ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
09 Jun 2024
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ރެކޯޑް ނަގާ ތާރީޚް ކަނޑައަޅައިފި
މިއަދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން ނެރުނު އިޢުލާނެއްގަިއ ހާމަ ކޮށްފައިވާގޮތުން، އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާ 2023 ގައި ބައިވެރިވުމަށް އެދި، އަދި ހިއްސާދާޜުންނަށް ޑިވިޑެން ބެހުމަށް ރެކޯޑް ނަގާ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހެވެ.
09 Jun 2024
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓަރންޝިޕް ޕްރޮގްރާމެއް އެމް.އޭ.ސީ.އެލް އިން ފަށައިފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
09 Jun 2024
ހިޔާ ފައިނޭންސިންގައި އިސްލާމިކް ބޭންކުން ބައިވެރިވުމަކީ ލޯން ދޫކުރުމަށް ލިބޭ ބާރެއް: ޑރ.ޙައިދަރު
މިއަދު ބޭއްވި، ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މިފަދަ ސްކީމެއްގެ ދަށުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް އިން، ބައިވެރިވާކަމާމެދު އުފާކުރައްވާ ކަމަށެވެ.
09 Jun 2024
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ގާއިމުކުރަނީ
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ޤާއިމު ކުރުމަށް މިއަދު ވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދުއެވެ.
09 Jun 2024
ރާއްޖެއާ އިންޑިއާގެ ގުޅުން އިޢާދަކުރުމުގައި ދެ ގައުމުގެ ވެރިންގެ ކެތްތެރިކަމަށް ނަޝީދުގެ ތަޢުރީފް
ރާއްޖެއާއި އިންޑިއާގެ ގުޅުހުން އިޢާދަކުރުމުގައި ދެއްކެވި ކެތްތެރިކަމަށް ރައީސް މުޢިއްޒަށާއި ބޮޑުވަޒީރު މޯދީއަށް، ކުރީގެ ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
09 Jun 2024
އެމްޑީޕީ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އިސްތިޢުފާ ދެއްވައިފި
އެމްޑީޕީގެ އަންހެނުންގެ ރޫޚުގެ ނައިބު ރައީސް، ފާތިމަތު ސަމީރު ” އެކްސް ” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، އެމްޑީޕީ އަންހެނުއްގެ ރޫހުގެ ނައިބު ރައީސްގެ މަޤާމުން މިއަދުން ފެށިގެން އިސްތިޢުފާ ދެއްވާ ކަމަށެވެ. ފާތިމަތު ސަމީރު، މި ނިންމެވުން ނިއްމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ބަލިހާލަތު ހުރިގޮތެވެ.
09 Jun 2024
އިންޑިއާގެ ގޯ އެއާއިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި
އިންޑިއާގެ ގޯ އެއާއިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް 3.6 މިލިއަން ޑޮލަރު ދައްކަން ޙުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ނިިޔަލަށް އިންޑިއާގެ ގޯ އެއާއިން ދައްކަން ޖެހޭ ފީއަކާއި ޓެކުހެއް މީރާއަށް ދައްކާފައިނުވާތީއެވެ.
08 Jun 2024
އެއްވެސް ފަރާތެއްގެ ނުފޫޒެއް ޙައްޖު ކިއު އަކަށް ނުފޯރުވޭނެ: ޝަކީލް
މިއަދު، ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން، އެއްވެސް ފަރާތެއްގެ ނުފޫޒެއް ޙައްޖު ކިއު އަށް ނުފޯރުވޭނެކަމަށެވެ.
08 Jun 2024
ދުނިޔޭގެ ކަނޑުގެ ދުވަހާއި ގުޅިގެން މާލެ ދެކުނު ފަރާތު ފަޅުތެރެ ސާފުކޮށްފި
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މާލެ ދެކުނު ފަރާތުގެ ފަޅުތެރެ ސާފުކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއި މަސްވެރި ވުޒާރާ އަދި ވެމްކޯ ގުޅިގެންނެވެ.
08 Jun 2024
ގޮތް ނޭނގޭ ދުނިޔެއެއްގައި ދިރިއުޅެން ދަރިވަރުންނަށް ދަސްކޮށްދެން ޖެހޭ: ވަޒީރު އާދަމް ޝަރީފު
ގޮތް ނޭނގޭ ދުނިޔެއެއްގައި ދިރިއުޅެން ދަރިވަރުންނަށް ދަސްކޮށްދިނުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު އާދަމް ޝަރީފު އުމަރު މިފަދައިން އިލްތިމާސް ކުރެއްވީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި އެ ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖްސާގައި ވާހަކަ ދައްކަވަމުންނެވެ.
