މޯލްޑިވްސް ކަސްޓަމްސް ސާވިސް ހެޑް އޮފީސް -- ފޮޓޯ: ސޯޝަލް މީޑީއާ
ހަބަރު
15 Jun 2024 | 17:57
ޓިޝޫ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރި މައްސަލައެއް

ޓިޝޫކަމަށް ބުނެ ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއި އަތުލައިގެންފިއެވެ.

މިއަދު ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޅުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދެއްގެ ސިނގިރޭޓު އަތުލައިގެންފައިވަނީ މި މަހުގެ 13 ވަނަ ދުވަހުކަމަށެވެ. އަތުލައިގަން ޝިޕްމަންޓަކީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ރާއްޖެ ގެނައި ޝިޕްމަންޓެއް ކަމަށާއި، އެ ޝިޕްމަންޓްގައި ޑިކްލެއަރ ކޮށްފައިވަނީ 343 ކަރޓަން ޓިޝޫ ޕޭޕަރ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަށް ރިއާޔަތްކޮށް ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށްގެންދިޔައިރު މި މަހުގެ 13 ވަނަ ދުވަހު، އެ ޝިޕްމަންޓް ބަލައި ފާސްކޮށްފައިވަނީ ޝައްކު އުފެދޭ ކަންކަން ހުރިކަމަށް ދުރާލައި ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ކަސްޓަމްސްގެ ކަމާގުޅޭ އެކި ސެކްޝަންތައް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނުގައި ޝިޕްމަންޓުގައި ހިމެނޭ މުދާ ބަލައި ފާސްކުރިއިރު 143 ކަރޓަންގެ ޓިޝޫއާއެކު 200 މާސްޓަރ ކަރޓަންގެ ސިނގިރޭޓުވެސް ފެނިފައިވާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. އަދި ޖުމްލަ އަތުލައިގަތް ސިނގިރޭޓުގެ އަދަދު 3،199،200 އަށް އަރާކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި ޝިޕްމަންޓުގައި ހިމެނޭ މުދާ ކަސްޓަމަސްއިން ހިފަހައްޓާފައިވާއިރު ރާއްޖެއަށް މި މައްސަލަ ތަޙްޤީގުކުރަމުން ދަނީ ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ގޮތުގައެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލާ ގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސް ނުޖެހޭނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.