ދިވެހިރާއްޖެއަށް ބޭރުފައިސާ ލިބޭ އެންބޮޑު ސިނާޢަތަކީ ޓޫރިޒަމް ---
ހަބަރު
26 Jun 2024 | 19:31
ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްކޮށްފި

ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްކޮށްފިއެވެ. 

ވޭތުވެ ދިޔަ އަހަރު 'ބީ މައިނަސް' ގައި ރާއްޖެ ރޭޓު ކުރުމަށްފަހު، މިއަދު ފިޗް އިން ވަނީ، މި އަހަރުގެ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އަކަށް ދަށްކޮށްފައެވެ. 

ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ، ރާއްޖޭގެ މާލީ ޙާލަތަށް ރިޢާޔަތްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފޮރިން ރިޒާވް ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ތާށިކަމާއެކު، ރާއްޖޭގެ ދަރަނި އިތުރުވެފައިވާކަން ފިޗް އިން ވަނީ ފާހަގަކޮށްފައެވެ.

ފިޗް އިން ލަފާ ކުރާ ގޮތުގައި، އަންނަ އަހަރުވެސް ރާއްޖޭގެ މާލީ ޙާލަތު އޮންނާނީ ކަންބޮޑުވާން ޖެހޭ ފަދަ ޙާލަތެއްގައެވެ. އެގޮތުން، 2026 ވަނަ އަހަރު ނިމޭއިރު ދަރަނި ވެސް އިތުރަށް ވަރަށް ބޮޑުތަން މައްޗަށް ދާނެކަމަށް ފިޗް އިން ލަފާކުރެއެވެ. 

ފިޗް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ މާލީ ޙާލަތު އަދު އޮތީ ނާޒުކު ޙާލަތެއްގައި ނަމަވެސް، އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ، ދަރަނި ކުޑަ ކުރެވިދާނެ ކަމަށެވެ. އަދި ގޮންޖެހުން ތަކެއް ދިމާވި ނަމަވެސް މިހާރުގެ ސަރުކާރުން، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވޭ ކަމަށްވެސް ފިޗް އިން ބުނެއެވެ.

ކޮމެންޓް
އަލީ
ކޮންމެ ބަޔަކު ސަރުކާރާއި ހަވާލުވި ނަމަވެސް ސަރުކާރުގެ ކަންކަން މި ހުންނަނީ ފޮރުވިފައި. ރައްޔިތުންނަށް ދައްކަނީ އަވާމެންދުރު.
27 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.