މޯލްޑިވިއަންގެ ފްލައިޓެއް-- ފޮޓޯ: މޯލްޑިވިއަން
ހަބަރު
23 Jun 2024 | 19:20
އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަނބުރައި ވީއައިއޭއަށް

ޓެކްނިކަލް މައްސަލައެއް ދިމާވެ އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަނބުރައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.

މޯލްޑިވިއަންއިން ހާމަ ކުރި ގޮތުގައި، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރައި، އަލުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ، ފްލައިޓް Q2700އެވެ.

މި ފްލައިޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރުވެންޑްރަމަށް ފުރި، ބޯޓެކެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި، އެ ފްލައިޓު އަނބުރައި ވީއައިއޭއަށް ޖެއްސީ ޓްރިވެންޑްރަމަށް ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ޓެކްނިކަލް މައްސަލައަކާހުރެ ފްލައިޓް ގްރައުންޑް ކުރަން ޖެހުމާ އެކު، އޭގައި ތިބި ފަސިންޖަރުން ވަނީ ފޮނުވާލާފައެވެ. އަދި މިއަދުގެ އެ ފްލައިޓް ކެންސަލް ކުރެވިފައިވާ ކަމަށް އަންގާ، މޯލްޑިވިއަން އިން ވަނީ، މި ކަމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ.

މޯލްޑިވިއަން އިން އިތުރަށް ބުނެފައިވަނީ، ފްލައިޓަށް ދިމާވި މައްސަލަ ޙައްލުކުރުމަށް، މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ދިމާވި މައްސަލަ އަދި ދެނެގަނެވިފައިނުވާ ކަމަށާއި، މައްސަލަ ދެނެގަނެވުމާއެކު އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ސަޢީދު
މާފައްއެދުނީމައެހުރިހާކަމެއްނިމުނީތަކ ކޮބާފަސިންޖަރުންއިންޑިއާއިންބުކްކޮއްފައިވާކޮޓަރި ކުލިދެނީކާކު
23 Jun 2024
ގުޅޭ ލިޔުންތައް
30 Jun 2026
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
30 Jun 2026
މަގުތައް ހަދާ ނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ: މިނިސްޓަރު
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
30 Jun 2026
ވޯލްޑް ކަޕުން ކެޓުމާ އެކު އުރުގުއޭއާއީ ޓީމުގެ ޗާޓާ ފްލައިޓް ކެންސަލްކޮށްފި
ގްރޫޕް ސްޓޭޖުން ކެޓުމުން އުރުގުއާއީ ފުޓުބޯޅަ ފެޑެރޭޝަނުން ޤައުމަށް ދިއުމަށް ހަމަޖައްސައިފައިވި ޗާޓާ ފްލައިޓް ކެންސަލްކޮށް ކުޅުންތެރިންނަށް ކޮމާޝަލް ފްލައިޓްތަކުން ދަތުރުކުރަން ޖެހުނެވެ.
30 Jun 2026
ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް ތޯރިގަށް މަޖިލީހުން ރުހުން ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
30 Jun 2026
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.