ރާއްޖޭގައި މަސައްކަތްކުރަމުން ދާ ބިދޭސީންތަކެއް --- ފޮޓޯ: ވޮއިސް
ހަބަރު
04 Jun 2024 | 21:17
ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ފަރާތްތައް ސަސްޕެންޑުކުރަނީ

ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ފަރާތްތައް ސަސްޕެންޑުކުރަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަ ކުރައްވައިފިއެވެ. 

މިއަދު އެ ވުޒާރާއިން ގެޒެޓުކުރި އިޢުލާނެއްގައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނުގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ 10،619 ވަޒީފާ ދޭ ފަރާތް އެބަ ތިބި ކަމަށެވެ. އަދި އެ ފަރާތް ތަކުގެ ނަންމަތީ ރަޖިސްޓްރީ ކުރެވިފައި 102،807 ބިދޭސީ މަސައްކަތް ތެރިން އެބަ ތިބި ކަމަށާއި، ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1،765،704،400 ރުފިޔާ، ވަޒީފާ ދޭ ފަރާތްތަކުން ދަޢުލަތަށް ނުދައްކާ ހުރިކަމަށެވެ. 

އެހެންކަމުން، މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ ކުރިން، މި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް އަންގާ، އެ ވުޒާރާއިން ބުނީ، އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް ޢާންމުކޮށް އިޢުލާނު ކުރާނެ ކަމަށެވެ. އަދި އެފަރާތްތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އެ ވުޒާރާގެ ނަންބަރު (1500) އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ
01 Jul 2026
ދާރުލް އާސާރުގެ ބޮޑު މަރާމާތެއް މީގެ ކުރިން ކޮށްފައެއް ނެތް
ދާރުލްއާސާރު މަރާމާތުކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި، އެކަމަށް ޗައިނާ ސަރުކާރުގެ އެހީ ލިބިފައިވާ ކަމަށާ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
01 Jul 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ފިރުޒުލް އައްޔަނުކޮށްފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް، މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް އައްޔަނުކޮށްފިއެވެ.
01 Jul 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
މެންބަރު ވަނީ މިހާރު 8 ރުފިޔާ އަށް ހުރި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ހުށަހަޅައިފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކޮށް، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ.
01 Jul 2026
އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނަން
2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ ފަޒާގެ މަރުކަޒަށް ފީފާ ބޯޅައެއް ފޮނުވާފައެވެ. ނަމަވެސް، އެމެރިކާއިން މުބާރާތް ކާމިޔާބުކޮށްފިނަމަ، މީގެ ކުރިން ފުޓުބޯޅައެއް ނުފޮނުވާހާ ދުރަށް، އެބޯޅަ ހަނދަށް ފޮނުވާލާނެ ކަމަށް އައިސެކްމަން ވިދާޅުވިއެވެ.
01 Jul 2026
ފިލިޕްސް އޭސީ ޚާއްޞަ ޑިސްކައުންޓުގައި އެސްޓީއޯއިން
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާއެކު ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް އޭސީތައް ޚާއްޞަ ޕްރޮމޯޝަނާއެކު ވިއްކަން ފަށައިފައިވާއިރު ހަތަރު ސައިޒެއް ޑިސްކައުންޓް އަގުގައި ލިބެން ހުންނާނެއެވެ.
01 Jul 2026
މިނިވަން 60 ފާހަގަކުރަން 4.1 މިލިއަން ރުފިޔާ ޚަރަދުކުރި: ހީނާ
މިނިވަން 60 ފާހަގަކުރުމަށް ޘަޤާފަތާބެހޭ ވުޒާރާއިން 4.1 މިލިއަން ޚަރަދުކޮށްފައިވާ ކަމަށެވެ.