ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ - ފޮޓޯ: މިހާރު
ހަބަރު
14 Jul 2024 | 19:18
ޒިފްލީނާ ބައްލަވައިގަތް ފްލެޓުގެ މައްސަލަ ފުލުހުން، އޭސީސީއަށް ހުށަހަޅައިފި

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފްލެޓެއް ބައްލަވައިގަތް މައްސަލަ، ބަލައިދޭން ދިވެހި ފުލުހުންގެ ޚިދުމަތުން, އެންޓި ކޮރަޕްޝަން ކޮމިޝަން, އޭސީސީއަށް ހުށަހަޅައިފިއެވެ. 

ޒިފްލީނާ، ހުޅުމާލެ އިން ބައްލަވައިގަތީ އެފްޑަބްލިއު ރެސިޑެންސްގެ 1،200 އަކަފޫޓުގެ ފްލެޓެކެވެ. އެ ފްލެޓް ބައްލަވައިގަތީ 3.5 މިލިއަން ރުފިޔާ އަށެވެ. 

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން, ހާމަ ކުރެއްވި ގޮތުގައި، ޒިފްލީނާ ފްލެޓް ގަތް މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަަމަށް މީހަކު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އެހެންކަމުން, އެކަން އިތުރަށް ތަޙްޤީގު ކުރުމަށް ވަނީ އޭސީސީއަށް ފޮނުވާފައެވެ.

ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެއްކޮށް ދައްކާފައިވާތީ އެ ފްލެޓް އޭނާއަށް މިލްކުވެފައިވާ ކަމަށް، ސިވިލް ކޯޓޫން ޙުކުމް ކުރުމާއެކު، މިކަން ވަނީ، ޢާންމުންގެ ސަމާލުކަމަށް އައިސްފައެވެ. އަދި މިކަމާ ގުޅިގެން، ޢާންމުން ވަނީ މީސްމީޑިޔާގައި ފާޑުކިޔާ، ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކޮށްފައެވެ.

މިކަމާ ގުޅިގެން، އިއްޔެ، ޒިފްލީނާ ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާ މި ވާހަކަތަކަށް ރައްދުދެއްވާފައެވެ. އެގޮތުން ޒިފްލީނާ ވިދާޅުވީ އޭނާ އެޕާޓްމަންޓް ގަނެފައި ވާނީ ސްޓޭޓް މިނިސްޓަރުގެ މަގާމް ލިބިވަޑައިގަތުމުގެވެސް ކުރިން ކަމަށާއި އަދި މަގާމާ ހަވާލުވެ، ސްޓޭޓް މިނިސްޓަރުން ހާމަކުރަން ޖެހޭ އެސެޓް ޑިކްލަރޭޝަން ފޯމުގައި ވެސް އެޕާޓްމަންޓްގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.