ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
15 Jul 2024
އަލަށް ޤާއިމުކުރި ޗެކްޕޯސްޓްތަކަކީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ލިބުނު ބޮޑު ބާރެއް: އެމްއޭސީއެލްގެ އެމްޑީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ސެކިއުރިޓީ ޗެކް ޕޯސްޓެއް މިއަދު ހުޅުވާފއިވާއިރު، މި ޗެެކުޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ ޤާއިމު ކުރެވުނު ޗެކް ޕޯސްޓް ތަކަކީ ޒަމާނީ ޗެކް ޕޯސްޓް ތަކެއް ކަމަށާއި އެއާޕޯޓްގެ ސަލާމަތާއި ކައްކާތެރިކަމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
15 Jul 2024
އެފްއޭއޯ ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ވަޒީރު ޝިޔާމް ބައިވެރިވެވަޑައިގަންނަވައިފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
15 Jul 2024
ހުއްދަ ނުނަގާ ހުޅުމާލޭގެ ބިންތަކުގައި އިމާރާތް ނުކުރަން އެދިއްޖެ
ހުޅުމާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ސިނާއީ މަސައްކަތް ނުކުރުމަށާއި، ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ބިމެއްގައި ހުއްދަ ނުނަގާ އިމާރާތް ކުރުމުގެ މަސައްކަތްތައް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފި އެވެ.
14 Jul 2024
ރޮހިންޔާ ގަތުލުއާންމު މައްސަލައިގައި ތަދައްޚުލުވުމަށް ރާއްޖެއަށް ފުރުޞަތު ދީފި
މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައި.ސީ.ޖޭ ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގެންނެވުމަށް އައި.ސީ.ޖޭ. އިން ނިންމާފައިވާ ކަމަށެވެ.
14 Jul 2024
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ ސަފީރާއެކު މަޝްވަރާ ކުއްރައްވައިފި
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި،މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިންޑިއާ ސަފީރު މުނޫ މަހާވަރު، ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
14 Jul 2024
ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެދި އެމްޑީޕީން އަބްދުއްރަޙީމް ގެ އަރިހަށް
އެމްޑީޕީން ހާމަ ކުރެއްވި ގޮތުގައި އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމާ ބައްދަލުކުރައްވާފައެވެ. އަދި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވަނީ، މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
14 Jul 2024
ޒިފްލީނާ ބައްލަވައިގަތް ފްލެޓުގެ މައްސަލަ އޭސީސީއަށް
ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފްލެޓެއް ބައްލަވައިގަތް މައްސަލަ، ބަލައިދޭން ދިވެހި ފުލުހުންގެ ޚިދުމަތުން, އެންޓި ކޮރަޕްޝަން ކޮމިޝަން, އޭސީސީއަށް ހުށަހަޅައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން, ހާމަ ކުރެއްވި ގޮތުގައި، ޒިފްލީނާ ފްލެޓް ގަތް މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަަމަށް މީހަކު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އެހެންކަމުން, އެކަން އިތުރަށް ތަޙްޤީގު ކުރުމަށް ވަނީ އޭސީސީއަށް ފޮނުވާފައެވެ.
11 Jul 2024
ވަރަށް އަވަހަށް ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފެށޭނެ: ފައިސަލް
ވަރަށް އަވަހަށް ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފެށޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
11 Jul 2024
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު ނިންމާލައިފި
ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު މިއަދު ނިންމާލައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ ގުޅިގެން، މިމަހު 9 އިން 11 އަށް ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ.މި ހަރަކާތުގެ މަޤުސަދަކީ، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯރކިންގއާއި ވިޔަފާރި ކުރިއެރުވުމެވެ.
