މޯލްޑިވްސް އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ: ވަގުތު
ހަބަރު
17 Jul 2024 | 19:12
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް "އިމިގްރޭޝަން ވޮޗް" ނަމުގައި އައު ޕްލެޓްފޯމެއް އިމިގްރޭޝަން މޯލްޑިވްސްއިން ތަޢާރަފްކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފްކޮށްދެއްވީ މިއަދު އިމިގްރޭޝަނުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދެވެ.

ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވި ގޮތުގައި، ބިދޭސީން ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިހާރު ފަށާފައިވާ އޮޕަރޭޝަންތަކަށް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ. އަދި ގިނަ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ސޯޝަލް މީޑިއާ ފަދަ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އިމިގްރޭޝަން ވޮޗް" ތަޢާރަފްކުރުމުގެ ސަބަބުން އެންމެނަށް އެއް ޕްލެޓްފޯމެއްގެ ދަށުން މައްސަލަތައް ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އައު ޚިދުމަތް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ޤާނޫނުތައް ދެމެހެއްޓުމެވެ. މީގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން ދެނެގަތުމާއި، އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓުކުރުން މިހާރަށްވުރެ ފަސޭހަވެގެންދާނެއެވެ.

އިމްގްރޭޝަނުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމުން ރިޕޯޓުކުރާ ފަރާތާއި މައްސަލައިގެ ސިއްރިއްޔާތު ދެމެހެއްޓޭނެއެވެ. އެގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތުގެ މަޢުލޫމާތު ހާމަނުކޮށްވެސް ރިޕޯޓުކުރެވޭނެ ކަމަށާއި އާންމުންނަށް މުހިންމު މަޢުލޫމާތު ހިއްސާކޮށް ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އިމިގްރޭޝާނުން ބުނެއެވެ.

އަދި ތަފްސީލީ މަޢުލޫމާތުގެ ސަބަބުން ބޮޑެތި ކުށްކުރާ ފަރާތްތައް އަވަހަށް ދެނެގަނެވޭނެ ކަންވެސް އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ. 

"އިމިގްރޭޝަން ވޮޗް" ގެ ޚިދުމަތް 24 ގަޑިއިރު އޮންލައިންކޮށް އިމިގްރޭޝަންގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ވެބްސައިޓުން "އިމިގްރޭޝަން ވޮޗް" ޚިޔާރުކޮށް މައްސަލައިގެ ތަފްސީލާއި ފޮޓޯ ހުށަހެޅޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.