ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ވޮއިސް
ހަބަރު
27 Jun 2024 | 22:28
ކަރެކްޝަންސް 18 މުވައްޒަފެއްގެ އެކައުންޓްތަކަށް 73 މިލިޔަން ރުފިޔާ، ފުލުހުން މިރޭ އެމީހުން ހައްޔަރުކުރަން ފަށައިފި

ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކަށް 73 މިލިޔަން ރުފިޔާ، ޖަމާކޮށްފައިވާ ކަމަށާއި، ފުލުހުން މިރޭ އެމީހުން ހައްޔަރުކުރަން ފަށާފައިވާ ކަމަށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވެއްޖެއެވެ. 

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރު އަލީ އިޙުސާން ވިދާޅުވީ ޔުނިފޯމް އެޅި އިދާރާތަކުގެ ތެރެއިން ކަރެކްޝަންސްގެ ބޮޑެތި މައްސަލަތަކެއް ބަލަމުން ދާކަމަށެވެ.

ވަޒީރު ވިދާޅުވީ, ޖަލުން ފޯނާއި މަސްތުވާތަކެތި ފެންނަ މައްސަލައިގައި 3 މަހެއްހާ ދުވަސް ކުރިން ހިންގަން ފެށި ތަހުގީގެއްގައި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވެފައި ވާ ކަމަށެވެ. އަދި އެ ތަހުގީގަށް ފާހަގަވި ކަންކަން އިއްޔެ ލިބިވަޑައިގަތުމާއެކު، ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކަރެކްޝަންސް ބައެއް މުވައްޒަފުންގެ އެކައުންޓްތަކަށް ޖުމުލަ 73،600،000 ރ. ޖަމާވެފައިވާކަން ހާމަ ކުރައްވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވީ, އެ ފައިސާއަކީ، 2023 ގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖަމާވެފައި ހުރި ފައިސާކަން އެނގިފައިވާ ކަމަށެވެ.

އަބްދުالله ޝަރީފު ހާމަ ކުރެއްވިގޮތުގައި، މި މައްސަލައާ ގުޅިގެން މާފުށީ ޖަލުގައި މިހާރު ކުރިއަށް ގެންދާ އޮޕެރޭޝަނުގެ ދަށުން ބައެއް މުވައްޒަފުން ވަނީ ހައްޔަރު ކޮށްފައެވެ.

ކޮމެންޓް
ޖުމެއިލް
ބީއެމް އެލްގެ ލޯނު ޑިޕާރޓްމަންޓުވެސް ތޮގޮތާލަށް ބަލައިލަންވެއްޖެ. ކޮންމެ ލޯނަކުން 10ޕަސަންޓު ދަމައި ގަނޭ.
27 Jun 2024
ފުލުންދާނެ
ކަސްޓަމު މީހުންނާއި ފުލުހުންގެ ތަހުގީގުކުރާ އޮފިސަރުންވެސް ތިހެން ބަލައިލަބަލަ ނިކަން
27 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.