11 Jul 2024
ތިލަމާލެ ބްރިޖު މަޝްރޫޢުގެ 40% މަސައްކަތް ނިމިއްޖެ
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު، އިބްރާހީމް ޠައާމު މުހައްމަދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫޢުގެ ފުރަތަމަ ކަނޑުގެ ޕްރީކާސްޓް ޑެކް ސެގްމަންޓް މިއަދު ވިލިމާލެ ކައިރީގައި ވަނީ ފަށައިގަނެވިފައި ވާކަމަށެވެ. އަދި، މިހާތަނަށް މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ 40.47 އިންސައްތަ ވަނީ ނިމިފައިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގާތްގަނޑަކަށް 29 އިންސައްތައިގައި ހުރި މިންވަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
11 Jul 2024
ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯ މެޑިކަލް ސާވިސަސްގެ އައު ފާމަސީއެއް ހުޅުވައިފި
އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އައު ފާމަސީއެއް ހުޅުވައިފިއެވެ. މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ 10 ޖުލައި 2024 ވަނަ ދުވަހުގެ ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޗެއާމަން އަލްފާޟިލް އާމިރު މަންސޫރެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
11 Jul 2024
މަންމަ މަޢާފުދިނުމުން، ޤާތިލު މަރުގެ އަދަބުން ސަލާމަތްވެއްޖެ
2013 ވަނަ އަހަރު، މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި، މއ. އައިޝާ، ހުސައިން ވަހީދުގެ މަރުގެ މައްސަލައިގައި، މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައިވާ ކުއްޖާއަށް، ހުސައިންގެ މަންމަ މަޢާފް ދިނުމުން އެ ކުއްޖާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.
10 Jul 2024
ރާއްޖޭގައި ޙައްގުތައް ކަށަވަރުކުރާނީ އިސްލާމް ދީނުގެ މިންގަނޑުގެ ތެރެއިން: އުޝާމް
ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ބޭއްވުނު ރިވިއު ސެޝަނުގައި އުޝާމް ވިދާޅުވީ، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސް ކަމަށެވެ. އަދި އެއީ ދިވެހި މުޖުތަމަޢުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށާއި، އައިސީސީޕީއާރުގައި ބަޔާންކުރާ ޙައްޤުތައް ރާއްޖޭގައި ލިބިދެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
10 Jul 2024
އިސްތިއުފާ ދިނީ ޚަރަދު ކުޑަކުރަން- ބައްސާމް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވި މުޙައްމަދު ބައްސާމް އާދަމް، އިސްތިއުފާފާ ދެއްވީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވެއްޖެއެވެ.
10 Jul 2024
ރާއްޖޭން އެމެރިކާއާއެކު ވިޔަފާރީގެ މަޝްވަރާތައް ފަށައިފި
ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ފަށައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރު ބައްދަލުކުރައްވާނީ އެމެރިކާގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރުންނާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި އަދި ވިޔަފާރިވެރިންނާއެވެ.
10 Jul 2024
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަންނަވަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަންނަވާ ކަމަށް ލަންކާގެ މީޑިޔާއަކުން ހާމަކޮށްފިއެވެ.
09 Jul 2024
ބައިޑެންގެ ކެންޑިޑޭސީއާ ގުޅޭގޮތުން ކުއްލި ބައްދަލުވުންތަކެއް ބާއްވައިފި
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭސީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މިއަދު ވޮޝިންގްޓަންގައި ކުއްލި ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. މި ކުއްލި ބައްދަލުވުންތައް ބާއްވާފައިވަނީ، ޢުމުރުފުޅުން 81 އަހަރުގެ ރައީސް، ބައިޑެންގެ ސިއްޙީ ހާލަތާއި މެދު ވެސް ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި، ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވުނު ރިޔާސީ ބަޙުޘުގައި ބައިޑަންގެ ފަރާތުން ފެނުނު ދެރަ ޕަރފޯމަންސް އާ ގުޅިގެންނެވެ.
09 Jul 2024
އާސަންދައިން 19 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ތަޢާރަފުކޮށްފި
އާސަންދައިން މިއަދު ހާމަކުރި ގޮތުގައި މި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލުތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމށެވެ.
09 Jul 2024
ވީއައިއޭގައި ހެދި މަރުޙަބާގެ މޮނިއުމެންޓް ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ހެދި މޮނިއުމެންޓު މިއަދު ހުޅުވައިފި އެވެ. އެމްއޭސީއެލް އިން ހާމަ ކުރެއްވި ގޮތުގައި، މިފަދަ މޮނިއުމަންޓެއް ބެހެއްޓީ ވެލާނާ އިންޓަނޭޝަލަން އެއަރޕޯޓު ބޭނުން ކުރާ ފަސިންޖަރުންނަށް ތަފާތު ތަޖުރިބާއެއް ދިނުމުގެ ބޭނުމުގައެވެ.
