ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
10 Jun 2024 | 20:30
"ބިންވެރިޔާ ސްކީމް" ގެ ދަށުން ހިލޭ ބިން ދޫކުރުމުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުން

"ބިންވެރިޔާ ސްކީމް" ގެ ދަށުން ހިލޭ ބިން ދޫކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާކަން، އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުން ހާމަވިގޮތުގައި، އެޗްޑީސީން ފޯރުކޮށްދީފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން މި ބިންތައް ދޫކުރުމުން ލިބޭނެ ކަމަށް ލަފާކުރެވޭ ގެއްލުމަކީ 7.2 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. 

މި ގެއްލުމުގެ ތެރެއިން 7.7 ބިލިއަން ރުފިޔާގެ ގެއްލުމަކީ ބިމުގެ އަގުން ލިބޭ ގެއްލުމެއްކަމަށާއި، އަދި، 3.3 ބިލިއަން ރުފިޔާގެ ގެއްލުމަކީ އެ ބިމުން ހޯދޭނެ އާމްދަނީ ނުހޯދޭނެތީ ލިބޭނެ ގެއްލުން ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

މި ގެއްލުންތަކަށް ބަދަލު ދިނުމުގެ ގޮތުން، ސަރުކާރުން ވަނީ، ގަލުފަޅާއި މާގިރިފަޅު އެޗްޑީސީއަށް ދީފައެވެ. އެ ދެ ފަޅުގެ، އަގަކީ 3.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 7.7 ބިލިއަން ރުފިޔާ ހަމަޖައްސަން ހައުސިން މިނިސްޓްރީއާ އެކު މަސައްކަތްކުރުމަށް އަންގައިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ބިން ވެރިޔާ ސްކީމުގެ ދަށުން ހިލޭ ބިން ދޫކުރަން ނިންމުމާ އެކު އެ ކަމާ ބައެއް ޢާންމުންނާއި ބައެއް ސިޔާސީ ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، ބޯހިޔާވަހި ކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި، ސަރުކާރުން އެ މަޝްރޫޢު ކުރިއަށް ގެންގޮސް، އެ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައެވެ.

ކޮމެންޓް
މުހައްމަދު
ރައްޔިތުންނަށް ގެއްލުންދީގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފިބާ؟!
11 Jun 2024
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.