ރައީސް ޑރ. މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Jul 2024 | 20:38
ހިޖުރީ އައު އަހަރު ޢަޒުމުކަނޑައަޅަންވީ ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވާން: ރައީސް

ހިޖުރީ އައު އަހަރު ޢަޒުމުކަނޑައަޅަންވީ ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

ހިޖުރީ ސަނަތުން 1446 ވަނަ އަހަރު ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، އެމަނިކުފާނު ވިދާޅުވީ ހިޖުރީ އައު އަހަރެއްގައި ދިވެހި ރައްޔިތުން އައުކުރަންވީ އެއް ޢަޒުމަކީ ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފައިވެއެވެ. މީގެ ތެރޭގައި ޤާނޫނާ ޚިލާފަށް ތިބޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލަ ހިމެނެއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިޖުރަކުރުމުގެ މާނައަކީ އިންސާނާ ހުރި ޙާލަތުން ރަނގަޅު ގޮތްތަކަކަށް ރުޖޫޢަވުން ކަމަށެވެ. އެހެންކަމުން އައު އަހަރާއެކު ދިވެހިންގެ ޢަޒުމަކަށް ވާންވީ ރާއްޖޭގެ މާދަމާގެ ސަލާމަތާއި ފުދުންތެރިކަމަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި އައު އަހަރު ފެށޭއިރު، އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަޞްޠީނުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ނާމާން ޙާލަތު ކަން ރައީސް ޑރ.މުޢިއްޒު ފާހަގަ ކުރެއްވިއެވެ. އަދި މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ވަރުގަދަކުރަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އައު އަހަރަކީ ދިވެހިރާއްޖެއަށް ފާގަތި އަހަރެއް ކަމުގައި ހެދުމަށް ސަރުކާރުން ރެޔާއި ދުވާލު މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީންގެ އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުމަށް އެދިވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.