ފޮޓޯ/ އެމްކިޔުއޭ
ހަބަރު
07 Dec 2022 | 09:45
ސަނަދުތަކުގެ މައްސަލާގައި އެމްކިޔުއޭގެ ބަޔާނެއް!

މަތީ ތަޢުލީމާއި ތަމްރީނުގެ ސަނަދުތައް ޤަބޫލުކުރުމާ ގުޅޭ ގޮތުން މައްސަލައެއް ފެންމަތިވެފައިވަނިކޮށް، އެކަން އޮތްގޮތް ތަފްސީލުކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބަޔާނެއް ނެރެފިއެވެ. 

އެމްކިޔުއޭ އިން ނެރުނު ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ސަނަދުތައް ޤަބޫލުކުރުމަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެ 7 ވަނަ މާއްދާގެ (ބ) އާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ އޮތޯރިޓީ އާ ޙަވާލުކުރެވިފައިވާ ޤާނޫނީ ޒިއްމާ އެއް ކަމަށެވެ.

އެހެންކަމުން، އެކި ފަރާތްތަކުން ޙާޞިލުކުރާ ސަނަދުތަކަކީ، އެ އޮތޯރިޓީން ޤަބޫލުކުރާ ސަނަދުތަކަކަށް ވާންޖެހޭ ކަމަށްވެސް އޭގައި ބުނެފައިވެއެވެ.

"އެގޮތުން، ރާއްޖެއިން ބޭރުން ޙާޞިލުކުރާ މަތީ ތަޢުލީމުގެ ސަނަދުތަކަކީ، މި އޮތޯރިޓީ އަށް ހުށަހަޅައިގެން މި އޮތޯރިޓީން ޤަބޫލުކޮށް، އެކަމަށް ޚާއްޞަ މި އޮތޯރިޓީގެ ތައްގަނޑު ޖަހައި، ވެލިޑޭޓްކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭނެ އެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާދިނުމުގައި ބަލައިގަންނަނީ މި ދެންނެވި ގޮތަށް މި އޮތޯރިޓީން ޤަބޫލުކޮށްފައިވާ ސަނަދުތައް ކަން ފާހަގަކުރަމެވެ." އެމްކިޔުއޭގެ ބަޔާނުގައި ވެއެވެ. 

ކަން މިހެން ހުރި ނަމަވެސް، އެ ގޮތަށް އެމްކިޔުއޭ އިން ޤަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މަޢުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައި ވާއިރު، މިފަދަ ސަނަދުތަކުގެ ތެރޭގައި އެ އޮތޯރިޓީން ޤަބޫލުނުކުރާ ކަމަށް ޢާއްމުކޮށް އިޢުލާންކޮށްފައިވާ ސަނަދުތަކާއި، ސަނަދުތައް ޤަބޫލުކުރުމުގެ އުޞޫލުތަކުގެ ދަށުން އެކި ސަބަބުތަކާ ހެދި އެ އޮތޮރިޓީ އަށް ޤަބޫލުނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، މުއައްސަސާތަކުންނާއި، ސަނަދު ޙާޞިލުކުރައްވާ ފަރާތްތަކުން އެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްކިޔުއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްކިއުއޭ އިން މިގޮތަށް ބަޔާނެއް ނެރެފައި މި ވަނީ، ލަންކާގެ އެއިމްސް ކޮލެޖުން ހެދި ޕީއެޗްޑީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލު ނުކޮށްގެން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.