ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ސިއްޙީ ވުޒާރާ
ހަބަރު
11 Jun 2024 | 21:33
ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމާތްކުރުމަށް ކެމްޕެއިނެއް އިފުތިތާހުކޮށްފި

ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ސަލާމާތްކުރުމަށް "ދަފަރާ" ގެ ނަމުގައި ކެމްޕެއިނެއް އިފުތިތާހުކޮށްފިއެވެ.

މިއަދު ސިއްޙީ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި، މި ކެމްޕެއިން އިފްތިތާޙިކޮށްފައިވަނީ، މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ، "ކުޑަކުދިން ދުންފަތުގެ ޞިނާޢަތުން ސަލާމާތްކޮށް ދަފަރާކުރުން" އާ ގުޅުވައިގެންނެވެ.

މި ކެމްޕޭނަކީ އެއް އަހަރު ދުވަހުގެ ނިޔަލަށް، ހިންގުމަށް ހަމަ ޖެހިފައިވާ ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެއް ކަމަށް ސިއްޙީ ވުޒާރާއިން މައުލޫމާތު ދެއެދެވެ.

"ދަފަރާ ކެމްޕެއިން" އިފުތިތާހުކޮށްފައިވަނީ، ރޭ ނ.މަނަދޫގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާއަކީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ 31 މެއިގެ ހަރަކާތްތައް ރަސްމީގޮތެއްގައި ފާހަގަ ކުރުމަށް ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅޭ ގޮތުން މަނަދޫގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ހަރަކާތްތަކުގެ ތެރޭގައި، ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން "ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން" ޓްރެއިން އޮފް ޓެރެއިނާސް ސެޒޭޝަން ވޯކްޝޮޕެއް ބާއްވާ، ނ.އަތޮޅުގެ އެކި އިދާރާތަކުގެ އިސްބޭފުޅުންނަށް ދުންފަތުގެ ގާނޫނާއި ޤަވާއިދު ތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން ދުންފަތު އިސްތިޢުމާލު ކުރުމުގެ ނުރައްކަލާމެދު ބެލެނިވެރިން އަހުލުވެރިކުރުމަށް ސެޝަންއެއް ބާއްވާ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުވައިގެން ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި މަނަދޫގެ އެކިއެކި އިދާރާތައް ގުޅިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.