ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
04 Jun 2024
ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ގއ.ގެމަނަފުށީގައި ބާއްވައިފި
ފަލަޞްޠީނާއެކު ގެމަނަފުށި ތިބިކަން އަދި ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ބާއްވާފައި ވަނީ މިއަދު ހަވީރުއެވެ. މި ހިނގާލުމުގައި ގެމަނަފުށީގެ ކުދިބޮޑު އެންމެން ބައިވެރިވެފައިވެއެވެ.
04 Jun 2024
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާހުކޮށްފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާހުކޮށްފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، "ނިޔާވެހި" ނިއުސްލެޓަރއަކީ އިޖުތިމާއީ ޚިދުމަތުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަށް އަމާޒުކޮށް ނެރެންފެށާ ނިއުސްލެޓަރއެކެވެ. މިއީ ޕީޖީ އޮފީހުން ނެރެން ފެށި ދެވަނަ ނިއުސްލެޓަރއެވެ.
04 Jun 2024
ފަރުމާކުރަން ޢިއުލާންކުރި ސުވެނިއަރތަކަކީ މެންބަރުންގެ ބޭނުމަށް ހަދާ ތަކެއްޗެއް ނޫން: މަޖިލިސް
މިއަދު މީޑިއާއެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކަށް ރައްދުދީ މަޖިލިސް އިދާރާއިން ބުނެފައިވަނީ، ސުވެނިއަރ ތަކަކީ، ސުވެނިއަރ ޝޮޕަށް ޒިޔާރާތްކުރާ ޢާންމުންގެ ތެރެއިން އެތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ގަތުމަށް ބަހައްޓާފައި ހުންނަ ތަކެތި ކަމަށެވެ.
04 Jun 2024
މަޖީދިއްޔާ ސްކޫލުގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވުމުން، އެހެން ދަރިވަރުން ޓެސްޓު ކުރަނީ
ތަޢުލީމީ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި، މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ވަނީ ޓީބީއަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް އެ ވުޒާރާއިން ޢަމަލު ކުރަމުން ދާ ކަމަށާއި، ޓީބީއަށް ޕޮޒިޓިވް ވި ދަރިވަރުންގެ ކަންކަން ގާތުން ބަލަމުން ދާ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން މައުލޫމާތު ދިނެވެ.
04 Jun 2024
ބްރިޖު މަޝްރޫޢު މިހާރު ކުރިއަށްދާގޮތުން ސްޕީޑް އިތުރަށް އަވަސްވާނެ - ޑރ. މުއްޠަލިބު
ބްރިޖު މަޝްރޫޢު މިހާރު ކުރިއަށްދާގޮތުން ސްޕީޑް އިތުރަށްވެސް އަވަސްވާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އަދި މަޝްރޫޢޫގެ މަސައްކަތްތައް ކުރިއަށް ދާ ބާރު މިނާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އިންޑިއާ ސަރުކާރާއި އެމްބަސީއާ ގުޅިގެން ރަނގަޅަށް މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
03 Jun 2024
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރަކަށް މުހައްމަދު އިސްމާއިލް
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުޤައްރިރަކަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް އިންތިޚާބުވެއްޖެއެވެ. އެ ކޮމެޓީގެ ނައިބު މުޤައްރިރަކަށް ހަމަޖައްސާފައިވަނީ ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރު އެވެ.
03 Jun 2024
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ތިލަމާލެ ބްރިޖު މަޝްރޫޢުގެ ސައިޓަށް ޒިޔާރާތްކުރައްވައިފި
މިއަދު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އެ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް ވަނީ ތިލަ މާލެ ބްރިޖު މަޝްރޫޢުގެ ސައިޓަށް ޒިޔާރާތް ކުރައްވާފައެވެ. މި ޒިޔާރާތުގައި، ތިލަ މާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތް ހިނގަމުން ދާ ގޮތާއި ނިމިފައި ހުރި މަރުޙަލާތައް ބެއްލެވުމަށްޓަކައި، ވަޒީރާއި ސަފީރާއެކު، ހައި ކޮމިޝަނުގެ އިސް ބޭފުޅުންނާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިސްވެރީން، އަދި ޓެކްނިކަލް ޓީމެއްވެސް ބައިވެރިވެލެއްވިއެވެ.
03 Jun 2024
ބައި-އިލެކްޝަންތަކާ ގުޅޭ ގޮތުން ޝަކުވާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި
އީސީއިން ހާމަ ކުރެއްވި ގޮތުގައި ޖުލައި 20 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންތަކާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
03 Jun 2024
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހެޅި ބިލު މާދަމާއަށް އެޖެންޑާކޮށްފި
އިޒްރޭލުން ފަލަޞްޠީނުގައި ހިންގަމުންދާ ޤަޠުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ޤާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. އެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ އިއްވުމަށް ތާޥަލުކުރެވިފައިވާއިރު، ބަހުސް މަރުހަލާ އޮންނާނީ ތިން ދުވަސް ފަހުންނެވެ.
