Advertisement

ޓާމު ބަންދުތަކާއި މިޑް ބްރޭކުގައި ސްކޫލަށް މުދައްރިސުން ނެރުން މަނާކޮށްފި

ސްކޫލް ކުދިންތަކެއް - ފޮޓޯ: ވޮއިސް

2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ އަދި ދެވަނަ ޓާމުގެ ބަންދުތަކާއި މިޑްޓާމު ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުން މަނާކޮށްފިެެވެ.

މި ނިންމުން ނިންމާފައިވަނީ އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ސޮއިކުރައްވައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ފޮނުއްވި އިންޓަރނަލް މެމޯއެއްގައެވެ.

މި ނިންމުމާ ގުޅިގެން، މުދައްރިސުންނަށް ޓާމު ބަންދުތަކުގައި އިތުރު މަސައްކަތްތަކެއް ނުކުރެވޭނެއެވެ.

Advertisement

ތައުލީމީ ވަޒީރު ވަނީ ދިރާސީ އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި ވަރަށް މުހިންމު ނިންމުންތަކެއް ނިމިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ތައުލީމީ ވަޒީރު ވަނީ މުދައްރިސުން ސްކޫލުގެ ތެރޭގައި ހޭދަކުރާ މިންވަރު މަދުކޮށް، އާއިލާއެކު ހޭދަކުރާ ވަގުތު އިތުރުވާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

މި ނިންމުމަކީ އެ ސިޔާސަތުގެ ބައެއް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް
މުރީދު
ބައްލަވާ އޭރުން މުދައްރިސުންނަށް ލިބޭ މުސާރަ ކުޑަވާނެ. މިހާރު އޮންނަ ގޮތުން ސްކޫލަށް ނިކުންނަ ކޮންމެ ދުވަހަކަށް ލާރިކޮޅެއް ލިބޭނެ. މިގޮތަށް ހެދުމުން ގެއަށް ގެންނަން ލިބޭ މުސާރަކޮޅު މަދުވާނެ.
22 Jul 2024

Advertisement

Advertisement