ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
15 Jun 2024
ޓިޝޫ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރި މައްސަލައެއް
މިއަދު ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޅުވާލައިގެން ރާއްޖެ އތެރެ ކުރަން އުޅުނު ގިނަ އަދެއްގެ ސިނގިރޭޓު އަތުލައިގެންފައިވަނީ މި މަހުގެ 13 ވަނަ ދުވަހުކަމަށެވެ. އަތުލައިގަން ޝިޕްމަންޓަކީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ރާއްޖެ ގެނައި ޝިޕްމަންޓެއް ކަމަށާއި، އެ ޝިޕްމަންޓްގައި ޑިކްލެއަރ ކޮށްފައިވަނީ 343 ކަރޓަން ޓިޝޫ ޕޭޕަރ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި ކަސްޓަމްސްގެ ކަމާގުޅޭ އެކި ސެކްޝަންތައް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނުގައި ޝިޕްމަންޓުގައި ހިމެނޭ މުދާ ބަލައި ފާސްކުރިއިރު 143 ކަރޓަންގެ ޓިޝޫއާއެކު 200 މާސްޓަރ ކަރޓަންގެ ސިނގިރޭޓުވެސް ފެނިފައިވާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. އަދި ޖުމްލަ އަތުލައިގަތް ސިނގިރޭޓުގެ އަދަދު 3،199،200 އަށް އަރާކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
15 Jun 2024
"އޮޕަރޭޝަން ކުރަނގި"ގެ ދަށުން 805 ބިދޭސީންގެ މައުލޫމާތު ނަގައިފި
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެށި "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މާފުށިން މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
15 Jun 2024
އެސްޓީއޯގެ ހިއްސާއަަކަަށް 80ރ. ބަހަން ނިންމައިފި
މިއަދު އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި، 2023 ވަނަ އަހަރުގެ ފައިދާއިން، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80.00ރ ބަހަން ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.
13 Jun 2024
ދިއްފުށްޓަށް ސްޓެލްކޯގެ އައު އިންޖީނުގެއެއް!
ދިއްފުށީގައި ސްޓެލްކޯގެ އައު އިންޖީނުގެއެއް ޢިމާރާތްކުރުމަށް، ބިންގާ އަޅައިފި އެވެ. ޒަމާނީ ފެންވަރަށް ހަދަން ފަރުމާކޮށްފައިވާ، މި އައު އިންޖީނުގެ ޢިމާރާތްކުރުމަށް، ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
13 Jun 2024
ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤުލާލަށް އިޙްތިރާމްކޮށް އެއްބާރުލުން ދޭނެ: ވައިސް ޗެއާމަން، ބާޓަރ
ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤުލާލަށް އިޙްތިރާމްކޮށް އެއްބާރުލުން ދޭނެކަމަށް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓަރ ވިދާޅުވެއްޖެއެވެ.
13 Jun 2024
ޖޭއެސްސީ ބިލު ދެން ހުށަހަޅާނީ މަޝްވަރާކޮށްފައި - ބަންޑާރަ ނައިބު
ބަންޑާރަނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުޝާމު ވިދާޅުވީ، ކުރީ ސަރުކާރުން ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހެޅި ބިލުގައި ޖޭއެސްސީ އެކުލަވައިލަން ހުށަހަޅާފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ގަބޫލު ނުކުރައްވާ ކަމަށެވެ. ކުރިން ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހެޅި ބިލު ހުށަހަޅާފައިވަނީ އެކަށީގެންވާ މިންވަރަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ޤަބޫލުފުޅު ނުކުރެވޭކަން ފާހަގަ ކުރައްވާ އުޝާމް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ބޭނުންވަނީ އެކަށީގެންވާ ވަރަށް މަޝްވަރާ ކުރުމަށްފަހު، އެންމެ ރަނގަޅު ހައްލެއް އެކަމަށް ގެނެވޭނެ ގޮތަކަށް ބިލު އެކުލަވާލުމަށްފަހު މަޖިލީހަށް ހުށަހަޅަން ކަމަށެވެ.
13 Jun 2024
އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައި ވާކަމަށެވެ.
13 Jun 2024
ކައުންސިލްގެ އާ އިމާރާތްތައް އަޅާ 50 ރަށް އިއުލާންކޮށްފި
ކައުންސިލްގެ އާ ޢިމާރާތްތައް އަޅާ 50 ރަށް އިއުލާނު ކުރެއްވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފެވެ.
13 Jun 2024
އެމްއެމްޕީއާރުސީ ގެ ޑިރެކްޓަރަކަށް އިބްރާހިމް ޝިއުރީ
މިއަދު ދިވެހިރާއްޖޭގެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން، އެމް.އެމް.ޕީ.އާރު.ސީ ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް ގ. ގޯލްޑަން ހައުސް އަލްފާޟިލް އިބްރާހިމް ޝިއުރީ އައްޔަނުކޮށްފައިވާ ކަމަށެވެ.
13 Jun 2024
2028 ވަނަ އަހަރުގެ ނިޔަލަށް، ސަރުކާރުން 213 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމައިފި
މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން 15 މައުލޫއަކާ ގުޅޭގޮތުން 213 ބިލެއް ހުށަހަޅަން ނިންމާފައިވާކަމަށެވެ..
13 Jun 2024
ޓްރާންްސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނިޔާވެއްޖެ
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ބާހިޒު ޝަފީޤު ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެމުން ދަނިކޮށެވެ.
12 Jun 2024
މިއަހަރު ޙައްޖަށް ދިޔަ އެންމެ ހަގު ޙައްޖުވެރިޔާ ނިޔާވެއްޖެ
މި އަހަރު ޙައްޖަށް ދިޔަ އެންމެ ހަގު ހައްޖުވެރިޔާ އިއްޔެ ނިޔާވެއްޖެއެވެ. ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ނިޔާވާން މެދުވެރިވީ މައްކާގެ ހޫނު މިނަށް ކެތް ނުކުރެވުމުގެ ސަބަބުންނެވެ
12 Jun 2024
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީއިން ނޫސްބަޔާނެއް ނެރެފިއެވެ.
12 Jun 2024
"ޖަޒީރާ" ޓެލެގްރާމް ޗެނަލް މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ތަފާތު ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް "ޖަޒީރާ" ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތަކާ ގުޅިގެން އެ ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9,495,685.55 ރުފިޔާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
12 Jun 2024
މަސްވެރިން ކުރަމުންދަނީ ވަރަށް ސުލްހަވެރި އިހުތިޖާޖެއް، މަސްލަހަތު ގެއްލޭފަދަ ކަންކަން ނުކުރައްވާ: ވަޒީރު ޝިޔާމް
ނޫހަކުން، ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުން، ވަޒީރު ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވީ، ބޮޑު ކަންނެލި ޔޫނިޔަނުން އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުންދަނީ ވަރަށް ސުލްހަވެރި އިހުތިޖާޖެއްކަމަށެވެ. އަދި މުޒާހަރާ ކުރަމުންދާ، ޔޫނިޔަންގެ އިސްވެރިންނާ މުއާމަލާތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
12 Jun 2024
ޖޭއެސްސީގެ ރައީސްކަމަށް މެންބަރު ރިޟާ
ޖުޑީޝަލް ސަރވިސް ކޮމިޝަން، (ޖޭއެސްސީ)ގެ ރައީސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު އަލްއުސްތާޛް ޙުސައިން ރިޟާ އިންތިޚާބުކުރައްވައިފިއެވެ. މެންބަރު އަލްއުސްތާޛް ޙުސައިން ރިޟާއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މީގެކުރިން ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓާގެ މަޤާމުވެސް އަދާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
12 Jun 2024
މާލީ ޙާލަތު ރަނގަޅު ވަމުން ދިޔަވަރަކަށް މަސްވެރިންގެ ވައުދުތައް ވެސް ދާނީ ފުރިހަމަވަމުން ؛ ޝިޔާމް
މާލީ ޙާލަތު ރަނގަޅު ވަމުން ދިޔަވަރަކަށް މަސްވެރިންގެ ވައުދުތައް ވެސް ދާނީ ފުރިހަމަވަމުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް އިއްވުމަށް ކަންނެލި މަސްވެރިން, ހުޅުމާލެ ފަޅުތެރެއާއި، މާލެ އެއް ނަންބަރު ޖެޓީގައި އިހުތިޖާޖެއް ފަށާފައިވާ ދަނޑިވަޅެއްގައި، މަސްވެރިންނާ ބައްދަލުކުރުމަށް އެއް ނަންބަރު ޖެޓީއަށް ވަޑައިގަންނަވާ، މަސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
12 Jun 2024
އދ. އިން ކުރި މިނިވަން ތަޙްޤީޤު: އިޒްރޭލު، ކުށްވެރިކުރެވޭ އެތައް ޖަރީމާތަކެއް
ފަލަޞްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް، މިނިވަން ދެ ފަރާތަކުން ތަޙްޤީގު ކުރުމަށްފަހު، މިއަދު ނެރުނު ރިޕޯޓުގައި ވަނީ އިޒްރޭލު، އެތައް ގޮތަކުން ކުށްވެރިވާކަމަށް ބުނެފައެވެ. އެގޮތުން، ހަމައެކނަި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، އެ އަހަރު ނިމުމާ ހަމައަށް، އަލިއަޅުވާލާފައިވާ މި ރިޕޯޓުގައި ވަނީ، އެ 12 ހަފްތާގެ ތެރޭގައި މީހުން މެރުމާއި، ޖިންސީ އަނިޔާ ކުރުމާއި، ގަދަ ކަމުން މީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުވުމާއި، ގަސްތުގައި އަނިޔާ ކުރުން، އަދި މުޖުތަމަޢެއް ނައްތާލަން މަސައްކަތް ކުރުން ފަދަ އެތައް ޖަރީމާ ތަކެއް ހިންގި ކަން ސާބިތުކަމަށް، ބުނެފައެވެ.
11 Jun 2024
ދެ ފުލުހަކަށް ހަމަލާ ދިން އަންހެނެއްގެ ބަންދަށް 10 ދުވަސް
ފުލުހުން ހާމަ ކުރި ގޮތުގައި، ދެ ފުލުހަކަށް ހަމަލާ ދީ މާރާމާރީ ހިންގުމުން، 45 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، މިހާރު އެ އަންހެން މީހާގެ ބަންދަށް ވަނީ، ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައެވެ.
11 Jun 2024
ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމާތްކުރުމަށް ކެމްޕެއިނެއް އިފުތިތާހުކޮށްފި
ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމާތްކުރުމަށް "ދަފަރާ" ގެ ނަމުގައި ކެމްޕެއިނެއް އިފުތިތާހުކޮށްފިއެވެ.
11 Jun 2024
މި އަހަރުގެ އެންމެ ޢުމުރުން ދުވަސްވީ ޙައްޖުވެރިއަކަށް 130 އަހަރުގެ މީހެއް
މި އަހަރު އެންމެ ޢުމުރުން ދުވަސްވީ ޙައްޖުވެރިއެއްގެ ގޮތުގައި ޙައްޖަށް ގޮސްފައިވަނީ 130 އަހަރުގެ މީހެއްކެވެ.
11 Jun 2024
ތައިލޭންޑުން ބޭސް އެތެރެކުރުމުގައި ސަމާލުވާން އިލްތިމާސް ކޮށްފި
އެމްއެފްޑީއޭއިން މިއަދު ބުނެފައި ވަނީ ތައިލެންޑުގެ ބޭސް އުފައްދާ އަންނަ ކުންފުންޏެއް ކަމަށްވާ 'ސެވަން ސްޓާސް ފާމަކިއުޓިކަލް' އިން ބޭސް އުފެއްދުމަށް ބޭނުންކޮށްފައިވާ ސޯބިޓަލް (އެކްސްޕިއެންޓެއް)ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަމަށެވެ.
11 Jun 2024
ޕައިލެޓުކަން ކިޔަވަން ދޫކުރާ ލޯނުގެ ޖާގައިގެ އަދަދު މަދުކޮށްފި
މިއަދު ނަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޕައިލެޓުކަމަށް ދޫކުރާނީ 10 ޖާގަކަމަށެވެ.
10 Jun 2024
ޑިމޮކްރެޓްސް ޑރ.މުޢިއްޒަށް ތާޢީދު ކުރީ މި ދެކޭ ސުލްޙަވެރި އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނާތީ: ކުރީގެ ރައީސް ނަޝީދު
މިއަދު، ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކޭ ގޮތުގައި ޑިމޮކްރެޓްސް ޑރ.މުޢިއްޒަށް ތާޢީދު ކުރީ މިއަދު މި ދެކޭ ސުލްޙަވެރި، ގުޅުން ރަނގަޅު، އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނަ ކަމުން ކަމަށެވެ.
10 Jun 2024
އީފާސްގެ "ފޭސް ވެރިފިކޭޝަން"ގެ ވެންޑާކަން އިޒްރޭލު ކުންފުނި އަތުން ނަގަނީ
އީފާސްގެ "ފޭސް ވެރިފިކޭޝަން"ގެ ވެންޑާއަކީ އިޒްރޭކު ކުންފުންޏަކަށްވާތީ، އެ ކުންފުނީގެ ބަދަލުގައި، އެހެން ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. އީފާސްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީފާސްގައި ބޭނުންކުރަމުން އަންނަ ފޭސް ވެރިފިކޭޝަންގެ ވެންޑަރ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ, އީފާސްގެ ފޭސް ވެރިފިކޭޝަންގެ ޚިދުމަތް މެދުކެނޑިފައިވާކަމަށެވެ.
10 Jun 2024
މުދާ އުފުލާ ދޯނިތައް ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ މައްސަލަ ހައްލު ކުރެވޭތޯ މިދަނީ ބަލަމުން: ވަޒީރު ޝިޔާމް
ބައެއް މުދާ އުފުލާ ދޯނިތައް، ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ، 'ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން' އިން އެކްސްގައި ކުރި ކަންބޮޑުވުމުގެ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
10 Jun 2024
ރައީސް ޑރ.މުޢިއްޒު އިންޑިއާގެ ރައީސާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިންޑިއާގެ ރައީސާ ދުރޫޕަދީ މުރުމޫ އާ ބައްދަލުކުރެއްވީ މިއަދު، ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.
10 Jun 2024
"ބިންވެރިޔާ ސްކީމް" ގެ ދަށުން ހިލޭ ބިން ދޫކުރުމުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުން
"ބިންވެރިޔާ ސްކީމް" ގެ ދަށުން ހިލޭ ބިން ދޫކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާކަން، އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓް ރިޕޯޓުން ހާމަވިގޮތުގައި، އެޗްޑީސީން ފޯރުކޮށްދީފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން މި ބިންތައް ދޫކުރުމުން ލިބޭނެ ކަމަށް ލަފާކުރެވޭ ގެއްލުމަކީ 7.2 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެކެވެ.
10 Jun 2024
ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓުން ދެވަޒީރުންނާއި ސިފައިންގެ ބައެއް އިސްވެރިން ބަލި ޤަބޫލުކޮށް އިސްތިއުފާ ދީފި
އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓުން ދެވަޒީރުން، ހަނގުރާމައިގައި ބަލިވަމުންދާކަމަށް ބުނެ ކެބިނެޓުން އިސްތިއުފާ ދީފިއެވެ. ހަނގުރާމައިގައި ނަތަންޔާހޫ ގެންގުޅެމުންދާ ސިޔާސަތުތަކާ ނުރުހުންވެ އިސްތިއުފާ ދީފައިވަނީ، ވަޒީރު، ބެނީ ގާންޓްޒް އާއި ގާދީ އައިސެންކޮޓް އެވެ.
10 Jun 2024
ޓީއެމްއޭ ސީޕްލޭން އެކްސިޑެންޓް ވި މައްސަލަ ތަހުގީގު ކުރަނީ
ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅު ވެސްޓްއިން މޯލްޑިވްސް މިރިޔަންދު އަށް ދަތުރުކުރި ޓީއެމްއޭގެ މަތިންދާބޯޓެއް އެ ރިސޯޓަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނދަށް ގެއްލުންވެ، ހާދިސާއެއް ހިނގި ކަމަށާއި އެ ހާދިސާއެއް ހިނގާފައިވަނީ އިއްޔެ މެންދުރު ފަހު 3:30 ހާއިރު އެވެ. މި ހާދިސާ މިހާރު ދަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގުކުރަމުންނެވެ.