އެމްކިއުއޭ-- ފޮޓޯ: އެމްކިއުއޭ
ހަބަރު
05 Dec 2024 | 12:02
ކޯސްތަކުން ފާސްވުމަށް ކޮންޓްރޯލްޑް އެސެސްމަންޓްތަކުން 50 އިންސައްތަ ހޯދަންޖެހޭ ގޮތަށް ހަދައިފި

ކޯސްތަކުން ފާސްވުމަށް ކޮންޓްރޯލްޑް އެސެސްމަންޓްތަކުން 50 އިންސައްތަ ހޯދަންޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހަދައިފިއެވެ.

އެމްކިއުއޭއިން ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނަށް ގެނައި އިސްލާހުގައިވާގޮތުން، 50 އިންސައްތަ ކޮންޓްރޯލްޑް އެސެސްމަންޓް ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ވަނީ ލާޒިމްކޮށްފައެވެ.

މިގޮތުން، މިފަދަ އެސެސްމަންޓްތަށް ކުރިއަށްގެންދަންވާނީ "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން"އާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ކުރިން އެޕްރޫވަލް ދެވިފައިވާ ކޯސްތަށް ކުރިއަށްގެންދިޔުމުގައި، މި ގައިޑްލައިންއަށް ގެނެސްފައިވާ ބަދަލަށް ޢަމަލުކުރުމަށް އެމްކިއުއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން އޯޕަން ބުކް ޓެސްޓުތައް ހެދުމަށް ވަގުތެއް ކަނޑައަޅަން ޖެހޭގޮތަށް އުސޫލުގައި ބަޔާންކޮށްފައިވާއިރު، އެސެސްމަންޓްތަކުގައި ހިމެނިދާނެ ބައިތައްވެސް ވަނީ ފާހަގަކޮށްފައެވެ.

މިއުސޫލު ބުނާގޮތުން، އެސެސްމަންޓުތައް ތައްޔާރުކުރުމުގައި ތިންވަނަ މީހެއްގެ އެހީތެރިކަން ނުވަތަ ބައިވެރިވުން މަދުކުރުމަށް، އެއްވެސް މޮޑިއުލަކުން ހުރިހާ އެސެސްމަންޓެއް ގޭގައި ހެދުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.

2021 ގައި އަމަލު ކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައިވާގޮތުން، ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފިނަމަ 5000 ރުފިޔާއިން އެ ދަރިވަރަކު ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000 ރުފިޔާއިންއިން ޖޫރިމަނާ ކުރެވޭނެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.