ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ ޣައްޒާގެ ކުޑަކުދިންތަކެއް-- ފޮޓޯ: އަލްޖަޒީރާ
ހަބަރު
12 Jun 2024 | 18:33
އދ. އިން ކުރި މިނިވަން ތަޙްޤީޤު: އިޒްރޭލު، ކުށްވެރިކުރެވޭ އެތައް ޖަރީމާތަކެއް

އދ. އިން ކުރި މިނިވަން ތަޙްޤީޤުން، އިޒްރޭލުގެ މައްޗަށް، ފަލަޞްޠީނުގައި ބޮޑެތި އެތައް ޖަރީމާތަކެއް ހިންގުމުގެ ކުށް ސާބިތުވާކަމަށް އދ. އިން ބުނެފިއެވެ.

ފަލަޞްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް، މިނިވަން ދެ ފަރާތަކުން ތަޙްޤީގު ކުރުމަށްފަހު، މިއަދު ނެރުނު ރިޕޯޓުގައި ވަނީ އިޒްރޭލު، އެތައް ގޮތަކުން ކުށްވެރިވާކަމަށް ބުނެފައެވެ.

އެގޮތުން، ހަމައެކަނި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، އެ އަހަރު ނިމުމާ ހަމައަށް، އަލިއަޅުވާލާފައިވާ މި ރިޕޯޓުގައި ވަނީ، އެ 12 ހަފްތާގެ ތެރޭގައި މީހުން މެރުމާއި، ޖިންސީ އަނިޔާ ކުރުމާއި، ގަދަ ކަމުން މީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުވުމާއި، ގަސްތުގައި އަނިޔާ ކުރުން، އަދި މުޖުތަމަޢެއް ނައްތާލަން މަސައްކަތް ކުރުން ފަދަ އެތައް ޖަރީމާ ތަކެއް ހިންގި ކަން ސާބިތުކަމަށް، ބުނެފައެވެ.

މި ރިޕޯޓާ ގުޅިގެން، އދ. ގެ ކޮމިޝަން އޮފް އިންްކުއަރީ (ސީއޯއައި) އިން، ބުނެފައިވަނީ، އިޒްރޭލުން، ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ހަނގުރާމައަށް ނިމުމެއް ގެނެވޭނީ، ޙައްޤު އަދަބު ދެވުމުން ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން، އދ. އިން މިނިވަން ތަޙްޤީގު ކުރިއަށް ގެންދިޔަ އިރު، އެމީހުންގެ ތަޙްޤީގަށް އިޒްރޭލުން ހުރަސް އަޅަމުންދިޔަ ކަމަށްވެސް ސީއޯއައި އިން ވަނީ ބުނެފައެވެ. އެގޮތުން، އިޒްރޭލާއި ފަލަޞްޠީނުގައި ހަރަކާތްތެރިވުމަށްވެސް އިޒްރޭލުން ހުރަސް އަޅަމުން ދާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. 

އދ. އިން މިއަދު ނެރުނު ރިޕޯޓާ ގުޅިގެން އިޒްރޭލުން ވަނީ، ރިޕޯޓާމެދު ނުރުހުން ފާޅުކޮށް، އެއީ ސީދާ އިޒްރޭލާ ދެކޮޅަށް އދ. ގެ ކޮމިޝަނުން ނެރުނު ރިޕޯޓެއް ކަމަށް ބުނެފައެވެ. އދ. ރިޕޯޓުގައި، ޙަމާސް ވެސް ކުށްވެރިކޮށްފައިވާއިރު، މި ރިޕޯޓާ ގުޅިގެން، ޙަމާސްއިން އަދި ބަހެއް ބުނެފައެއް ނުވެއެވެ. 

ޣައްޒާގެ މައުޞޫމް ކުޑަކުދިންނާއި މެދު ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލް، އދ އިން ވަނީ މީގެ ކުރިން ބްލެކް ލިސްޓްވެސް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

އިސްރާއީލުން ފަލަޞްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހަމައެކަނި ޣައްޒާއިން ވަނީ 37,202 މީހުން ޝަހީދުވެފައެވެ. މީގެ ތެރޭގައި 15,000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ޙަމަލާ ތަކުގައި، ޣައްޒާއިން 84,932 މީހުން ޒަޚަމް ވެފައިވާއިރު، ގެއްލިފައިވާ މީހުންގެ ޢަދަދު ވަނީ 10،000 އިން މައްޗަށް ގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.