ދިވެހި ހައްޖާޖީން
ހަބަރު
25 Jun 2024 | 21:02
ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިން ޓްރެވެލް ވެކްސިންތައް ވަނީ ޖަހާފައި: ޙައްޖު ކޯޕަރޭޝަން

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިންވެސް ޓްރެވެލް ވެކްސިންތައް ވަނީ ޖަހާފައި ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. 

ޙައްޖު ކޯޕަރޭޝަނުން  މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 1445 ވަނަ އަހަރު ޙައްޖުގެ މާތް އަޅުކަން އަދާކުރަން ސަޢުދީ ޢަރަބިއްޔާ އަށް ދަތުރުކުރި ހުރިހާ ޙައްޖުވެރިން ވެސް ވަނީ ސަޢުދީ ޙައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޓްރެވެލް ވެކްސިންތައް ޖަހާފައިވާ ކަމަށެވެ. 

އެގޮތުން ޖަހަން ޖެހޭ ވެކްސިންތައް ކަމުގައިވާ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާ ވެކްސިން ހުރިހާ ޙައްޖުވެރިންވެސް ފުރިހަމަ ކޮށްފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ޚާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަންވެސް އެ ކޯޕަރޭޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Aug 2026
ސިޓީ ބަލިކޮށް އާސެނަލުން ކޮމިޔުނިޓީ ޝީލްޑް ކާމިޔާބުކޮށްފި
މި މެޗުގައި ސިޓީގެ ޑިފެންސްލައިނާއި ގޯލްކީޕަރު ޑޮނަރުއްމާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، އާސެނަލްއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ލިބުނެވެ. ވަކިން ހާއްސަކޮށް ބުކާޔޯ ސަކާއަށް ލިބުނު ރަނގަޅު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ
16 Aug 2026
ވިފާގުގެ މަރުގައި ޝައްކު އުފެދޭ ގިނަ ކަންކަން އެބަހުރި, އިންސާފު ބޭނުން: އަނީސް
އުމުރުން 25 އަހަރުގެ ވިފާގް މަރުވީ މީގެ ދެ އަހަރު ކުރީން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ.
16 Aug 2026
ވިލިމާލެ ޑިންގީ ޖެޓީއާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް
ވިލިމާލެ ބަނދަރު ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން 3،698 ސީބީއެމް ވެލި ބަނދަރު ތެރެއިން ނަގާ ނެރު ފުންކުރާނެ އެވެ.
16 Aug 2026
ތެލުގެ ޚަރަދަށް ލުޔެއް ހޯދުމަށް އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް
ފިނޭންސް މިނިސްޓްރީން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސް ތެލަށް ސަރުކާރުން ހޭދަކުރަންޖެހޭ މިންވަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމަކީ މި މަޝްރޫޢުގެ އެންމެ މައިގަނޑު މަޤުޞަދު ކަމަށެވެ
16 Aug 2026
ކޭޕާކް މައްސަލާގައި ހަމްބޯގެ މައްޗަށް އިތުރު އަމުރެއް
ކޭޕާކް މައްސަލާގައި މީގެ ކުރިންވެސް ވަނީ އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކި މީހަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ
16 Aug 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޝަމީމް އައްޔަނުކޮށްފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް އައްޔަނުކޮށްފި އެވެ.
16 Aug 2026
ދޮންދޫނި ޕްރީސުކޫލުގެ ކެމްޕަހެއް ހުޅުމާލޭގައި, އަންނަ އަހަރު ކިޔަވައިދޭން ފަށާނެ
ހުޅުމާލޭގައި ދޮންދޫނި ޕްރީސްކޫލްގެ ގޮތްޕެއް ހުޅުވުމަކީ ގިނަ ރައްޔިތުންތަކެއް އެދިއެދި ތިބި ކަމެއްކަން ފާހަގަ ކުރެވެ އެވެ.
16 Aug 2026
އެޗްޑީސީ ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް
އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މިއަދު ކުރިއަށްގެންދާ މި ބްލަޑް ކޭމްޕުގެ މަގްސަދަކީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި ބްލަޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުމެވެ.