އައިއޭސީއިން ދެއިރް ބަލަޙްގައި ފެން ފޯރުކޮށްދެމުންދަނީ -- ފޮޓޯ: އައިއޭސީ
ހަބަރު
05 Jun 2024 | 20:43
އައިއޭސީއިން ޣައްޒާއަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެނީ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ޣައްޒާއަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެމުން އެބަދެއެވެ.

އެ ޖަމްޢިއްޔާއިން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެވަނީ ޣައްޒާގެ އަވަށެއް ކަމަށްވާ ދައިރް-އަލް-ބަލަޙްގައި، މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެވެމުން ދާކަމަށެވެ.

އައިއޭސީއިން އިތުރަށް ހާމަ ކުރެއްވި ގޮތުގައި ގެދޮރު ގެއްލުމުގެ ސަބަބުން، ޣައްޒާގެ އެކި ސަރަހައްދުތަކުން ހިޖުރަކޮށްފައިވާ އެތަށް ބަޔަކު ދައިރް އަލް ބަލަޙް ގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އެކި ތަންތަނުން 9 ފަހަރަށްވުރެ ގިނަ ފަހަރު ހިޖުރަކޮށްފަ ތިބި މީހުންނެވެ. ގިނަ ބަޔަކު އެ އަވަށަށް ހިޖުރަކުރުމުގެ ސަބަބުން މުޅި އަވަށް ތޮއް ޖެހިފައިވާއިރު، އެ އަވަށަކީ ފެނުގެ ދަތިކަން ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުންދާ ހިސާބެއްކަން އައިއޭސީއިން ފާހަގަކޮށްފައިވެއެވެ. 

ޣައްޒާގެ ރައްޔިތުން އެކުރަމުންދާ ހިތްވަރު އެ ޖަމްޢިއްޔާއިންވެސް ކުރާނެކަން ފާަހަގަކޮށް އައިއޭސީއިން ވަނީ، ޣައްޒާގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދެއްވަމުން ގެންދިޔުމަށް އިލްތިމާސް ކުރައްވާފައެވެ.

ނިރުބަވެރި އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ދަނީ ގެދޮރު ނެތިވެ، ހައިހޫނުކަންމަތީގައި ޝަހީދުވަމުންނެވެ. ކާނެ އެއްޗެއް ނުލިބި މިދިޔަ ރަމަޟާން މަހުވެސް ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް ވަނީ ދުނިޔެ ދޫކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.