މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް --- ފޮޓޯ: ވޮއިސް
ހަބަރު
25 Jun 2024 | 16:41
މަސް ފެކްޓްރީތަކުގެ މަސައްކަތް ކުރާ ފަރާތްތައް މި ހަފްތާ ތެރޭ ޗައިނާއިން އަންނާނެ : ވަޒީރު ޝިޔާމް

ތިން މަސް ފެކްޓްރީއެއްގެ މަސައްކަތް ކުރާ ފަރާތްތައް މި ހަފްތާ ތެރޭ ޗައިނާއިން އަންނާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެ ރޭ ޕީއެންސީގެ ޖަގަހަ، ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ. 

ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގަ މަސް ޕްރޮސެސް ކުރާ ފެކްޓަރީތައް ﷲ އިރާދަފުޅުން ލަސްތަކެއްނުވެ އަޅަން ފެށޭނެ ކަމަށެވެ. އަދި އެ މަނިކުފާނު ބޭނުންފުޅުވަނީ، ރޯ މަހުގެ ގޮތުގައި ކަޅު ބިލަ މަސް ބޭރުކުރުން ހުއްޓާލާ، ރާއްޖޭގައި މަސް ބަންދުކުރަން ކަމަށެވެ.

"ދިވެހިރާއްޖޭގަ އަޅުގަނޑުމެން ބޭނުންވަނީ ރޯ މަހުގެ ގޮތުގަ، ފްރޯޒަން ފިޝްގެ ގޮތުގަ މި ބޭރު ކުރެވޭ މަސް ބޭރުކުރުން، މަހޭ މި ދަންނަވަނީ ކަޅު ބިލަ މަސް ބޭރުކުރުން ހުއްޓާލަން. އޭގެ މާނައަކީ މި ތަނުގަ، ދިވެހިރާއްޖެއަށް ބާނާ ނުވަތަ މިފްކޯއަށް މި ނަގާ 70 ވަރަކަށް ހާސް ޓަނުގެ މަސް އަޅުގަނޑުމެން ބޭނުންވަނީ މި ޤައުމުގަ ޕްރޮސެސް ކުރެވޭނެ ގޮތް ހަދަން. މި ޤައުމުގަ ދަޅަށް ލެވޭނެ ގޮތް ހަދަން. މި ޤައުމުގަ ޕެކެޓަށް ލެވޭނެ ގޮތް ހަދަން."

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު އިިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތް ކުރިއަރާ، ރަނގަޅު ޢާމްދަނީއެއް ލިބޭނީ، ރާއްޖޭގައި މަސް ބަންދުކުރުމުން ކަމަށެވެ. 

"އެއިރުން މަސްވެރިންނަށް ރަނގަޅު ޢާމްދަނީއެއް ލިބޭނީ. އެއިރުން މަސްވެރި ސިނާޢަތަށް ރަނގަޅު ޢާމްދަނީއެއް ލިބޭނީ. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. "

ވަޒީރު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރުމުގެ ގޮތުން ރާއްޖޭގެ ތިން ރަށެއްގައި މަސް ފެކްޓަރީތައް އެޅުމުގެ މަސައްކަތް ކުރުމަށް ޗައިނާއިން، އެ މަސައްކަތް ކުރާނެ ފަރާތްތައް އަންނާނެކަން ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ. އެ ގޮތުން އެ ފަރާތްތައް އައިސް އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ، ފިޔޮރީ، ފ.ނިލަންދޫ، އަދި ފެލިވަރުގައެވެ.

"އިރާދަ ކުރެއްވިއްޔާ މި ހަފްތާވެސް އެބަ އާދެ ޗައިނާއިން ދިވެހިރާއްޖޭގަ ތިން ފެކްޓްރީގެ މަސައްކަތް ކުރާ ފަރާތްތައް. އިރާދަ ކުރެއްވިއްޔާ މި ހަފްތާ އެބޭފުޅުން އެބަ ވަޑައިގަންނަވާ. ވަޑައިގެން އެ ތިން ފެކްޓްރީ. އެއީ ފިޔޮރީއާ ފ.އަތޮޅު ނިލަންދޫ އާ ފެލިވަރު ގަ އަޅާ ޕްރޮސެސިން ފެކްޓްރީތައް އެޅުމުގެ މަސައްކަތް އެ ބޭފުޅުން ކުރާނީ"

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގަ ކޯލްޑް ސްޓޯރޭޖަށް އޮތް ދަތިކަން ފާހަަގަކުރައްވާ، ވަޒީރު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ޓަކައިވެސް ކުރަންހުރި މަސައްކަތްތައް ފަށާނެކަމަށެވެ. އެގޮތުން މ.އަތޮޅު މުލަކުގެ ކޯލްޑް ސްޓޯރޭޖާ ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަންގެ މަސައްކަތަށް ބޭނުންވާ ފައިސާ، ޢީދު ގެ ތެރޭގަ ސަޢުދީ ޢަރަބިއްޔާއިން އެޕްރޫވް ކުރައްވާފައިވާކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުންވެސް ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ، ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގަ މަސްވެރިންގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން ކޮށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.