03 Jun 2024
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމަށް ރައީސް މައުމޫންވެސް ތަޢުރީފް ކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ. ސަރުކާރުގެ މި ނިންމުމަށް ތަޢުރީފް ކުރައްވާ މައުމޫން ވަނީ، އެކްސްގައި ޕޯސްޓެއް ކުރައްވާ، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް ނިންމި ނިންމުން، އެހެން ދިވެހިންނެކޭ އެއްގޮތަށް އެމަނިކުފާނު ވެސް ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވެފައެވެ.
03 Jun 2024
ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހުސްނީ، ނައިބަކަށް ޑރ. އާނާރާ
ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ޙުސްނީ މުބާރަކް އަދި ނައިބު މުޤައްރިރަކަށް ޑރ. އާނާރާ ނައީމް އިންތިޚާބުވެއްޖެއެވެ. އެ ކޮމިޓީގެ މުޤައްރިރަކަށް ޙުސްނީގެ ނަން ހުށަހެޅުއްވީ، މިއަދު ކުރިއަށް ދިޔަ ޖުޑިޝަރީ ކޮމިޓީގެ ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އަދި މި ހުށަހެޅުމަށް ތާޢީދު ކުރެއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.
03 Jun 2024
އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރަކަށް ފަޒާދު، ނައިބަކަށް ސައުދުﷲ
ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު އިންތިޚާބު ވެއްޖެއެވެ. މިހާރު ކުރިއަށް ދާ ވިހިވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ އިޤްތިޞާދީ ކޮމިޓީގެ މުގައްރިރަކަށް ފަޒާދު އިންތިޚާބުކުރިއިރު، ނައިބު މުގައްރިރަކަށް އިންތިޚާބުކޮށްފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.
03 Jun 2024
ވަޒީރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ފުރާވަޑައިގެންފި
ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންނެވީ ސްރީލަންކާ ގެ ޚާރިޖީ ވަޒީރު އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށެވެ. ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއްވި ގޮތުގައި، މި ދަތުރުފުޅަކީ މިއަދުން ފެށިގެން ޖޫން މަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށް، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އަށް ކުރައްވާ ދަތުރުފުޅެކެވެ.
02 Jun 2024
ރާއްޖެއިން އިޒުރޭލު ޕާސްޕޯޓް މަނާކުރަން އުޅޭ ޚަބަރު ދުނިޔޭގެ ސަމާލުކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވީ އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ވަރަށް އަވަހަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. މި ކަން އިޢުލާން ކުރެއްވުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ޚަބަރު ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައެވެ. އެގޮތުން 'ދަ މިޑްލް އީސްޓް އައި' އާއި އިންޑިއާ ޓުޑޭ އަދި އެސޯސިއޭޓު ޕްރެސް (އޭޕީ) އިން ވެސް އެ ޚަބަރު ވަނީ ގެނެސް ދީފައެވެ.
02 Jun 2024
މެލޭޝިޔާގެ ދިފާޢީ ވަޒީރާ، ރާއްޖޭގެ ދިފާޢީ ވަޒީރު ޣައްސާން ބައްދަލުކުރައްވައިފި
މިއަދު ރާއްޖޭގެ ދިފާޢީ ވަޒީރު ޣައްސާން، މެލޭޝިޔާގެ ދިފާޢީ ވަޒީރު މުޙައްމަދު ޚާލިދު ބިން ނޫރައްދީންއާ ބައްދަލުކުރެއްވީ، ދުނިޔޭގެ އެކި ގައުމުތަކުގެ ދިފާޢީ ވަޒީރުންނާއި މިލިޓަރީގެ ޗީފުންނަށް ޚާއްސަކޮށް ކޮންމެ އަހަރަކު ވެސް ސިންގަޕޫރުގައި ބާއްވާ ޝަންގްރިއްލާ ޑައިލޮގްގެ މިއަހަރުގެ ބައްދަލުވުމުގެ ތެރެއިންނެވެ.
02 Jun 2024
މިޔަރެއް ދިން ހަމަލާއެއްގައި ސިފައިންގެ ޒުވާނަކު ނިޔާވެއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން ސިފައިންގެ އޮފިސަރަކަށް މިޔަރެއްގެ ހަމަލާއެއްގައި އަނިޔާވެ، ނިޔާވެއްޖެއެވެ.
