މަސްވެރިން ކުރި މުޒާހަރާގައި، ވަޒީރު ޝިޔާމް، މަސްވެރިންނާ ވާހަކަދެއްކެވުން -- ފޮޓޯ: ވޮއިސް
12 Jun 2024 | 18:36
މާލީ ޙާލަތު ރަނގަޅު ވަމުން ދިޔަވަރަކަށް މަސްވެރިންގެ ވައުދުތައް ވެސް ދާނީ ފުރިހަމަވަމުން ؛ ޝިޔާމް

މާލީ ޙާލަތު ރަނގަޅު ވަމުން ދިޔަވަރަކަށް މަސްވެރިންގެ ވައުދުތައް ވެސް ދާނީ ފުރިހަމަވަމުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް އިއްވުމަށް ކަންނެލި މަސްވެރިން, ހުޅުމާލެ ފަޅުތެރެއާއި، މާލެ އެއް ނަންބަރު ޖެޓީގައި އިހުތިޖާޖެއް ފަށާފައިވާ ދަނޑިވަޅެއްގައި، މަސްވެރިންނާ ބައްދަލުކުރުމަށް އެއް ނަންބަރު ޖެޓީއަށް ވަޑައިގަންނަވާ، މަސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ, މިފްކޯއަށް ކަންނެލި ގަތުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ނަމަވެސް މިއަހަރު އެކަން ކުރާނެ ފެންވަރެއް މިފްކޯގެ ނެތްކަމަށެވެ. ނަމަވެސް މާލީ ޙާލަތު ރަނގަޅު ވަމުން ދިޔަ ވަރަކަށް މަސްވެރިންގެ ވަޢުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނެ ވަނީ ދެއްވަފައެވެ.

"މި އަހަރަކު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށް މިފްކޯއަށް. މިފްކޯ އޮތީ އެ ޙާލަތަކު ނޫން. މިފްކޯ ރަނގަޅު ހާލަތަކަށް ގެނައުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން."

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ، ކަންނެލި މަސްވެރިންގެ މަސްލަޙަތު ޙިމާޔަތްކުރަން، މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

"ކަންނެލި މަސްވެރިންގެ މަސްލަހަތު އެންމެ ރަނގަޅަށް ހިމާޔަތްކުރެވޭ ގޮތަކަށް ނޫނީ އެއްވެސް އެކްޓިވިޓީއެއް އަޅުގަނޑުމެންގެ ސަރެުކާރަކު ނުހިނގާނެ"

ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
މަސްވެރިޔެއް
މަސްވެރިންނަށް ދޭންޖެހޭ ފައިސާނުދީ ކީއްކުރަން ހަވާ އަރުވާ ބޮކިފަތިދިއްލާ ބޭކާރު ޚަރަދު ކުރަނީ؟
13 Jun 2024
ސަޢީދު
ހުސްފުލޯކުމިގައުމުގައިމަސްވެރިންނަވެސްއެއްމެރަނގަޅުއެއްޗެލިބުނީއެމްޑީޕީ ގެސަރުކާރެއްގައި ކިރަާފައި ފައިސާކޮޅުވަގުތުންއަތައްދިނީވެސް އެމްޑީޕީ ގެސަރުކާރެއްގައި ޕީޕީ ހަދާފަހުރީއަމިއްލަޖީބުފުލްކުރާވެރިކަން އަދިވެސް ދާނީއެހެން
13 Jun 2024
ކިޔުންތހެރިޔާ
މިދިޔަ މަހު ހަބަރުގަ އޮތް ހުސްވެފައޮތް ތިޖޫރި މިހާރު ފުރެމުން ދާ ވާހަކަ. މަސްވެރިންނަށް ލާރި ދޭންވީމަ ތިޖޫރި ހުސްވީތޯ؟
13 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.