ބެނީ ގާންޓްޒް --- ފޮޓޯ: ނިރް އިލިޔާސް/ރޮއިޓާސް
ދުނިޔެ
10 Jun 2024 | 18:07
ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓުން ދެވަޒީރުންނާއި ސިފައިންގެ ބައެއް އިސްވެރިން ބަލި ޤަބޫލުކޮށް އިސްތިއުފާ ދީފި

އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓުން ދެވަޒީރުން، ހަނގުރާމައިގައި ބަލިވަމުންދާކަމަށް ބުނެ ކެބިނެޓުން އިސްތިއުފާ ދީފިއެވެ. 

ހަނގުރާމައިގައި ނަތަންޔާހޫ ގެންގުޅެމުންދާ ސިޔާސަތުތަކާ ނުރުހުންވެ އިސްތިއުފާ ދީފައިވަނީ، ވަޒީރު، ބެނީ ގާންޓްޒް އާއި ގާދީ އައިސެންކޮޓް އެވެ.

އިސްރާއީލުން، ފަލަޞްޠީނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައާ ގުޅިގެން، ނަތަންޔާހޫ އެކުލަވާލި ހަނގުރާމަ ކެބިނެޓުގެ އިސް މެންބަރެއް ކަމަށް ވާ ބެނީ ގާންޓްޒް އިސްތިއުފާ ދީފައިވަނީ، ޤައުމުގެ ރައްކާތެރިކަމަށް ވުރެ ސިޔާސީ ނިޒާމަށް ނަތަންޔާހޫ އިސްކަންދޭކަމަށް ބުނެ ނުރުހުންފާޅުކުރުމާ އެކުއެވެ. އޭނާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އިސްތިއުފާ ދޭން ނިންމީ، ހަނގުރާމަ މެދުކަނޑާލުމަށް، ނަތަންޔާހޫ ދެކޮޅުހަދަމުންދާތީއާއި، ހަނގުރާމައަށް ރަނގަޅު ރޭވުމެއް އެކުލަވާލަން ނަތަންޔާހޫ ނުކުޅެދުމުގެ ސަބަބުން ކަމަށެވެ. 

"ހަގީގީ ކާމިޔާބީއާ ދިމާއަށް ކުރިއަށް ދިއުމަށް ނަތަންޔާހޫ ހުރަސްއަޅަނީ. އެހެންވެ މިއަދު ކުއްލި ސަރުކާރު ދޫކޮށް މިދަނީ، ބަރު ހިތަކާއެކު އެކަމަކު ފުރިހަމަ އިތުބާރާއެކު،"

ޓީވީއަށް ދިން ބަޔާނުގައި، ބެނީ ގާންޓްޒް ބުންޏެވެ.

މީގެ އިތުރުން ބެނީ ގާންޓްޒް ވަނީ، ހަނގުރާމައިގެ ސަބަބުން ނުބޭއްވިފައި އޮތް އެ ޤައުމުގެ ރިޔާސީ އިންތިޚާބު އަވަސް ތާރީޚެއްގައި ބޭއްވުމަށްވެސް ގޮވާލާފައެވެ. 

“ރައްޔިތުންގެ އިތުބާރު ހޯދައި، ގޮންޖެހުންތަކާ ކުރިމަތިލާން ކުޅަދާނަ ސަރުކާރެއް އެންމެ ފަހުން ގާއިމްކުރެވޭނެ އިންތިހާބުތަކެއް އޮންނަން ޖެހޭނެ. އަޅުގަނޑު ގޮވާލަން ނަތަންޔާހޫއަށް: އެއްބަސްވެފައިވާ އިންތިޚާބުގެ ތާރީހެއް ކަނޑައަޅާ.”

ބެނީ ގާންޓްޒް ބުންޏެވެ.

