މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ
08 Jul 2024
އީ-ލަރނިން މޮޑަލިޓީގެ ދަށުން ޤުރްއާން ކިޔަވައިދިނުމުގެ ހުއްދަ ދީފި
އީ-ލަރނިން މޮޑަލިޓީގެ ދަށުން ކީރިތި ޤުރްއާނާއި ޤުރްއާނާއި ގުޅުން ހުރި ދާއިރާތައް ކިޔަވައިދިނުމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދީފިއެވެ. އެގޮތުން، ކިޔަވައިދިނުމުގައި އީ-ލަރނިން ޑެލިވަރީ މޮޑަލިޓީގައި، މަޢާނިލް ޤުރްއާނާއި ޢުލޫމުލް ޤުރްއާން ފަދަ މޮޑިއުލްތައް މިހާރުން މިހާރަށްވެސް ކިޔަވައިދޭން ފެށިދާނެ ކަމަށާއި ވަކި އުޞޫލެއްގެ މަތިން ތިލާވާ އަދި ޙިފްޡް ފަދަ މާއްދާތައް ކިޔަވައިދެވިދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަޔާނާ ހަވާލާދީ އެމްކިއުއޭއިން ބުނެއެވެ.
07 Dec 2022
ސަނަދުތަކުގެ މައްސަލާގައި އެމްކިޔުއޭގެ ބަޔާނެއް!
މަތީ ތަޢުލީމާއި ތަމްރީނުގެ ސަނަދުތައް ޤަބޫލުކުރުމާ ގުޅޭ ގޮތުން މައްސަލައެއް ފެންމަތިވެފައިވަނިކޮށް، އެކަން އޮތްގޮތް ތަފްސީލުކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބަޔާނެއް ނެރެފިއެވެ.