ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
27 Jun 2024
ކަރެކްޝަންސް 18 މުވައްޒަފެއްގެ އެކައުންޓްތަކަށް 73 މިލިޔަން ރުފިޔާ، ފުލުހުން މިރޭ އެމީހުން ހައްޔަރުކުރަން ފަށައިފި
ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކަށް 73 މިލިޔަން ރުފިޔާ، ޖަމާކޮށްފައިވާ ކަމަށާއި، ފުލުހުން މިރޭ އެމީހުން ހައްޔަރުކުރަން ފަށާފައިވާ ކަމަށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވެއްޖެއެވެ.
27 Jun 2024
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި: ރައީސް ޑރ.މުޢިއްޒު
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
27 Jun 2024
“އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް” މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
27 Jun 2024
ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުޢިއްޒު ގެ ސަރުކާރުން ދަނީ ހަރަދު ކުޑަކުރަމުން: އަޒާން
އަޒާން މިއަދު މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ޚަރަދު ކުޑަކުރަމުން ދާ ކަމަށާއި، މި ކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ނަމޫނާ ދައްކަންޖެހޭ ކަމަށެވެ.
27 Jun 2024
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރަން ފެށުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން އެދިއްޖެ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް، ހުޅުމާލެއިން ވިއްކާފައިވާ، ނުވަތަ ކުއްޔަށް ދީފައިވާ، ނުވަތަ އިޖްތިމާޢީ، ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ބައެއް ގޯތިތަކުގައި، އިމާރާތް ކުރާ އިރު އެ ކޯޕަރޭޝަނުން ހަދާފައިވާ ޤަވާއިދު ތަކާއި، އުޞޫލުތަކަށް ބެލުމެއް ނެތި، އަދި ހޯދަން ޖެހޭ ހުއްދަތައް ނުހޯދާ އިމާރާތް ކުރަމުން ދާ ކަން ފާހަގަ ކުރެވިފައިވާކަމެވެ.
26 Jun 2024
އެމްޑީޕީ ބަޖެޓު ފާސްކޮށްފައި އޮތީ މި ސަރުކާރުގައި މަރުތަޅު އެޅުވޭ ގޮތަށް: ނިހާދު
މިރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ 19 ވަނަ މަޖިލީހުން، މި ސަރުކާރު ހިންގުމަށް ހުރަސް އެޅުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރި ކަމަށެވެ.
26 Jun 2024
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްކޮށްފި
ވޭތުވެ ދިޔަ އަހަރު ރާއްޖެ "ބީ މައިނަސް" ގައި ރޭޓު ކުރުމަށްފަހު، މިއަދު ފިޗް އިން ވަނީ، މި އަހަރުގެ ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އަކަށް ދަށްކޮށްފައެވެ.
26 Jun 2024
މިފްކޯއަށް ބޭރުގެ ސީއީއޯއަކު ހޯދަނީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް ސީއީއޯގެ މަޤާމަށް ބޭރު މީހެއް ހޯދުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހުޅުވާލައިފިއެވެ.
26 Jun 2024
އެމްޑީޕީއަށް 19 އަހަރު ފުރުމާ ގުޅިގެން، ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެންބަރުންނަށް ދަންނަވާ ކަމަށެވެ.
25 Jun 2024
ޖުލައި އަދި އޮގަސްޓުގައި ގިނަ ޢަދަދެއްގެ ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނާނެ: ޗައިނާ ސަފީރު
ޖުލައި އަދި އޮގަސްޓުގައި ގިނަ ޢަދަދެއްގެ ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިންގް ވިދާޅުވެއްޖެއެވެ.
25 Jun 2024
އިންވޭސިވް މެނިންގޯކޮކަލް ގެ ވޭދަނައެއް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގް ހަދަން ފަށައިފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ބ އިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކުރަން ފަށާފައިވާކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
25 Jun 2024
ބަކާ އެންމެ ފަހުން އެދިލެއްވީ ކިޔާލާނެ ރަނގަޅު ދުޢާ ކޮޅެއް ފޮނުއްވުމަށް: ޑރ. ޢަލީ ޒާހިރު
މިއަދު ނިޔާވި މަޝްހޫރު ފުޓުބޯޅަ ތަރި މުޙައްމަދު ޢާރިފު (ބަކާ) އެންމެ ފަހުން އެދިލެއްވީ ކިޔާލާނެ ރަގަޅު ދުޢާ ކޮޅެއް ފޮނުއްވުމަށްކަމަށް ޝައިޚް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
25 Jun 2024
ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިން ޓްރެވެލް ވެކްސިންތައް ވަނީ ޖަހާފައި: ޙައްޖު ކޯޕަރޭޝަން
ޙައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 1445 ވަނަ އަހަރު ޙައްޖުގެ މާތް އަޅުކަން އަދާކުރަން ސަޢުދީ ޢަރަބިއްޔާ އަށް ދަތުރުކުރި ހުރިހާ ޙައްޖުވެރިން ވެސް ވަނީ ސަޢުދީ ޙައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޓްރެވެލް ވެކްސިންތައް ޖަހާފައިވާ ކަމަށެވެ.
