އެމްކިއުއޭގެ ސީއީއޯ ފިޒާނާ އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު - ފޮޓޯ: އެމްކިއުއޭ
ހަބަރު
08 Jul 2024 | 17:13
އީ-ލަރނިން މޮޑަލިޓީގެ ދަށުން ޤުރްއާން ކިޔަވައިދިނުމުގެ ހުއްދަ ދީފި

އީ-ލަރނިން މޮޑަލިޓީގެ ދަށުން ކީރިތި ޤުރްއާނާއި ޤުރްއާނާއި ގުޅުން ހުރި ދާއިރާތައް ކިޔަވައިދިނުމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދީފިއެވެ. 

މިއަދު އެމްކިއުއޭއިން ނެރުނު އިޢުލާނެއްގަިއ ބުނެފައިވީ، 24 އޮގަސްޓް 2024ގައި އެ އޮތޯރިޓީއިން ގެޒެޓުގައި ޝާއިޢު ކުރި "ގައިޑްލައިންސް ފޮރ އީ-ލަރނިން" ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އީ-ލަރނިން މޮޑަލިޓީގެ ދަށުން ކުރިއަށް ނުގެންދެވޭނެ 8 ދާއިރާގެ ތެރޭގައި "ޤުރްއާނާއި ޤުރްއާނާ ގުޅުން ހުރި ދާއިރާތައް" ހިމެނޭ ކަމަށެވެ. 

ނަމަވެސް މިކަމާ ގުޅިގެން އެމްކިއުއޭ އާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ބައްދަލުކޮށް ކުރި މަޝްވަރާގެ މަތިން، އީ-ލަރނިން މޮޑަލިޓީގެ ދަށުން ކީރިތި ޤުރްއާނާއި ޤުރްއާނާއި ގުޅުން ހުރި މާއްދާތައް ކިޔަވައިދިނުމުގެ ހުއްދަ ދެވިދާނެ ކަމަށް ބަޔާންކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެމްކިއުއޭއަށް އަންގާފައިވާ ކަމަށްވެސް އެމްކިއުއޭ ގެ އިޢުލާނުގައި ވެއެވެ. 

އެގޮތުން، ކިޔަވައިދިނުމުގައި އީ-ލަރނިން ޑެލިވަރީ މޮޑަލިޓީގައި، މަޢާނިލް ޤުރްއާނާއި ޢުލޫމުލް ޤުރްއާން ފަދަ މޮޑިއުލްތައް މިހާރުން މިހާރަށްވެސް ކިޔަވައިދޭން ފެށިދާނެ ކަމަށާއި ވަކި އުޞޫލެއްގެ މަތިން ތިލާވާ އަދި ޙިފްޡް ފަދަ މާއްދާތައް ކިޔަވައިދެވިދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޔާނާ ހަވާލާދީ އެމްކިއުއޭއިން ބުނެއެވެ.

މިގޮތަށް އީ-ލަރނިން މޮޑަލިޓީ ގެ ދަށުން ޕްރޮގްރާމްތައް ކުރިއަށް ގެންދަން ހުއްދަދީފައިވި ނަމަވެސް، ހުއްދަ ދީފައިވަނީ، އިމްތިޙާނުތައް ފޭސް-ޓު-ފޭސް ކޮށް ކުރިއަށް ގެންދާ ގޮތަށެވެ. 

އެހެންކަމުން، ޤުރްއާނާއި ޤުރްއާނާ ގުޅުންހުރި ދާއިރާތަކުގެ ޕްރޮގްރާމްތައް އީ-ލަރނިން މޮޑަލިޓީގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ މަތީ ތައުލީމް ދޭ މަރުކަޒުތަކުން، އެ ޕްރޮގްރާމްތައް ފަރުމާކުރުމަށްފަހު އެމްކިއުއޭއަށް ހުށަހަޅަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ. އަދި އެއްވެސް ޕްރޮގްރާމެއް އެ އޮތޯރިޓީގެ ހުއްދައާ ނުލައި، ކުރިއަށް ނުގެންދިޔުމަށް އެމްކިއުއޭއިން ވަނީ އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.