ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު-- ފޮޓޯ/މަޖިލިސް
ހަބަރު
26 Jun 2024 | 21:42
އެމްޑީޕީ ބަޖެޓު ފާސްކޮށްފައި އޮތީ މި ސަރުކާރުގައި މަރުތަޅު އެޅުވޭ ގޮތަށް: ނިހާދު

އެމްޑީޕީ ބަޖެޓު ފާސްކޮށްފައި އޮތީ މި ސަރުކާރުގައި މަރުތަޅު އެޅުވޭ ގޮތަށްކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. 

މިރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ 19 ވަނަ މަޖިލީހުން، މި ސަރުކާރު ހިންގުމަށް ހުރަސް އެޅުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރި ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުން ދިޔައީ ބަޣާވާތަކުން ވިޔަސް، މި ސަރުކާރު ވައްޓާލަން ކަމަށާއި، އެކަން ކުރުމަށް މަޖިލީހުގެ ޢާންމު ކޮމިޓީގައި ތިއްބެވި ބޭފުޅުން ބަދަލުކޮށް، އެ ބޭފުޅުން ބޭނުންވާނެ ގޮތަކަށް ވޯޓު ދެއްވާނެ ބޭފުޅުން އެ ކޮމިޓީއަށް ލީ ކަމަށް ނިހާދު ވިދާޅުވިއެވެ. 

އަދި އެއަށް ފަހު މުޅި މަޖިލީހުގެ ޤަވާއިދު ބަދަލުކޮށް މަޖިލީހުގެ ޗުއްޓީ ފަނަރަ ދުވަހަށް އިތުރުކޮށް، ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން މިއަދު އިންތިޚާބު ވެފައިވާ ސަރުކާރަކީ އިތުބާރު ނެތް ކަމުގެ ސަރުކާރެއް ކަމަށް ނިންމަން މަސައްކަތް ކުރި ކަމަށްވެސް ނިހާދު ތުހުމަތު ކުރެއްވިއެވެ.

ނިހާދު އިތުރަށް ވިދާޅުވީ، 19 ވަނަ މަޖިލީހުން ބަޖެޓު ފާސްކޮށްފައި އޮތީ އެއްވެސް ޕްރޮޖެކްޓެއް ހިންގޭނެގޮތަކަށް ނޫން ކަމަށެވެ. އަދި އެއިރުގެ މަޖިލީހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ޔައުމިއްޔާ ބަލައިލުމުންވެސް ހާމަ ވާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެންމެންވެސް މި ދައްކާ ވާހަކައަކީ، (ސަރުކާރަށް) އެއްވެސް ކަމެއް ނުވެއޭ. އަސްލުގައިވެސް ނުވާނެ! ނުވެސް ކުރެވޭނެ! ކީއްވެތޯ؟ ސަރުކާރެއް ހިންގަން އަންނަނީ އެ ސަރުކާރާ ހަމައަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި އޮންނަ ބަޖެޓެއްގެ މައްޗަށް ބިނާކޮށް. އެ ބަޖެޓު، ބަޖެޓު ކޮމިޓީއިން ނިންމާފައި އޮތް ގޮތުން މި ސަރުކާރަށް މިއަހަރު ތެރޭގަ ހަމަ ހިރިވެސް ނުލެވޭނެ"

ނިހާދު ވިދާޅުވިއެވެ.

އެއިރުގެ ބަޖެޓު ކޮމިޓީއިން ފާސްކުރި ބަޖެޓުގެ ސަބަބުން ގިނަ ދަތިތަކެއް ދިމާވާކަން ހާމަ ކުރައްވާ، ނިހާދު ވިދާޅުވީ މިއަދު އުނދަގޫތައް ހުންނާނެކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން ދަނީ، މަޖިލީހުގެ ތެރެއިން މިކަންކަން ޙައްލުކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޯށްދޭން މަސައްކަތް ކުރަމުން ކަމަށެވެ. 

މީގެ އިތުރުން ނިހާދު ވަނީ، ކުރީގެ ސަރުކާރުން ޚާއްސަކޮށް އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން އައްޑޫ ސިޓީގެ ކަރަންޓު ވިއުގަ ހުރީ "މާދަމާވެސް އަލިފާން ރޯވެދާނެ" ފަދަ ޙާލެއްގައި ކަަމަށް ނިހާދު ސިފަ ކުރެއްވިއެވެ. އަދި ކަރަންޓު ވިއުގަ ރަނގަޅު ކުރުމުގެ ނަމުގައި 5 އަހަރު ވަންދެން މަސައްކަތް ކުރި ނަމަވެސް މައްސަލަތަކަށް ޙައްލު ނުލިބޭ ކަމަށާއި، 2019 ވަނަ އަހަރު ހަވާލުކުރި މަގު ހެދުމުގެ ޕްރޮޖެކްޓެއް އަދިވެސް ނުނިމޭ ކަން ނިހާދު ފާހަގަ ކުރެއްވިއެވެ. 

ކުރީގެ ސަރުކާރުން ވަނީ، އައްޑޫ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށްވެސް ޖަލްސާގަައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީ ހުޅުމީދޫ ފަޅުތެރޭގައި ދެ ރަށް ހިއްކާނަމޭ ބުނެ އޮޅުވާލި ކަމަށާއި، އައްޑޫ ގެ ޕޯޓާއި، ފޭދޫ ބަނދަރާއި، މިފްކޯ ބަނދަރު ތަރައްޤީ ކޮށްދޭނަމޭ ބުނެވެސް އޮޅުވާލީ ކަމަށް ނިހާދު ވިދާޅުވިއެވެ.

"އިންތިޚާބު ގާތްވީމާ ކޮންމެ ދިމާލަކުން ގެންގޮސް މީގެން ކޮންމެ ސަރަހައްދެއްގައި ބޭއްވީ އެކްސްކަވޭޓަރެއް. އެދުވަހު އަޅުގަނޑުމެން ވިއްކަމުން ދިޔައީ މިކަން މި ވަނިއްޔޭ ވަނިއްޔޭ ވަނިއްޔޭ."

ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާދު ވަނީ، އައްޑޫ ސިޓީއަށް މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދާނެ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގައި ބްރިޖު އަޅާނެ ކަމަށާއި، އައްޑޫ ސިޓީއަށް ބޯހިޔާވަހިކަން، ގެނެސްދޭނެ ކަމަށާއި، މަސް ފެކްޓްރީ ތަރައްޤީ ކުރާނެ ކަންވެސް ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް
ޏަެެމ
ބަލަކަލެތިކަންކުރީ
27 Jun 2024
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.