މޯލްޑިވްސް ކަސްޓަމްސް ސާވިސް ހެޑް އޮފީސް -- ފޮޓޯ: އަވަސް
ހަބަރު
16 Jul 2024 | 18:35
މަސްތުވާތަކެތި އެތެރެކުރާނަމަ ޤަވާއިދާ ޚިލާފު އެހެން ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އެބައޮތް: ކަސްޓަމްސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން ޤާނޫނާ ޚިލާފު އެހެނިހެން ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮތްކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންޒާރުދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ކަސްޓަމްސްއިން މިހެން ބުނެފައިވަނީ، މަސްތުވާތަކެތި އެތެރެކުރުމާއި ޤާނޫނާ ޚިލާފަށް ތަކެތި އެތެރެކުރުން ހުއްޓުވުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުންނެވެ.

ކަސްޓަމްސްއިން ބުނީ، މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން ބަނދަރަށް އައުމުގެ ކުރިން ކަނޑުމަތިން އެތަކެތި ލޯކަލް އުޅަނދުފަހަރުގައި ބާލައިގެން ފަޅު ރަށްރަށަށް ގެންގޮސް އެތެރެކުރާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިގޮތަށް ތަކެތި އެތެރެކުރެވޭނަމަ ހަމައެކަނި މަސްތުވާތަކެތި ނޫން، އެހެނިހެން ޤާނޫނާ ޚިލާފު ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެކަމަށް ކަސްޓަމްސްއިން ވަނީ އިންޒާރުދީފައެވެ.

މިކަން ހުއްޓުވުމަށްޓަކައި ސަރަޙައްދީ ޤައުމުތަކާއެކު މަޢުލޫމާތު ޙިއްސާކުރުމާއި، ސަރވައިލަންސް އަދި މޮނިޓަރިންގ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތަކާއި ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތައްވެސް ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.

ކަސްޓަމްސްއިން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއެންޑީއެފްއިން ރާއްޖޭގެ ސަރަޙައްދު ކަނޑާއި ވައިގެ މަގުން 24 ގަޑިއިރު ބަލަހައްޓަމުންދާއިރު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައްވެސް އެމްއެންޑީއެފްއާ ގުޅިގެން އަދާކުރަމުންދާ ކަމަށެވެ.

މީގެ ތެރޭގައި އުޅަނދުފަހަރު އައުމުގެ ކުރިން އެ އުޅަނދުތަކާ ބެހޭ މަޢުލޫމާތު ހޯދައި، ރިސްކުތައް ދެނެގަނެ، ރިސްކު އޮންނަ ޙާލަތުގައި އެމްއެންޑީއެފްއާއި ފުލުހުންނާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތައް ހިންގުން ހިމެނެއެވެ.

މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް، މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚާއްސަ ތަމްރީނުތައް ދެމުންދާ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އަދި ސަރަޙައްދީ ޤައުމުތަކާއެކު މަޢުލޫމާތު ޙިއްސާކުރުމާއި، ސަރވައިލަންސް އަދި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށްވެސް ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަސްޓަމްސްއިން ތަންފީޒްކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒްކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.