އެމެރިކާގެ ރައީސް ޖޯ ބައިޑެން-- ފޮޓޯ: އޭޕީ
ދުނިޔެ
09 Jul 2024 | 21:26
ބައިޑެންގެ ކެންޑިޑޭސީއާ ގުޅޭގޮތުން ކުއްލި ބައްދަލުވުންތަކެއް ބާއްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭސީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މިއަދު ވޮޝިންގްޓަންގައި ކުއްލި ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.

މި ކުއްލި ބައްދަލުވުންތައް ބާއްވާފައިވަނީ، ޢުމުރުފުޅުން 81 އަހަރުގެ ރައީސް، ބައިޑެންގެ ސިއްޙީ ހާލަތާއި މެދު ވެސް ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި، ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވުނު ރިޔާސީ ބަޙުޘުގައި ބައިޑަންގެ ފަރާތުން ފެނުނު ދެރަ ޕަރފޯމަންސް އާ ގުޅިގެންނެވެ.

ކެޕިޓޯލް ހިލްގެ ބޭރުގައި ބޭއްވުނު މި ބައްދަލުވުމަކީ "އަޑުއެހުމުގެ ސެޝަނެއް" ކަމަށް ނިއުޔޯކް ސްޓޭޓްގެ ކޮންގްރެސް މެންބަރު ގްރެގް މީކްސް ނޫސްވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. މި ބައްދަލުވުމުގައި ޓެކްސާސް ސްޓޭޓްގެ ކޮންގްރެސް މެންބަރު ލޮއިޑް ޑޮގެޓް ވަނީ ރައީސް ބައިޑެން ފަހަތަށް ޖެހި، އެހެން ކެންޑިޑޭޓަކު ކުރިމަތިލުމަށް ގޮވާލާފައެވެ.

އެހެންނަމަވެސް، މެރިލޭންޑްގެ ސްޓެނީ ހޯޔަރ، ޖޯޖިއާގެ ހޭންކް ޖޯންސަން އަދި ކެލިފޯނިއާގެ ޖުއާން ވާގަސް ފަދަ ގިނަ ކޮންގްރެސް މެންބަރުން ވަނީ ރައީސް ބައިޑެންއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. މި ބައްދަލުވުން ބޭއްވުނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިޑެން ވާދަނުކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

މި ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ޑިމޮކްރެޓިކް ޕާޓީން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައިގައި ޕާޓީގެ އެތެރޭގައި ދެބަސްވުންތަކެއް އުފެދިފައިވާކަން މި ބައްދަލުވުމުން ދައްކުވައިދެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ޤާބިލުކަމާ މެދު އުފެދިފައިވާ ސުވާލުތައް އިތުރުވެފައިވަނީ ޖުލައި 4 ގެ ބްރޭކަށްފަހު ކޮންގްރެސްގެ މެންބަރުން ވޮޝިންގްޓަނަށް އެނބުރި އައުމާ ގުޅިގެންނެވެ. އަދި ބައިޑެންގެ ބަދަލުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ ފަރާތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް އިތުރުވެފައިވާއިރު، ވައިސް ޕްރެޒިޑެންޓް ކަމަލާ ހެރިސްއަށް އިސް ފަރާތްތަކުގެ ތާއީދު ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.