09 Jul 2024
ޗައިނާ ސަރުކާރުގެ އެހީގައި ކ.ހިންމަފުށީގައި 165 ސޯލާ މަގުބައްތި ހަރުކޮށްފި
ޗައިނާ ސަރުކާރުގެ އެހީގައި ކ.ހިންމަފުށީގައި 165 ސޯލާ މަގުބައްތި ހަރުކޮށްފިއެވެ.
08 Jul 2024
އެމްއޭސީއެލްގެ އަހަރީ ހެލްތު ސްކްރީނިންގ ޕްރޮގްރާމް ފަށައިފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންގެ އަހަރީ ހެލްތު ސްކްރީނިންގ ޕްރޮގްރާމް ފަށައިފިއެވެ.
08 Jul 2024
ފިނޭންސް މިނިސްޓަރު ޑރ.ޝަފީޤު ވޯލްޑް ބޭންކުގެ އައު ޑިރެކްޓަރާ ބައްދަލުކުރައްވައިފި
ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު އަދި އެ މިނިސްޓްރީގެ އިސް އޮފިޝަލުން މިއަދު ވޯލްޑް ބޭންކުން ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ކަންތައްތަކަށް އަލަށް އައްޔަންކުރެވުނު ކަންޓްރީ ޑިރެކްޓަރު މިސްޓަރ ޑޭވިޑް ސިސްލެން އާ ބައްދަލުކުރައްވައިފިއެވެ.
08 Jul 2024
ވަޒީރު ސައީދު އެމެރިކާ އަށް ފުރާވަޑައިގެންފި
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާ އަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
08 Jul 2024
އެމްޑީޕީގެ ބައި-އިލެކްޝަނަށް މޫސާގެ ނަން ބަލައިނުގަންނަން ނިންމައިފި
އެމްޑީޕީގެ ގައުމީ މަޖިލިސް ބައި-އިލެކްޝަނުގައި ވާދަކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ހުށަހެޅުއްވި ހުށަހެޅުން ބަލައިނުގަތުމަށް އެމްޑީޕީން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން މޫސާ މަނިކު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
08 Jul 2024
އީ-ލަރނިން މޮޑަލިޓީގެ ދަށުން ޤުރްއާން ކިޔަވައިދިނުމުގެ ހުއްދަ ދީފި
އީ-ލަރނިން މޮޑަލިޓީގެ ދަށުން ކީރިތި ޤުރްއާނާއި ޤުރްއާނާއި ގުޅުން ހުރި ދާއިރާތައް ކިޔަވައިދިނުމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދީފިއެވެ. އެގޮތުން، ކިޔަވައިދިނުމުގައި އީ-ލަރނިން ޑެލިވަރީ މޮޑަލިޓީގައި، މަޢާނިލް ޤުރްއާނާއި ޢުލޫމުލް ޤުރްއާން ފަދަ މޮޑިއުލްތައް މިހާރުން މިހާރަށްވެސް ކިޔަވައިދޭން ފެށިދާނެ ކަމަށާއި ވަކި އުޞޫލެއްގެ މަތިން ތިލާވާ އަދި ޙިފްޡް ފަދަ މާއްދާތައް ކިޔަވައިދެވިދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަޔާނާ ހަވާލާދީ އެމްކިއުއޭއިން ބުނެއެވެ.
07 Jul 2024
މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
މިރޭގެ މޫސުންވެސް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. ހުދު ސަމާލު ނެރެފައިވަނީ 18:30 އިން ފެށިގެން 00:30 އާ ހަމައަށެވެ.
07 Jul 2024
މަސްވެރިންނަށް މިހާތަނަށް 998.8 މިލިޔަން ރުފިޔާ ދޫކޮށްފި
ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 998.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
07 Jul 2024
އެމްއެމްއޭގެ ގަވަރުނަރު ހާޝިމް މާދަމާ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، މާދަމާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
06 Jul 2024
ސްޓެލްކޯގެ ކަރަންޓް ކޭބަލް ވަގަށް ނެގި މީހާ ހައްޔަރުކޮށްފި
މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެ ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
06 Jul 2024
ހިޖުރީ އައު އަހަރުގެ ޢަޒުމަކަށް ހަދަންވީ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވާން: ރައީސް
ހިޖުރީ އައު އަހަރު ޢަޒުމުކަނޑައަޅަންވީ ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.