ބެނީ ގާންޓްޒްއަކީ، ސިޔާސީގޮތުން، ނަތަންޔާހޫއާ ވާދަކުރާ އިދިކޮޅު އިސް ކެނޑިޑޭޓެވެ. ހަނގުރާމަ ފެށުމަށްފަހު، ހަނގުރާމަ ކެބިނެޓު އެކުލަވާލާ، މިދެމީހުން އެއްގަލަކަށް އެރި ނަމަވެސް، ނަތަންޔާހޫގެ ސިޔާސަތުތަކަށް ފާޑުކިޔާ ބެނީ ވަނީ ކުރިންވެސް އިސްތިއުފާ ދޭނެ ކަމަށް އިޝާރާތް ކޮށްފައެވެ. 

މީގެ އިތުރުން ބެނީ ގާންޓްސް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް އަށް "ރަނގަޅު ނިންމުން" ނިންމަން  ގޮވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ބެނީ ގާންޓްޒްގެ އިތުރުން، އިސްތިއުފާދިން އައިސެންކޮޓަކީ، އިސްރާއިލީ ޑިފެންސް ފޯސެސް (އައިޑީއެފް) ގެ ކުރީގެ ޗީފެވެ. އޭނާ ނަތަންޔާހޫއަށް ފޮނުވި، އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ ހަނގުރާމައިގައި، އެމީހުން ބޭނުންވާ ނަތީޖާތައް ނެރުމަށް އެތައް މަސައްކަތްތަކެއް ކުރި ނަމަވެސް، ކެބިނެޓުން ނިންމަމުން ދާ ނިންމުންތައް ދަނީ، އެ ނެތީޖާތައް ނެރުމަށް ހުރަސްއަޅަމުން ކަމަށެވެ.

"ބޭރުގެ ވިސްނުންތަކާއި ސިޔާސީ ކަންތައްތައް މަޝްވަރާތަކުގެ ތެރެއަށް ވަދެގެން ދިޔަ... އެހެންވީމާ، މިއޮތީ އަޅުގަނޑުމެން ސަރުކާރު ދޫކޮށް ދާންވީ ވަގުތު ޖެހިފަ"

އައިސެންކޮޓު ބުންޏެވެ.

އިސްރާއީލުގެ މި އިސްވެރިން އިސްތިއުފާ ދީފައިވަނީ، މިދިޔަ ހަފްތާ ބަންދުގައި، އިސްރާއީލުން ނުޞައިރާތު ރެފިއުޖީ ކޭމްޕުގައި ބޮޑު ޤަޠުލުޢާންމެއް ހިންގުމަށް ފަހު، 4 އަސީރުން އެނބުރި އިސްރާއީލަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. މި 4 މީހުން ސަލާމަތް ކުރުމުގެ ނަމުގައި އިސްރާއީލުން ވަނީ، މަދުވެގެން 200 މީހުން ޝަހީދުކޮށްލާފައެވެ. އަދި މި ލޭއޮހޮރުވުމުގައި އިސްރާއީލުގެ 3 އަސީރުންވެސް މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. 

އިސްރާއީލުން ފަލަޞްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހަމައެކަނި ޣައްޒާއިން ވަނީ 37,124 މީހުން ޝަހީދުވެފައެވެ. މީގެ ތެރޭގައި 15,000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ޙަމަލާ ތަކުގައި، ޣައްޒާއިން 84,712 މީހުން ޒަޚަމް ވެފައިވާއިރު، ގެއްލިފައިވާ މީހުންގެ ޢަދަދު ވަނީ 10،000 އިން މައްޗަށް ގޮސްފައެވެ. 

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަށް ފަހު، ހިފާފައިވާ ހުޅަނގު އައްސޭރިން ވަނީ، 134 ކުޑަކުދިން ހިމެނޭހެން 534 މީހުން ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުން ދިން ޙަމަލާތަކުގައި އެކި ވަރުގެ އަނިޔާތައް ލިބި ހުޅަނގު އައްސޭރިން ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 5,000 އިން މައްޗަށް ގޮސްފައެވެ.

ކޮމެންޓް
އަފީފާ
އަވަސް ގޮތަކަށް ތިބައިގަނޱު ބަލިކުރައްވަައި ދެއްވާ ދެވެ. އާމީން .
10 Jun 2024
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.