25 Jun 2024
މަޝްހޫރު، ފުޓުބޯޅަ ކުޅުންތެރިޔާ އާރިފް ކުއްލިގޮތަކަށް ނިޔާވި ޚަބަރު އެހީ ހިތާމައާ އެކު: ރައީސް ނަޝީދު
މަޝްހޫރު، ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ކުއްލިގޮތަކަށް ނިޔާވުމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
25 Jun 2024
ފުޓްބޯޅަ ތަރި އާރިފްގެ އާއިލާއަށް ރައީސް ޑރ.މުޢިއްޒުގެ ތަޢުޒިޔާ
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި މުޙައްމަދު އާރިފް (ބަކާ) ނިޔާވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
25 Jun 2024
ޤައުމީ ފުޓުބޯޅަ ތަރި އާރިފް ނިޔާވެއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި މުޙައްމަދު އާރިފް (ބަކާ) ނިޔާވެއްޖެއެވެ. ބަކާ ނިޔާވެފައި ވަނީ ކުއްލިއަކަށް ހުން ގަދަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށެވެ.
25 Jun 2024
މަސް ފެކްޓްރީތަކުގެ މަސައްކަތް ކުރާ ފަރާތްތައް މި ހަފްތާ ތެރޭ ޗައިނާއިން އަންނާނެ : ވަޒީރު ޝިޔާމް
ތިން މަސް ފެކްޓްރީއެއްގެ މަސައްކަތް ކުރާ ފަރާތްތައް މި ހަފްތާ ތެރޭ ޗައިނާއިން އަންނާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެ ރޭ ޕީއެންސީގެ ޖަގަހަ، ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.
24 Jun 2024
ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަނީ
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ. ޖުޑިޝަރީ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ، ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށާއި އެ ނިޒާމާ ބެހޭގޮތުން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ޝަމީމް ސިޓީއެއް ފޮނުއްވުމުންނެވެ.
24 Jun 2024
ވަޒީރުންގެ ލަފާފުޅާ އެއްގޮތަށް "މާލެ ފަހި ޕްރޮގްރާމް" ކުރިއަށް ގެންދަން ރައީސް ޑރ މުޢިއްޒު ނިންމަވައިފި
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން، ހިންގުމަށް ހުށަހަޅުއްވާފައިވާ "މާލެ ފަހި ޕްރޮގްރާމް" ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުތަކާއި އެއްގޮތަށް ތަންފީޒުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
24 Jun 2024
ރަސްމީ ދަތުރުފުޅެއްގައި ޑރ.ޝަހީމު ޗައިނާއަށް ފުރާވަޑައިގެންފި
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މހާމަ ކުރެއްވި ގޮތުގައި، ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ މި ދަތުރުފުޅަކީ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
24 Jun 2024
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކުރެއްވި ގޮތުގައި، މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މިއަދު ވަނީ އަލުން ފަށައިފި އެވެ.
24 Jun 2024
ފަލާޙާ ގުޅޭ ގޮތުން ފަތުރަމުން ދާ ވާހަކަތައް ޕީއެންސީއިން ދޮގުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ، އެ ޕާޓީ ގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ އަބުރުފުޅަށް އަރައިގަނެ ޙަޤީގަތާ ޚިލާފު ދޮގު ވާހަކަތަކެއް މީސްމީޑިޔާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
24 Jun 2024
ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ
ފުލުހުން ހާމަ ކުރެއްވި ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް: ހ. ބްލޫޑްރީމް) ޙުސައިން ޒިހާން (18އ) މިހާރު ވަނީ ފެނިފައެވެ.
24 Jun 2024
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޠާރިޤް ބޫޓާނަށް ފުރާވަޑައިގެންފި
މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ވަޒީރު ޠާރިޤް ބޫޓާނަށް ވަޑައިގެންނެވީ، ސަސެޕް ގެ 16 ވަނަ ގަވަރނިންގ ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
23 Jun 2024
ޕީއެންސީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާ ރައީސް މުޢިއްޒު ހަވާލުވެވަޑައިގެންފި
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންފިއެވެ.
23 Jun 2024
މާލޭގެ މިސްކިތެއްގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފި
މިއަދު މާލެ ސިޓީ ކައުންސިލުން ހާމަ ކުރެއްވި ގޮތުގައި، ބަޔަކު ވަނީ ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައެވެ. މި ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
23 Jun 2024
ޕީއެންސީ ހައުސް ރައީސް މުޢިއްޒު ހުޅުވައިދެއްވައިފި
ސަރުކާރު ހިންގާ މައި ޕާޓީ, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ, ރައީސް ޑރ.މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
23 Jun 2024
އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަނބުރައި ވީއައިއޭއަށް
ޓެކްނިކަލް މައްސަލައެއް ދިމާވެ އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަނބުރައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ. މި ފްލައިޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރުވެންޑްރަމަށް ފުރި، ބޯޓެކެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި، އެ ފްލައިޓު އަނބުރައި ވީއައިއޭއަށް ޖެއްސީ ޓްރިވެންޑްރަމަށް ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
23 Jun 2024
ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
މި މައްސަލައިގައި އިއްޔެ ހަވީރު ހައްޔަރުކުރީ ފުލުސް މީހާގެ ގައިގާ ޖެއްސި ކާރު ދުއްވަން އިން މީހާ އެވެ. އޭނާގެ މައްޗަށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފައެވެ.
22 Jun 2024
ފިޔޯރީން 8 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
ގދ ފިޔޯރީން 8 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.