ފުލުހުންގެ މައި އިދާރާ: ފޮޓޯ/ ވޮއިސް
ހަބަރު
23 Jun 2024 | 17:03
ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހެއްގެ ގައިގައި ކާރަކުން ޖައްސާފައިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލެ ފޭސް 1 ގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ރިޕޯޓުކުރުމުން، އެ ސަރަހައްދަށް ފުލުހުން ދިއުމުންނެވެ.

މާރާމާރީ ހުއްޓުވުމަށް އެ ސަރަހައްދަށް ފުލުހުން ދިޔުމުން ދެ މީހަކު ކާރަކަށް އަރައި ފިލައިގެން ދާން އުޅުނެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ފުލުހުން އެ ކާރު ކުރިމައްޗަށް އަރައި މަޑުކުރަން ބުނުމުން ކާރު މަޑުކުރުމަށް ފަހު، ފުލުސް އޮފިސަރު، ކާރުގެ އަރިމައްޗަށް ޖެހުނު ވަގުތު، ފުލުސްމީހާގެ ފައި މައްޗަށް އަރައިގެން ކާރު ދާން އުޅުނެވެ.

ނަމަވެސް، ކާރު ފަހަތަށް ޖެއްސުމަށް ފަހު އޮފިސަރު ކާރު ހުއްޓުވޭތޯ މަސައްކަތް ކުރި އެވެ. އަދި ބީޓް ސައިކަލުގައި، އިތުރު ދެ ފުލުހުން ކާރު ކުރިމައްޗަށް އެރިނަމަވެސް، ސައިކަލު ނައްޓުވާފައި، ކާރު، ބާރު ސްޕީޑުގައި ދިޔަ އެވެ.

އެ މައްސަލައާ ގުޅިގެން، އެ ދުވަހު އެކަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި އިއްޔެ ހަވީރު ހައްޔަރުކުރީ ފުލުސް މީހާގެ ގައިގާ ޖެއްސި ކާރު ދުއްވަން އިން މީހާ އެވެ.

އޭނާގެ މައްޗަށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.