މަޖީދިއްޔާ ސުކޫލް --- ފޮޓޯ: މަޖީދިއްޔާ ސުކޫލް
ހަބަރު
06 Jun 2024 | 22:13
މަޖީދިއްޔާ ސުކޫލަށް 100 އަހަރު ފުރުމުގެ މުނަސަބަތުގައި ހިންގާނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް "މަޖީދީ ސައްލާ" ބާއްވަނީ

މަޖީދިއްޔާ ސުކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މިއަދު މަޖީދިއްޔާ ސުކޫލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މަޖީދިއްޔާ ސުކޫލަށް 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށްޓަކައި ހިންގާނެ ޙަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް "މަޖީދީ ސައްލާ"ގެ ނަމުގައި ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ، 12 ޖޫން ވާ ބުދަ ދުވަހުގެ ރޭ 9:00 ގައި ދާރުލްޢުލޫމް ހޯލްގައެވެ.

މި ބައްދަލުވުމުގައި މަޖީދިއްޔާ ސުކޫލަށް 100 އަހަރު ފުރެން 1000 ދުވަހަށް ވުމުން ފެށުމަށް ހަމަޖެހިފައިވާ ކައުންޓްޑައުން ޙަރަކާތުގައި ކުރާނެ ކަންތައްތަކާ ގުޅޭގޮތުން ޚައްސަ ގޮތެއްގައި މަޝްވަރާ ކުރެވޭނެކަމަށް އެ ސުކޫލުން ބުނެއެވެ.

މި ޚާއްސަ މަޝްވަރާ ބައްދަލުވުމުގައި ސުކޫލުގެ އިސްދަރިވަރުންނާއި، ސުކޫލަށް ހެޔޮއެދޭ އެންމެހާ ބޭފުޅުންނާ ބައްވެރިވެވަޑައިގަތުމަށް ސުކޫލުން ވަނީ ދަޢުވަތު އަރުވާފައެވެ.

ކޮމެންޓް
ޕޭރެންޓެއް
މިހާރުވެސްމަޖީދިއްޔާ އިން ދަނީ ދަރިވަރުން ޓީބީ އަށް ސްކޭން ކުރަމުން. އޭގެ ކޭސް އެއް ދަރިވަރަކަށް ޖެހިފައި ހުރިކަން އިނގިގެން. އަދި ވެސް ހުރިހާ ކުދިން އެއްކޮށް ނާޗަރަންގީތަ ޖަައްސަންވީ މި ދަނޑިވަޅުގަވެސް.
07 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.