފު އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
16 Jul 2024
އަންނަ އަހަރުން ފެށިގެން އެންމެ އަގުބޮޑު އިނާމުތައް ދޭ މުބާރާތަކަށް ޤައުމީ ޤުރުއާން މުބާރާތް ވާނެ: ރައީސް
އަންނަ އަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދޭ މުބާރާތް ކަމުގައި ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
16 Jul 2024
މަސްތުވާތަކެތި އެތެރެކުރާނަމަ ޤަވާއިދާ ޚިލާފު އެހެން ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އެބައޮތް: ކަސްޓަމްސް
ކަސްޓަމްސްއިން ބުނީ، މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން ބަނދަރަށް އައުމުގެ ކުރިން ކަނޑުމަތިން އެތަކެތި ލޯކަލް އުޅަނދުފަހަރުގައި ބާލައިގެން ފަޅު ރަށްރަށަށް ގެންގޮސް އެތެރެކުރާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިގޮތަށް ތަކެތި އެތެރެކުރެވޭނަމަ ހަމައެކަނި މަސްތުވާތަކެތި ނޫން، އެހެނިހެން ޤާނޫނާ ޚިލާފު ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެކަމަށް ކަސްޓަމްސްއިން ވަނީ އިންޒާރުދީފައެވެ.
16 Jul 2024
ބޯޓުތަކުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސްވެރީންނަށް ބޮޑު ލުޔެއް ލިބިގެންދާނެ: މިފްކޯ
މިފްކޯއިން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ ކަޅުބިލަމަސް ގަންނަ ބޯޓުފަހަރުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސް ކިރުމުގައި މަސްވެރީންނަށް މިހާރު ދިމާވާ ބައެއް ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
15 Jul 2024
ފުލުހުން ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދެނީ
މިއަދު ފުލުހުން ހާމަ ކުރެއްވި ގޮތުގައި، ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެކޯޓަށް 16 ޖުލައިގެ 1 ޖަހާއިރަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމެއެޗުގައި މިވަގުތު ދަނީ ފަރުވާދެމުންނެވެ.