08 Jun 2024
ވަޒީރު އާދަމް ޝަރީފު ބ. އަތޮޅަށް ވަޑައިގެންފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން ހާމަކުރެއްވި ގޮތުގައި، ވަޒީރު މިއަދު މެންދުރު ފަހު ފެއްޓެވި މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ތުޅާދު، ހިތާދޫ، ފުޅަދޫ، ގޮއިދޫ، ކިހާދޫ، ފެހެންދޫ، އޭދަފުށި، މާޅޮސް, ކުޑަރިކިލި ، ދޮންފަނު، އަދި ދަރަވަންދޫ އަށެވެ.
08 Jun 2024
މަތީ ތަޢުލީމަށް ލޯބިކުރާ ދިވެހިންގެ އަދަދު މައްޗަށް، އަޚްލާޤީ ފެންވަރު ދަނީ ދަށަށް: ފަނޑިޔާރު މަހާޒް
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރޭ މަހާޒު ވިދާޅުވެފައި ވަނީ ދިވެހިންގެ ތެރޭގައި މަތީ ތަޢުލީމަށް ދެވޭ އަހަންމިއްޔަތުކަމެއް އެބައޮތް ކަމަށާއި، އެހެންކަމުން، މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ރަނގަޅުވަާން ޖެހޭނެ ކަމަށެވެ. ނަމަވެސް، ދިވެހި މުޖުތަމަޢުން ފެންނަނީ މި މަންޒަރު ނޫންކަމަށް، ތަފާސްހިސާބުގެ އަލީގައި މަހާޒު ފާޙަގަކުރެއްވިއެވެ.
06 Jun 2024
މަޖީދިއްޔާ ސުކޫލަށް 100 އަހަރު ފުރުމުގެ މުނަސަބަތުގައި ހިންގާނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް "މަޖީދީ ސައްލާ" ބާއްވަނީ
މިއަދު މަޖީދިއްޔާ ސުކޫލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މަޖީދިއްޔާ ސުކޫލަށް 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށްޓަކައި ހިންގާނެ ޙަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް "މަޖީދީ ސައްލާ"ގެ ނަމުގައި ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ، 12 ޖޫން ވާ ބުދަ ދުވަހުގެ ރޭ 9:00 ގައި ދާރުލްޢުލޫމް ހޯލްގައެވެ.
06 Jun 2024
ސައުދީ އަށް ޛުލްޙިއްޖާ މަހުގެ ހަނދު ފެނިއްޖެ - މިއަހަރުގެ އަޟްހާ ޢީދު ދުވަކީ ޖޫން 16!
1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ސަޢުދީ އަރަބިއްޔާ އަށް ފެނި، މާދަމާ އަކީ، އެ ގައުމަށް މި އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅާ އެކަން އިއުލާނު ކޮށްފި އެވެ.
06 Jun 2024
ޒުވާނުންގެ އެވޯޑަށް ނަންހުށަހަޅަން ފުރުސަތު ހުޅުވާލައިފި
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޔޫތު މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި، މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.
06 Jun 2024
އަބްދުއްރަޙީމަށް މަޖިލީހުގެ ރައީސްކަން ލިބުމުމުން، މާދަމާ ރޭ ފޮނަދޫގައި ހަވާ އަރުވަނީ
ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމާ ގުޅިގެން އުފާފާޅު ކުރުމުގެ ގޮތުން މާދަމާ ރޭ ފޮނަދޫގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.
06 Jun 2024
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި، ބުނެފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވާކަމަށެވެ.
06 Jun 2024
ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުން ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މަޝްވަރާ ކުރައްވައިފި
މިއަދު ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ވަނީ ސްރީލަންކާގެ މިނިސްޓަރ އޮސް ޕަބްލިކް ސެކިއުރިޓީ، ޓްރައަން އަލްސްއާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ވަނީ، ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން، ދިވެހިންނަށް ދިމާވެފައިވާ އެކި ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
06 Jun 2024
ކުށުގެ ރިކޯޑު ދުވަހުން ދުވަހަށް ލިބޭ ގޮތް ޕީޖީ އޮފީހުން ހަމަޖައްސައިފި
ޕީޖީ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ހެނދުނު ހުށަހަޅާ ފޯމްތައް އެ ދުވަހުގެ މެންދުރު 1:30 ގައި ލިބޭނެވެ. އަދި އެ ދުވަހެއްގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމްތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
05 Jun 2024
ގޭންގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ވަކި ޑިޕާޓްމަންޓެއް!
ރާއްޖޭގެ ކަންކޮޅުތަކުގައި އުފެދިފައިވާ ގޭންގުތަކުގެ މައްސަލަތައް ޙައްލުކުރުމަށް ފުލހުންގެ ވަކި ޑިޕާޓްމެންޓެއް އުފެއްދުމަށް ނިންމަވައިފިއެވެ. މިކަން އިޢުލާން ކުރައްވާފައި ވަނީ، ކުރިއަށްއޮތް ފަސް އަހަރު ދުވަހުގެ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
05 Jun 2024
19 ވަނަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް، އައު މަޖިލީހުން ރުހުން ދީފި
19 ވަނަ މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުންނަށް، ވިހި ވަނަ މަޖިލީހުގެ ކޮމިޓީއިން ރުހުން ދެއްވައިފިއެވެ. މިރޭ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ ކޮމެޓީ އަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.
05 Jun 2024
އާސަންދަ ރިކޮމެންޑޭޝަން ފޯމު ދެން ބަލައިގަންނާނީ މައި އާސަންދަ ޕޯޓަލްއިން!
އާސަންދައިން މިއަދު ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މިހާރު ޑޮކްޓަރު ރިކޮމެންޑޭޝަން ފޯމު ފުރައިދޭނީ ހަމައެކަނި އާސަންދަ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.
05 Jun 2024
އައިއޭސީއިން ޣައްޒާއަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެނީ
އައިއޭސީއިން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެވަނީ ޣައްޒާގެ އަވަށެއް ކަމަށްވާ ދައިރް-އަލް-ބަލަޙްގައި، މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެވެމުން ދާކަމަށެވެ.
05 Jun 2024
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފި
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދެވަނަ ބެޗު ފެށުމުގެ ގޮތުން މިއަދު ވަނީ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.
05 Jun 2024
ވަޒީރު މޫސާ ޒަމީރު، ސްރީލަންކާގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު، ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ޚާރިޖީ ވަޒީރު، އެމް.ޔޫ.އެމް އަލީ ސަބްރީއާ ބައްދަލު ކުރައްވައިފި އެވެ.
05 Jun 2024
މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 9 ލައްކައިން މައްޗަށް!
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖެއަށް ޒިޔާރާޓް ކުރި ފަތުރުވެރިންގެ ޢަދަދަކީ 907،066 އެވެ. މިއީ 2023 ވަނަ އަހަރު، މި މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންނާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު ޢަދަދެކެވެ.
04 Jun 2024
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގަހުގެ އާދޭހުގެ ނަމުގައި ޚާއްސަ މައުލޫމާތުދޭ ސެޝަނެއް ބާއްވަނީ
މިއަދު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައިވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް "ގަހުގެ އާދޭސް" މި ނަމުގައި ޚައްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ތާވަލުކުރެވިފައިވާކަން ހާމަކުރައްވާފައެވެ. މި ސެޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިމާވެށީގެ ދުވަހު (5 ޖޫން) ގެ ރޭގަނޑުގެ ވަގުތުގައެވެ. މި ސެޝަންގައި "ޢާންމުތަންތަނުގައި، ޚާއްޞަކޮށް މަގުތަކުގައި ގަސްއިންދުން - އަތްމަތީ ފޮތް" އިފްތިތާޙު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
04 Jun 2024
ފީ ނުދައްކާ ދިހަހާހަށްވުރެ ގިނަ ފަރާތްތަކުގެ ނަންމަތީ ލައްކައަކަށްވުރެ ގިނަ ބިދޭސީން!
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަ ކުރެއްވިގޮތުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނުގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ 10،619 ވަޒީފާ ދޭ ފަރާތް އެބަ ތިއްބެވެ. އަދި އެ ފަރާތް ތަކުގެ ނަންމަތީ ރަޖިސްޓްރީ ކުރެވިފައި 102،807 ބިދޭސީ މަސައްކަތް ތެރިން އެބަ ތިބި ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ. އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވިގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1،765،704،400 ރުފިޔާ، ވަޒީފާ ދޭ ފަރާތްތަކުން ދަޢުލަތަށް ނުދައްކާ އެބަ ހުއްޓެވެ.
04 Jun 2024
ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމުމުގައި ޢަމަލުކުރުމަށް މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ޤާއިމުކުރަނީ
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ގެޒެޓުކުރި އިޢުލާނެއްގައިވަނީ ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމާއިގުޅޭ އުޞޫލުތައް މުރާޖަޢާކުރަމުން ދާ ކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ، ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މި ނިޒާމު، ޚިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ހަރުދަނާ ނިޒާމަކަށް ވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
04 Jun 2024
ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ފަރާތްތައް ސަސްޕެންޑުކުރަނީ
މިއަދު އެ ވުޒާރާއިން ގެޒެޓުކުރި އިޢުލާނެއްގައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1،765،704،400 ރުފިޔާ، ވަޒީފާ ދޭ ފަރާތްތަކުން ދަޢުލަތަށް ނުދައްކާ ހުރިކަމަށެވެ. އެހެންކަމުން، މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ ކުރިން، މި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް އަންގާ، އެ ވުޒާރާއިން ބުނީ، އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް ޢާންމުކޮށް އިޢުލާނު ކުރާނެ ކަމަށެވެ.