ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު --- ފޮޓޯ: ވޮއިސް
13 Jun 2024 | 19:36
ކައުންސިލްގެ އާ އިމާރާތްތައް އަޅާ 50 ރަށް އިއުލާންކޮށްފި

ކައުންސިލްގެ އާ ޢިމާރާތްތައް އަޅާ 50 ރަށް އިއުލާންކޮށްފި އެވެ.

ކައުންސިލްގެ އާ ޢިމާރާތްތައް އަޅާ 50 ރަށް އިއުލާނު ކުރެއްވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބެލިބެލުމުގައި 100 އަށް ވުރެ ގިނަ ރަށްރަށަށް ކައުންސިލްގެ އާ ޢީމާރާތް ބޭނުންވާ ކަމަށެވެ.

ނަމަވެސް، މި ވަގުތު އިސްކަންދޭނީ އެންމެ ބޮޑަށް އާ ޢިމާރާތެއް ބޭނުންވެފައިވާ ރަށްރަށަށް ކަމަށެވެ. އަދި އެ ރަށްތައް ކަނޑައެޅީ ވަރަށް ގިނަ ކަންކަމަށް ރިޢާޔަތްކުރުމަށް ފަހުގައި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކައުންސިލްގެ އާ އިމާރާތްތައް އެޅުމަށް ދައުލަތުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ބަޖެޓުކޮށްފައިވާ ރަށްތައް މިއަދު އިޢުލާނު ކުރި ލިސްޓުގައި ނުހިމެނޭނެ އެވެ. އެހެންނަމަވެސް، ބަޖެޓުގައި އޮތް ގޮތަށް އެ ރަށްތަކުގެ ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކައުންސިލް އިދާރާ އަޅަން ސަރުކާރުން ކަނޑައެޅި 50 ރަށަކީ: 

ހއ. ވަށަފަރު، ހއ. އިހަވަންދޫ، ހއ. ދިއްދޫ،

ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ،

ށ. ފޭދޫ، ށ. ކޮމަންޑޫ، ށ. ގޮއިދޫ، ށ. ނަރުދޫ،

ނ. ހެނބަދޫ، ނ. ޅޮހި، ނ. ފޮއްދޫ، ނ. މަނަދޫ، ނ. މަގޫދޫ، ނ. ލަންދޫ،

ރ. ވާދޫ، ރ. ހުޅުދުއްފާރު،

ބ. ކަމަދޫ، ބ. ކުޑަރިކިލު، ބ. ފެހެންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ކިހާދޫ،

ޅ. ކުރެންދޫ،

ކ. ހިންމަފުށީ، ކ. ކާށިދޫ، ކ. ގާފަރު، ކ. ގުރައިދޫ، ކ. ތުލުސްދޫ،

އދ. ކުނބުރުދޫ، އދ. މަހިބަދޫ، އދ. ފެންފުށި،

މ. މުލައް، މ. ދިއްގަރު، މ. މުލި،

ފ. ފީއަލި،

ދ. ހުޅުދެލި، ދ. ބަނޑިދޫ،

ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. ބުރުނި، ތ. ގުރައިދޫ، ތ. ވޭމަންޑޫ،

ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. މާވަށް،

ގއ. މާމެންދޫ، ގއ. ނިލަންދޫ

ގދ. މަޑަވެލި

ކައުންސިލް ތަކުގެ އައު ޢިމާރާތް އެޅުމުގެ މި މަޝްރޫޢަކީ ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢެކެވެ. މި ހުރިހާ ރަށެއްގައި ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވަނީ އެއްކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.