ޖަޒީރާ 104 - ފޮޓޯ: މިފްކޯ
ހަބަރު
16 Jul 2024 | 16:06
ބޯޓުތަކުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސްވެރީންނަށް ބޮޑު ލުޔެއް ލިބިގެންދާނެ: މިފްކޯ

ބޯޓުތަކުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސްވެރީންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ ކަޅުބިލަމަސް ގަންނަ ބޯޓުފަހަރުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސް ކިރުމުގައި މަސްވެރީންނަށް މިހާރު ދިމާވާ ބައެއް ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިފްކޯއިން ބުނީ ރާއްޖޭގެ ދެކުނުގައި މަސްގަންނަން އޮޕަރޭޓްކުރާ އާރުއެސްޑަބްލިޔު 27.5 ޓަނު ޖާގައިގެ ބޯޓުފަހަރުގެ ތެރެއިން ރަންދި 23، 24، 25، 26، ފެލިވަރުން އޮޕަރޭޓް ކުރާ ބޯޓުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމުގައެވެ. އެ ހަތަރު ބޯޓުވެސް ކުރިން އޮޕަރޭޓް ކުރަމުންދިޔައީ ކޫއްޑޫއިންނެވެ.

މީގެއިތުރުން، ފެލިވަރުން އޮޕަރޭޓު ކުރަމުންދިޔަ، ދުވާލަކު 100 ޓަނަށްވުރެ ގިނަ މަސް ގަނޑުކުރެވޭ ބޯޓެއްކަމުގައިވާ، ޖަޒީރާ-102  ދެން އޮޕަރޭޓް ކުރާނީ ކޫއްޑޫ ސައިޓުން ކަމަށްވެސް މިފްކޯއިން މައުލޫމާތު ދެއެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު ވިދާޅުވީ މި ބަދަލު ގެނައީ، ފެލިވަރަކީ ދަޅު ބަންދުކުރާ ފެކްޓްރީއަކަށް ވެފައި، އެތަނަށް ބޮޑަށް ބޭނުންވާ، އާރުއެސްޑަބްލިޔުގައި ބެހެއްޓިފައިހުންނަ ތާޒާމަސް ހޯދުމުގެ މަގުސަދުގައި ކަމަށެވެ. އަދި މި ހަތަރު ބޯޓް އުތުރަށް ބަދަލުކުރުމުން އިތުރު ބަނދަރުތަކެއްގައި މަސްގަންނަ ބޯޓު ބޭއްވޭނެ ކަމަށާއި މިކަމުގެ ސަބަބުން އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރީންނަށް މަސްކިރޭނެ ކަމުގެ ޔަގީންކަން އިތުރުވެގެންދާނެކަން ޒާހިރު ފާހަގަ ކުރެއްވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސްވެސް ނުކިރޭކަމަށާއި، އެހެން ނަމަބެސް ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ފްރީޒްކުރެވޭ މަސް އިތުރުވެގެންދާނެކަމުގައެވެ. އަދި އެކަމުގެ ސަބަބުން މަސްވެރި މޫސުމުގައި އޮޑިދޯނިފަހަރުތަކުން މަސްކިރުމަށް ހަދާ ކިއު ކުޑަވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފްކޯގެ ފްލީޓާއި އެންމެ ފަހުން ގުޅުނު ޖަޒީރާ-106 އާއި ޖަޒީރާ-105 ވެސް މަސްގަތުމުގައި ހަރަކާތްތެރިވަމުން ދާކަން ހާމަ ކުރައްވާ، ދާދި އަވަހަށް ޖަޒީރާ-104 ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެގޮތުން ޖަޒީރާ-104 މިހާރު އޮތީ މާލޭގެ ބަނދަރުގައި ކަމަށާއި، އެބޯޓަށް މަސްގަތުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ދެކޭގޮތުގައި އެކުންފުނިން މަސްގަންނަ ފްލީޓަށް ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށޭއިރު، 150 ޓަން އިތުރަށް ފްރީޒް ކުރެވޭނެއެވެ.

މިފްކޯގެ ފްލީޓުގައި 1ކެރިއަރ ވެސަލް އޮތް އިރު، މަސްކިރުމުގެ އޮޕަރޭޝަންގައި މިވަގުތު 13 ބޯޓު ހަރަކާތްތެރިވެއެވެ. އަދި ބޯޓުފަހަރުތަކަށް ކިރާ މަސް ސައިޓަށް ގެންދިޔުމުގައި މަދާ ވެސެލްގެ ގޮތުގައި 5 ބޯޓު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.