މުޙައްމަދު ޢާރިފް (ބަކާ)
ހަބަރު
25 Jun 2024 | 22:15
ބަކާ އެންމެ ފަހުން އެދިލެއްވީ ކިޔާލާނެ ރަނގަޅު ދުޢާ ކޮޅެއް ފޮނުއްވުމަށް: ޑރ. ޢަލީ ޒާހިރު

މިއަދު ނިޔާވި މަޝްހޫރު ފުޓުބޯޅަ ތަރި މުޙައްމަދު ޢާރިފު (ބަކާ) އެންމެ ފަހުން އެދިލެއްވީ ކިޔާލާނެ ރަގަޅު ދުޢާ ކޮޅެއް ފޮނުއްވުމަށްކަމަށް ޝައިޚް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. 

ޑރ. ޢަލީ ޒާހިރު މިއަދު ފޭސްބުކުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޙައްމަދު ޢާރިފަކީ ދީނީ ކަންކަމަށް ފަރުވާތެރިވި ވަރަށް ގާތް އަޚެއްކަމަށެވެ. 

އަދި ބަކާ އެންމެ ފަހުން ޝައިޚް ގާތުން އެދިލެއްވީ، ރަނގަޅު ދުޢާ ކޮޅެއް ފޮނުވުމަށް ކަން ފާހަގަ ކުރައްވާ ޑރ. ޢަލީ ޒާހިރު ވަނީ، ބަކާ އެންމެ ފަހުން ފޮނުވާފައިވާ މެސެޖުވެސް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ބަކާ ބުނެފައިވަނީ "ޝައިޚް، ދުޢާ ފޮތް ފޮނުވާލަ ދެއްޗޭ" އެވެ.

"އެންމެ ފަހުން ވާހަކަ ދައްކާ ލެވުނީ ޙައްޖުގެ އަޅުކަމުގައި ހުންނަވައި ފޯނުން ގުޅުއްވާލެއްވީމަ. އެދިލެއްވީ ކިޔާލާނެ ރަގަޅު ދުޢާ ކޮޅެއް ފޮނުއްވުމަށް. 100 ދުޢާ އެކުލެވޭ ދުޢާ ފޮތެއް ފޮނުވާލަދިނިން."

ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައިވަނީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު، ރާއްޖެއަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ޙާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ބަކާ ނިޔާވެފައި ވަނީ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ޖެހިގެންނެވެ.

ކޮމެންޓް
‎إنَّا لله وإنا إليه راجعون ‎
‎إنَّا لله وإنا إليه راجعون ‎ މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن
26 Jun 2024
ހަސަން ނިހާދު
މުހައްމަދު އާރިފް (ބަކާ) ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އާމީން
26 Jun 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.