ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް-- ފޮޓޯ: ވޮއިސް
ހަބަރު
04 Jun 2024 | 23:07
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގަހުގެ އާދޭހުގެ ނަމުގައި ޚާއްސަ މައުލޫމާތުދޭ ސެޝަނެއް ބާއްވަނީ

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް، ޚާއްސަ މައުލޫމާތުދޭ ސެޝަނެއް ބާއްވަން ނިންމަވައިފިއެވެ. 

މިއަދު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައިވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް "ގަހުގެ އާދޭސް" މި ނަމުގައި ޚައްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ތާވަލުކުރެވިފައިވާކަން ހާމަކުރައްވާފައެވެ. 

މި ސެޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިމާވެށީގެ ދުވަހު (5 ޖޫން) ގެ ރޭގަނޑުގެ ވަގުތުގައެވެ. 

މި ސެޝަންގައި "ޢާންމުތަންތަނުގައި، ޚާއްޞަކޮށް މަގުތަކުގައި ގަސްއިންދުން - އަތްމަތީ ފޮތް" އިފްތިތާޙު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޮތް އިފްތިތާޙު ކުރުމުގެ ޙަރަކާތުގައި މި ފޮތާ ބެހޭގޮތުންނާއި، ޢާންމު ތަންތަނުގަޔާއި، ސްކޫލް ފަދަ ތަންތަނުގެ އިތުރުން މަގުތަކުގައި ގަސްއިންދާ ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތްތަކަށާއި، ޕޮލިސީ ލެވެލްގައި އެ މަސައްކަތާމެދު އަޅަންޖެހޭ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ހޭލުންތެރިކުރުމުގެ ގޮތުން މި ފޮތް ލިޔުއްވި ފަރާތް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު (މީމު ޒަވިޔަނި)، ސެޝަންއެއް ނަންގަވައިދެއްވާނެއެވެ.

މީގެ އިތުރުން އެ ދާއިރާގެ ފަންނުވެރިންނާއި، ތަޖުރިބާކާރުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަން އެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. 

މިއަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ގިނަ ޙަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ތިމާވެށީގެ ދުވަހު 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަން ރާވާފައިވާއިރު، "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ ދަށުން ކުންޏާއި ވަޞީލަތް މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓެޖީ އިފްތިތާހު ކުރަންވެސް ވަނީ ނިންމާފައެވެ. އަދި ޔުނިސެފް އާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ގުޅިގެން، "މަގޭ ސާފު ރާއްޖެ" ގެ ދަށުން "ކްލީން" ޕްރޮގްރާމްގެ ނަމަުގައި ޚާއްސަ ޕްރޮގްރާމެއްވެސް އިފްތިތާޙުކުރެވިގެންދާނެއެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ހިކި ހަނަފަސްކަމުން އަރައިގަނެ ވިލުންވެރިވުމަށް ބިމުގެ އާރޯކަން އަލުން އިއާދަކުރުން." އެވެ. އަދި ބޭނުންކުރުމަށް ނިންމަވާފައިވާ ސްލޯގަންއަކީ "އަޅުގަނޑުމެންގެ ބިން، އަޅުގަނޑުމެންގެ ކުރިމަގު: މިއީ އިޔާދަކުރުވަނިވި ޖީލު" އެވެ. 

ކޮމެންޓް
އަތޮޅޭ
ގަހުގެ އާދޭސް ރަށުގެ އާދޭސް ފުނަގަހުގެ ކަރާމާތް####
05 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.