ވަޒީރު އާދަމް ޝަރީފާއި، ޗައިނާ ސަފީރު --- ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
ހަބަރު
09 Jul 2024 | 14:50
ޗައިނާ ސަރުކާރުގެ އެހީގައި ކ.ހިންމަފުށީގައި 165 ސޯލާ މަގުބައްތި ހަރުކޮށްފި

ޗައިނާ ސަރުކާރުގެ އެހީގައި ކ.ހިންމަފުށީގައި 165 ސޯލާ މަގުބައްތި ހަރުކޮށްފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަ ކުރައްވާ ވިދާޅުވީ، މި ފަދަ އެހީއެއް ޗައިނާ ސަރުކާރުން ވުމަކީ ދެމެހެއްޓެނިވި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ބަދަހިވަމުންދާކަން ހާމަވެގެން ދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

މަގުބައްތިތައް ހަރުކޮށް ނިންމައި، އެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އެކްސެލެންސީ ވާންގް ލިޒިންވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ސަފީރު ވިދާޅުވި ގޮތުގައި، މި އެހީއަކީ ޗައިނާގެ ޔުނާން ޕްރޮވިންސްއިން ފޯރުކޮށްދެއްވި އެހީތެރިކަމެކެވެ. އަދި ކުދި އާބާދީތަކުގެ ތަރައްޤީއަށް ބޭނުންވާ، ޒަމާނީ ވަސީލަތްތަކާއި އެހީތެރިކަން ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.

މީގެ އިތުރުން ވަޒީރު އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ މިއަދު މަގު ބައްތިތައް ހަރުކޮށް ނިމި، ޚިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ކުރައްވާފައިވާ ރަނގަޅު އިންތިޒާމުތަކަށާއި، ހޫނު މަރުޙަބާއަށްޓަކައި ހިއްމަފުށީ ކައުންސިލަށާއި އެ ރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
30 Jun 2026
ވޯލްޑްކަޕާ ގުޅިގެން އީއެމްއެސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި
ފީފާ ވޯލްޑްކަޕް 2026 އާ ގުޅިގެން މޯލްޑިވްސް ޕޯސްޓުން އީއެމްއެސް ޚިދުމަތުން 26 ޕަސެންޓް ޑިސްކައުންޓާއި ސްކޯ ޕްރިޑިކްޝަން މުބާރާތެއް ފަށައިފައިވާއިރު މުބާރާތުގައި ނަސީބުވެރިންނަށް ޖާޒީ އަދި ވައުޗަރު ލިބޭނެއ
30 Jun 2026
ޒަކާތު ފަންޑަށް 75 އިންސައްތަ އިތުރުވުން
މި އަހަރުގެ މޭ މަހު ޒަކާތު ހައުސްއަށް 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ. އެހީތަކަށާ މަޝްރޫޢުތަކަށް 2.69 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
30 Jun 2026
ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލައިފި
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށާއި މިއަހަރުގެ ފަހުކޮޅު އިތުރު ބޯޓެއް ރާއްޖެ ގެންނާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
30 Jun 2026
ބީއެމްއެލް އިން ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތަޢާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި 25 ޕަސެންޓާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ނިޒާމެއް ތަޢާރަފްކޮށްފިއެވެ.
30 Jun 2026
ހިމަބިހި ހަލުވިކަމާއެކު ފެތުރެނީ؛ ނިމުނު ހަފްތާ އެކަނިވެސް 44 ކޭސް
އެޗްޕީއޭއިން މިއަދު ބުނީ، މިއަހަރު މިހާތަނަށް ޖުމުލަ 66 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
30 Jun 2026
އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ
30 Jun 2026
ޕެރަގުއޭގެ ތާރީޚީ މޮޅާއެކު ބަންދު ދުވަހެއް
ވޯލްޑް ކަޕްގައި ޕެނެލްޓީ ޝޫޓްއައުޓުން ޖަރުމަނު ބަލިކޮށް ޕެރަގުއޭ ކުއާޓާ ފައިނަލަށް ދިއުމާ ގުޅިގެން އެޤައުމުގެ ރައީސް ޖޫން 30 ވަނަ ދުވަސް ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާނުކުރައްވައިފި.