ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު --- ފޮޓޯ: ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ
ހަބަރު
08 Jun 2024 | 16:51
މަތީ ތަޢުލީމަށް ލޯބިކުރާ ދިވެހިންގެ އަދަދު މައްޗަށް، އަޚްލާޤީ ފެންވަރު ދަނީ ދަށަށް: ފަނޑިޔާރު މަހާޒް

ދިވެހިންގެ ތެރެއިން މަތީ ތަޢުލީމަށް ލޯބިކުރާ މީހުން އިތުރުވަމުން ދިޔަނަަމަވެސް ދިވެހިންގެ އަޚުލާޤީ ފެންވަރު ވަނީ ދަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރޭ މަހާޒު ވިދާޅުވެފައި ވަނީ ދިވެހިންގެ ތެރޭގައި މަތީ ތަޢުލީމަށް ދެވޭ އަހަންމިއްޔަތުކަމެއް އެބައޮތް ކަމަށާއި، އެހެންކަމުން، މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ރަނގަޅުވަާން ޖެހޭނެ ކަމަށެވެ. ނަމަވެސް، ދިވެހި މުޖުތަމަޢުން ފެންނަނީ މި މަންޒަރު ނޫންކަމަށް، ތަފާސްހިސާބުގެ އަލީގައި މަހާޒު ފާޙަގަކުރެއްވިއެވެ. 

އެގޮތުން މަހާޒު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2019 ވަނަ އަހަރު ދިވެހި ޔުނިވާސިޓީތަކަށް ވަތް މީހުންގެ އަދަދު 26،000 ގައި ހުރިއިރު 2022 އާ ހިސާބަށް ދިޔައިރު މި ޢަދަދު ވަނީ 29،000 އަށް ވަނީ އިތުރުވެފައިކަމަށެވެ. އަދި އަދަދުތަކުން ހާމަވަނީ ދިވެހި މުޖުތަމަޢުގައި ތައުލީމަށް ލޯބިކުރާ މީހުން އިތުރުވަމުން ދިޔުންކަމަށެވެ. ނަމަވެސް، މަތީ ތަޢުލީމު އުނގެނުމުން، މީހުންގެ އަޚްލާޤަށް އަންނާނެ ކަމަށް ބެލޭ ވެޔޮ ބަދަލުތައް، އަދުގެ ދިވެހި މުޖުތަމަޢުން، ނުފެންނަކަން ފާހަގަކުރައްވާ، މަހާޒު ވަނީ، ބައެއް މިސާލުތައްވެސް ޖައްސަވާފައެވެ. 

ދިވެހި މުޖުތަމަޢުން ފެންނަ އަޚްލާޤީ ފެންވަރުގެ ދަށްކަން ހާމަ ކުރެއްވުމުގެ ގޮތުން، މިސާލެއް ނަންގަވައި މަހާޒު ވިދާޅުވީ މިސްކިތުގައި ދޮރުފަތް ނެތް ނަމަ، ސައިކަލު ޕާކުކުރާނީ މިހުރާބާއި މިމްބަރާ ދެމެދުގައިކަމަށެވެ. އަދި ފިހާރަތަކަށް ވަންނަން ސައިކަލުގައި ގޮސް، ވަދެވޭނަމަ ސައިކަލު ޕާކުކުރާނީ ސޭޓާއި ކައުންޓަރާ ދެމެދުގައި ކަމަށްވެސް މަހާޒު ވިދާޅުވިއެވެ.

މަހާޒު އިތުރަށް ވިދާޅުވީ، މީހެއްގެ ގަޔަށް ވަޅި ހަރައިފި ނަމަ، އެއީ ދިވެއްސަކަށް ނުވި ނަމަވެސް އިންސާނަކަށް ވީތީ ހިތަށް އަސަރުތަކެއް ކުރާ ކަމަށެވެ. ނަމަވެސް ބަހެއް ބުނާއިރު އެ ބަހުގެ ސަބަބުން އަނެކާއަށް ކުރާނީ ކޮން ކަހަލަ އަސަރެއްތޯ މީހުން ނުބަލާ ކަމަށާއި، އަނެކާގެ އަބުރަށް އަރައިގަނެވޭއިރު، މި އިހުސާސް ނުކުރެވޭ ކަމަށެވެ.

ފަނޑިޔާރު މަހާޒު، ދަސްވެނިންގެ ކިބައިން އެދިވަޑައިގަތީ، އެ މީހުންނަކީ މުޖުތަމައުގެ ތެރޭގައި މިންގަނޑެއް ގެންގުޅޭ، ގޮތެއް ހުންނަ، އަދި ރަނގަޅު އަޚުލާގެއްގެ ވެރި ބަޔަކަށް ވުމަށެވެ. އަދި މުޖުތަމައެއް ބަދަލުކުރެވޭނީ ތިމާގެ އަހުލާގަށް ގެންނަ ބަދަލަކުން ކަމަށް ވެސް މަހާޒު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.