ސިވިލް ކޯޓު ---
ހަބަރު
09 Jun 2024 | 18:34
އިންޑިއާގެ ގޯ އެއާއިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި

އިންޑިއާގެ ގޯ އެއާއިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ ދިވެހި ރުފިޔާއިން އަގު ކުރާނަމަ 55.5 މިލިއަން ރުފިޔާއެވެ.

އިންޑިއާގެ ގޯ އެއާއިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް 3.6 މިލިއަން ޑޮލަރު ދައްކަން ޙުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ނިިޔަލަށް އިންޑިއާގެ ގޯ އެއާއިން ދައްކަން ޖެހޭ ފީއަކާއި ޓެކުހެއް މީރާއަށް ދައްކާފައިނުވާތީއެވެ.

އެގޮތުން ގޯ އެއާއިން މީރާއަށް ދައްކަންޖެހޭ ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކުހާއި ޑިވެލޮޕްމެންޓް ފީ މީގެ ތެރޭގައި ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ގޯ އެއާއަށް ތިން ފަހަރެއްގެ މަތިން ދައުވާ ރައްދުކުރަން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އެކުންފުނީގެ އެޑްރެސްގެ ގޮތުގައި ކަނޑައަޅާފައިވާ މ.ނަރުގިސްއަށް ދައުވާ ފޯމް ފޮނުވުމުން އެ ކުންފުނިން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށް ސިވިލް ކޯޓުން ހާމަ ކުރިއެވެ.

އެހެންކަމުން މިއަދު ގޯ އެއާއަށް ޙުކުމް ކޮށްފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައި، މާލޭގައި ހުންނަ އެސްޓީއޯ އައިފާނު ބިލްޑިންގެ ތިން ވަނަ ފްލޯއަށް އެޑްރެސްކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Aug 2026
ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް %10 އަށް ބޮޑުކުރަނީ
ރާއްޖޭގައި ވަޒަންވެރިނުވާ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %5 އިން %10 އަށް ބޮޑުކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަދަލުން އަހަރަކު 251 މިލިޔަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާކުރެއެވެ.
17 Aug 2026
ހުވަދޫ ކަނޑު އެއްކޮށް ބަލައިފި؛ ގެއްލުނު ތިން މީހުން ނުފެނުނު
ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ހުވަދޫ ކަނޑަށް "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގެ އެހީތެރިކަމާއެކު ހުވަދޫ ކަނޑުގެ ބޮޑު ސަރަޙައްދެއް ބަލައި، ފުޅާ އޮޕަރޭޝަނެއް ހިންގި ނަމަވެސް އެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
17 Aug 2026
މާޒިޔާ އާއި ނިއުރޭޑިއަންޓްގެ ކުރިމަތިލުން ނިމުނީ އެއްވަރުވެގެން
ކަޕްވިނާސްކަޕް ފައިނަލުގައި ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުގެ ރެއެވެ.
17 Aug 2026
އިންޑޮނޭޝިއާއަށް އަނެއްކާވެސް 5.7 ގެ ބިންހެލުމެއް އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މަޢުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އެންޑޭގެ އުތުރު-ހުޅަނގުއުތުރުން ގާތްގަނޑަކަށް 65 ކިލޯމީޓަރު ދުރަށް، ބިމުގެ 48.9 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ނުވަތަ މުދަލަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
17 Aug 2026
ޣައްޒާގެ ހަގީގަތް އޮޅުވާލަން އިސްރާއީލުން އޭއައި މެދުވެރިކޮށް ބޮޑު ކެމްޕޭނެއް
ޣައްޒާގެ ޤަތުލްޢާއްމާއި އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅޭގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކުން މީހުންނަށް ދޭ މައުލޫމާތުތައް އެ ޖަމާއަތަށް ފަހިވާނޭހެން ބަދަލުކުރުމަށް އިސްރާއީލުން ސިއްރު ކެމްޕޭނެއް ފަށައިފިއެވެ.
16 Aug 2026
ސިޓީ ބަލިކޮށް އާސެނަލުން ކޮމިޔުނިޓީ ޝީލްޑް ކާމިޔާބުކޮށްފި
މި މެޗުގައި ސިޓީގެ ޑިފެންސްލައިނާއި ގޯލްކީޕަރު ޑޮނަރުއްމާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، އާސެނަލްއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ލިބުނެވެ. ވަކިން ހާއްސަކޮށް ބުކާޔޯ ސަކާއަށް ލިބުނު ރަނގަޅު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ
16 Aug 2026
ވިފާގުގެ މަރުގައި ޝައްކު އުފެދޭ ގިނަ ކަންކަން އެބަހުރި, އިންސާފު ބޭނުން: އަނީސް
އުމުރުން 25 އަހަރުގެ ވިފާގް މަރުވީ މީގެ ދެ އަހަރު ކުރީން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ.
16 Aug 2026
ވިލިމާލެ ޑިންގީ ޖެޓީއާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް
ވިލިމާލެ ބަނދަރު ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން 3،698 ސީބީއެމް ވެލި ބަނދަރު ތެރެއިން ނަގާ ނެރު ފުންކުރާނެ އެވެ.