ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި އެސްޓީއޯ މެޑިކަލް ސާވިސަސްގެ އައު ފާމަސީ - ފޮޓޯ: އެސްޓީއޯ
ހަބަރު
11 Jul 2024 | 18:41
ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯ މެޑިކަލް ސާވިސަސްގެ އައު ފާމަސީއެއް ހުޅުވައިފި

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އައު ފާމަސީއެއް ހުޅުވައިފިއެވެ. މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ 10 ޖުލައި 2024 ވަނަ ދުވަހުގެ ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޗެއާމަން އަލްފާޟިލް އާމިރު މަންސޫރެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވުނު އެސްޓީއޯގެ މި އައު ފާމަސީއަކީ އެހެން ފާމަސީތަކާ ތަފާތުކޮށް މޮޑަން ކޮންސެޕްޓަކަށް ތައްޔާރުކުރެވިފައިވާ ފާމަސީއެކެވެ. މި ފާމަސީން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކުއިޕްމަންޓްސްގެ އިތުރުން ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި ލިބިވަޑައިގަންނަވާނެއެވެ.

މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މައި އެންޓްރަންސްއިން ވަންނައިރު ކަނާތްފަރާތުގައެވެ. ފާމަސީ ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ. ހުކުރު ދުވަހު ހުޅުވިފައި ހުންނާނީ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލައިފި
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށާއި މިއަހަރުގެ ފަހުކޮޅު އިތުރު ބޯޓެއް ރާއްޖެ ގެންނާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
30 Jun 2026
ބީއެމްއެލް އިން ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތަޢާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި 25 ޕަސެންޓާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ނިޒާމެއް ތަޢާރަފްކޮށްފިއެވެ.
30 Jun 2026
ހިމަބިހި ހަލުވިކަމާއެކު ފެތުރެނީ؛ ނިމުނު ހަފްތާ އެކަނިވެސް 44 ކޭސް
އެޗްޕީއޭއިން މިއަދު ބުނީ، މިއަހަރު މިހާތަނަށް ޖުމުލަ 66 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
30 Jun 2026
އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ
30 Jun 2026
ޕެރަގުއޭގެ ތާރީޚީ މޮޅާއެކު ބަންދު ދުވަހެއް
ވޯލްޑް ކަޕްގައި ޕެނެލްޓީ ޝޫޓްއައުޓުން ޖަރުމަނު ބަލިކޮށް ޕެރަގުއޭ ކުއާޓާ ފައިނަލަށް ދިއުމާ ގުޅިގެން އެޤައުމުގެ ރައީސް ޖޫން 30 ވަނަ ދުވަސް ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާނުކުރައްވައިފި.
30 Jun 2026
ވޯލްޑް ކަޕްގައި ހީޓް ޑޯމް ނުރައްކަލަކަށް
އެމެރިކާގެ މެދުތެރެއާއި އިރުމަތީގައި ހޫނުގެ ރާޅު ކުރިއަށްދާއިރު ވޯލްޑް ކަޕް މެޗުތަކަށް ނުރައްކާ ކުރިމަތިވެއެވެ. ފީފާއިން ކޮންމެ ހާފެއްގައި ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކު ލާޒިމްކޮށްފައިވެއެވެ.
30 Jun 2026
ފްރާންސުން ފާސްޓް ފެޝަން ޖޫރިމަނާ ކުރަނީ
ޝީން ޓީމޫ އެލިއެކްސްޕްރެސް ފަދަ އޮންލައިން ފާސްޓް ފެޝަން ކުންފުނިތަކުން ކޮންމެ ޕްރޮޑަކްޓަކަށް 10 ޔޫރޯއާ ހަމައަށް ޖޫރިމަނާ ދައްކަން ޖެހޭނެ ޤާނޫނެއް ފްރާންސް ސެނެޓުން ފާސްކޮށް އިޝްތިހާރު ކުރުން މަނާކޮށްފި
30 Jun 2026
މައްޗަންގޯޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް
އެމްއެންޑީއެފުން ބުނީ، ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައި ކަމަށެވެ.