އީފާސް ---
ހަބަރު
10 Jun 2024 | 22:23
އީފާސްގެ "ފޭސް ވެރިފިކޭޝަން"ގެ ވެންޑާކަން އިޒްރޭލު ކުންފުނި އަތުން ނަގަނީ

އީފާސްގެ "ފޭސް ވެރިފިކޭޝަން"ގެ ވެންޑާއަކީ އިޒްރޭކު ކުންފުންޏަކަށްވާތީ، އެ ކުންފުނީގެ ބަދަލުގައި، އެހެން ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އީފާސްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީފާސްގައި ބޭނުންކުރަމުން އަންނަ ފޭސް ވެރިފިކޭޝަންގެ ވެންޑަރ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ, އީފާސްގެ ފޭސް ވެރިފިކޭޝަންގެ ޚިދުމަތް މެދުކެނޑިފައިވާކަމަށެވެ.

އެހެންކަމުން، އީފާސް ވެރިފައިކުރައްވަން ބޭނުންވާ ފަރާތްތަކުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް އީމެއިލްކުރެއްވުމަށްވެސް ވަނީ އީފާސް އިން ވަނީ އެދިފައެވެ.

އީފާސްގެ ފޭސް ރިކޮގްނިޝަން ޚިދުމަތް ބަލަހައްޓަމުން އައިސްފައިވަނީ "ސަމްސަބް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުންޏަކީ، އިނގިރޭސިވިލާތުގައި ރަޖިސްޓްރީ ކޮށްފައި އޮންނަ އިޒްރޭލު ބަޔަކު ހިންގާ ކުންފުންޏެކެވެ. އެ ކުންފުނީގެ ފައުންޑަރުންނާއި ސީއީއޯއަކީ ވެސް އިޒްރޭލުގެ މީހުންނެވެ.

އީފާހަކީ ދައުލަތުގެ ގިނަ މުވައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ އެޕްލިކޭޝަނަކަށް ވުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފޮޓޯއާއި ޒާތީ މަޢުލޫމާތު އިޒްރޭލު ކުންފުންޏަކަށް ބޭނުންކުރެވޭނެ ފުރުސަތު އޮތުމުން ގިނަބަޔަކު ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

އިޒްރޭލު ކުންފުނީގެ ބަދަލުގައި، ވެންޑާ އަކަށް ހަމަޖައްސާނެ ކުންފުންޏެއް، ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ. 

ނަމަވެސް، މި ވަގުތަށް އީފާސް ވެރިފައި ކުރުން މެދުކެނޑުނަ ނުދިނުމަށް، އީފާސް ވެރިފައިކުރަން ބޭނުންވާ މީހުންނަށް އީފާސްގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އިން އައިޑީކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރެއް [email protected] އަށް އީމެއިލްކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް އީފާސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް
އާދަމް
އެއްވެސް އިރެއްގައި އިޒުރޭލު ކުންފުންޏަކަށްމިވަރުގެ މުހިއްމު ކަމެއް ހަވާލު ކުރެވިފައި ވާކަމީ ހިތާމަ ކުރާކަމެކެވެ.
10 Jun 2024
ދުސްތޫރީ
ޕްރޮފެސަރ ޙަސަން އުގައިލާއި ހަވާލުކުރަން ފެނޭ.
11 Jun 2024
ގުޅޭ ލިޔުންތައް
01 Jul 2026
ވޯލްޑްކަޕްގެ ޚަބަރުތައް ގެނެސްދިނުމުގައި އަޚްލާޤީ މިންގަނޑުތަކަށް ސަމާލުވުމަށް
ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، މެޗުތައް ބްރޯޑްކާސްޓްކުރުމާއި ޚަބަރު ފެތުރުމުގައި އަޚްލާޤީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
01 Jul 2026
ސައުދީއަށް ޖީ20 ތެރެއިން ރައްކާތެރިކަން އެއްވަނަ
ސަޢޫދީ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތައް ބިނާވެފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އިންޑިކޭޓާ ޑޭޓާބޭހުގެ މައްޗަށެވެ. ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ އާބާދީގެ 97.7 އިންސައްތަ މީހުން ރޭގަނޑު އެކަނި އެ މީހުންގެ އަވައްޓެރި ސަރަހައްދުތަކުގައި ހިނގާފައި އުޅެން ރައްކާތެރި ކަމަށް ދެކެއެވެ.
01 Jul 2026
އެމްބާޕޭގެ މޮޅު ކުޅުމާއެކު ފްރާންސް ގަދަ 16 ޓީމްގެ ތެރެއަ
01 Jul 2026
އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭ ގަދަ 16 އަށް
މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ނޯވޭ ހޯދާފައި ވަނީ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނުމެޗް 2-1 ގެނަތީޖާއިން ކާމިޔާބުކޮށްގެންނެވެ
30 Jun 2026
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.