އާސަންދަ --
ހަބަރު
09 Jul 2024 | 21:17
އާސަންދައިން 19 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ތަޢާރަފުކޮށްފި

އާސަންދައިން 19 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްތިޔަކަށް އަރަހަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފިއެވެ.

އާސަންދައިން މިއަދު ހާމަކުރި ގޮތުގައި މި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލުތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމށެވެ.

މި އިންތިޒާމް ހަމަޖެހިފައިވަނީ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒު ކުރުމަށް ސަރުކާރުން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް ކަމަށްވެސް އާސަންދައިން މައުލޫމާތު ދެއެވެ.

މިކަން މިއަދު ހަމަ ޖައްސާފައިވާ އިރު، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ވެސް އެކަން ހިމަނާފައި ވެއެވެ.

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ވަނީ މިދިޔަ އޭޕްރީލްމަހުގެ އެއްވަނަ ދުވަހު ތަޢާރަފު ކޮށްފައެވެ.

އަދި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ސަރުކާރުން ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ގައި ހަމަޖައްސާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ވޯލްޑްކަޕާ ގުޅިގެން އީއެމްއެސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި
ފީފާ ވޯލްޑްކަޕް 2026 އާ ގުޅިގެން މޯލްޑިވްސް ޕޯސްޓުން އީއެމްއެސް ޚިދުމަތުން 26 ޕަސެންޓް ޑިސްކައުންޓާއި ސްކޯ ޕްރިޑިކްޝަން މުބާރާތެއް ފަށައިފައިވާއިރު މުބާރާތުގައި ނަސީބުވެރިންނަށް ޖާޒީ އަދި ވައުޗަރު ލިބޭނެއ
30 Jun 2026
ޒަކާތު ފަންޑަށް 75 އިންސައްތަ އިތުރުވުން
މި އަހަރުގެ މޭ މަހު ޒަކާތު ހައުސްއަށް 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ. އެހީތަކަށާ މަޝްރޫޢުތަކަށް 2.69 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
30 Jun 2026
ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލައިފި
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށާއި މިއަހަރުގެ ފަހުކޮޅު އިތުރު ބޯޓެއް ރާއްޖެ ގެންނާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
30 Jun 2026
ބީއެމްއެލް އިން ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތަޢާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި 25 ޕަސެންޓާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ނިޒާމެއް ތަޢާރަފްކޮށްފިއެވެ.
30 Jun 2026
ހިމަބިހި ހަލުވިކަމާއެކު ފެތުރެނީ؛ ނިމުނު ހަފްތާ އެކަނިވެސް 44 ކޭސް
އެޗްޕީއޭއިން މިއަދު ބުނީ، މިއަހަރު މިހާތަނަށް ޖުމުލަ 66 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
30 Jun 2026
އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ
30 Jun 2026
ޕެރަގުއޭގެ ތާރީޚީ މޮޅާއެކު ބަންދު ދުވަހެއް
ވޯލްޑް ކަޕްގައި ޕެނެލްޓީ ޝޫޓްއައުޓުން ޖަރުމަނު ބަލިކޮށް ޕެރަގުއޭ ކުއާޓާ ފައިނަލަށް ދިއުމާ ގުޅިގެން އެޤައުމުގެ ރައީސް ޖޫން 30 ވަނަ ދުވަސް ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާނުކުރައްވައިފި.
30 Jun 2026
ވޯލްޑް ކަޕްގައި ހީޓް ޑޯމް ނުރައްކަލަކަށް
އެމެރިކާގެ މެދުތެރެއާއި އިރުމަތީގައި ހޫނުގެ ރާޅު ކުރިއަށްދާއިރު ވޯލްޑް ކަޕް މެޗުތަކަށް ނުރައްކާ ކުރިމަތިވެއެވެ. ފީފާއިން ކޮންމެ ހާފެއްގައި ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކު ލާޒިމްކޮށްފައިވެއެވެ.