ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު-- ފޮޓޯ: ނިއުސްއޭޝިއާ
ހަބަރު
10 Jun 2024 | 22:44
ޑިމޮކްރެޓްސް ޑރ.މުޢިއްޒަށް ތާޢީދު ކުރީ މި ދެކޭ ސުލްޙަވެރި އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނާތީ: ކުރީގެ ރައީސް ނަޝީދު

ޑިމޮކްރެޓްސް ޑރ.މުޢިއްޒަށް ތާޢީދު ކުރީ މި ދެކޭ ސުލްޙަވެރި އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނާތީ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދު، ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓް އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކޭ ގޮތުގައި ޑިމޮކްރެޓްސް ޑރ.މުޢިއްޒަށް ތާޢީދު ކުރީ މިއަދު މި ދެކޭ ސުލްޙަވެރި، ގުޅުން ރަނގަޅު، އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނަ ކަމުން ކަމަށެވެ.

އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ކޮންމެ އިންތިޚާބަކަށް ފަހު އަނެއްފުށަށް ޖެހޭ ކަމެއްގެ ގޮތުގައި އޮތުމުން ދިވެހިންނަށް ލިބޭ ގެއްލުން ބޮޑު ކަމަށްވެސް ރައީސް ނަޝީދު، ވިދާޅުވިއެވެ. 

ރައީސް ނަޝީދު، މިއަދު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ އެމަނިކުފާނުގެ ރަސްމީ އެކަނުންޓް އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދިވެހިރާާއްޖެއާ އިންޑިއާގެ ޚާރިޖީ ގުޅުން، ރަނގަޅު މަގަށް އެޅުވުމަށް ކެތްތެރިކަމާއި، ދުރުވިސްނުމާ އެކު މަސައްކަތްޕުޅު ކުރެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަރުޙަބާ ކިޔާކަމަށް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ 'އިންޑިއާ އައުޓް' ކެމްޕޭނުގެ ސަބަބުން، ރާއްޖެއާ އިންޑިއާގެ ގުޅުމަށް ބުރޫ އަރާފައި އޮތުމަށް ފަހު، އެ ގުޅުން އިޢާދަ ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން، ބަދަހިކޮށް، ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ދާދި ފަހުން އިންޑިއާއަށް ވަޑައިގެން، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ބައްދަލުވުންތައް ބޭއްވި އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އައު ދަޢުރަކަށް ހޮވިވަޑައިގަތުމުން، އެ މަނިކުފާނު ހުވާ ކުރާ ރަސްމިއްޔާތަށް ވަޑައިގަތުމަށް، މޯދީ ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރައްވާ، ރައީސް ޑރ. މުޢިއްޒު މި ވަގުތު ހުންނެވީ އިންޑިއާގައި ކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މި ދަތުރުފުޅުގައި، ރައީސް ޑރ. މުޢިއްޒު ވަނީ، ބޮޑުވަޒީރު މޯދީ ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވަޑައިގަންނަވާ، އަދި، އިންޑިއާގެ ރައީސާއާވެސް ބައްދަލުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.