02 Jun 2024
ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއެކު، މަސްވެރިކަމާބެހޭ ވުޒާރާއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ޗައިނާގެ ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވަޑައިގަތީ، ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއުއެވެ. އަދި، ޝަންހާއީ އޯޝަން ޔުނިވަރސިޓީގެ ފަރާތުން ޔުނިވަރސިޓީގެ ޗެއަރމަން، ވަންގް ހޮންޒޫއާއި، ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
02 Jun 2024
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަން އުވާލައިފި
މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން (މަރު ކޮމިޝަން) އުވާަލައިފިއެވެ. މި ކޮމިޝަން އުވާލި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
02 Jun 2024
"ފަލަޞްޠީނާއެކު ދިވެހިން"ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބާއްވަނީ
"ފަލަސްޠީނާއިއެކު ދިވެހިން" ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. މި ހިނގާލުން ބާއްވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. މުޅި ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ މި ހިނގާލުން ކުރިއަށް ގެންދާނީ ސަރުކާރުގެ އިސްނެގުމުގެ މަތިން، ސަރުކާރުގެ އެކިއެކި މުވައްސަސާތަކާ ގުޅިގެންނެވެ.
02 Jun 2024
ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި
މިއަދު ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ކޯހަކީ ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް، ނޫސްވެރިކަމުގެ ދަޢުރު ވިސްނިފައި އޮތުމާއި މިދާއިރާގެ ތަޖުރިބާއަކީ މުހިންމު ކަމެއް ކަމަށް ވާތީ، އެ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ނޫސްވެރިކަމުގެ ތަމްރީނުދިނުމުގެ ކޯހެކެވެ.
30 May 2024
ހަ މަސްދުވަހުގެ ތެރޭގައި ސޮވެރިން ފަންޑު، 30 މިލިއަނުން 700 މިލިއަން ރުފިޔާއަށް
ވޭތުވެ ދިޔަ ހަ މަސްދުވަހު ކުރެވުނު މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު މާލީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ ސޮވެރިން ފަންޑު 2 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށެވެ.
30 May 2024
މި އަހަރުގެ ސިވިލް ސަރވިސް ކޮންފަރެންސް، ޖޫން މަހު 9 - 10 ގައި ބާއްވަނީ
މިއަދު ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ޖޫން މަހު 9 އިން 10 އަށް ދަރުބާރު ގޭގައި ސިވިލް ސަރވިސް ކޮންފެރެންސް ކުރިއަށް ދާނެއެވެ. މި އަހަރު ސިވިލް ސަރވިސް ކޮންފެރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ "ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް" ގެ ޝިޢާރުގެ ދަށުންނެވެ.
30 May 2024
މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން ޖުލައި މަހުގެ 20 ވަނަ ދުވަހަށް ތާވަލުކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރެއްވި ގޮތުގައި، މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނި ހަމަޖެހިފައެވެ. މާލެ ސިޓީ ކައުންސިލުން ހުސްވެފައިވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އަދި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ. އެވެ. އެ ގޮނޑިތައް ހުސްވެފައިވަނީ، އެ ދާއިރާތަކުގެ ކައުންސިލަރުން، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ އެ ބޭފުޅުންގެ ދައުރު، މިދިޔަ އަންގާރަ ދުވަހު ފެށުމުންނެވެ.
30 May 2024
މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 879,885 އަށް އަރައިފި
މިއަދު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ 879،885 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މި އަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. މި އަހަރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ޤައުމެއްގެ ގޮތުގައި ރަޝިޔާ އޮތް އިރު، ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.
30 May 2024
ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި އަންހެންމީހާއަށް ހޮސްޕިޓަލްގައި ފަރުވާދެނީ!
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހަވީރު 16:40 ހާއިރު ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މި އެކްސިޑޭންޓު ހިނގާފައިވަނީ ހުޅުމާލޭ ރީތިގަސް މަގު، ކަަރެކްޝަނަލްސަރވިސް ކައިރީގައެވެ.
30 May 2024
ޙައްޖުވެރިން ފުރާ ވަގުތު ކާރުބާރު ބޮޑުވާނެކަމަށް ލަފާކޮށް، ސަމާލުވާން އެދިއްޖެ
ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން މިއަދު ހާމަކުރެއްވި ގޮތުގައި ގިނަ ޢަދަދެއްގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ އެެއަރޕޯޓުގައި ކާރުބާރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެހެންކަމުން ފުރުމަށް އެއަރޕޯޓަށް ދާ ބޭފުޅުން މިކަމަށް ސަމާލުވެލައްވައި، ފުރުމުގެ އިންތިޒާމުތައް ދުރާލާ ނިންމުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކުރައްވާފައިވާކަމަށް ޙައްޖު މިޝަނުން މައުލޫމާތުދެއެވެ.
30 May 2024
މަޑުޖެހިފައި އޮތް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ އެހެން ގޮތެއް ހޯދަނީ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން މިނިސްޓަރު މުއްޠަލިބާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފެށި ފަހުން އެކަމަށް ބޭނުންވާ ފައިސާ، އެ މަޝްރޫޢު ހަވާލުކުރި ކުންފުނި، ސީއެމްސީ އަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަލުން އެ މަޝްރޫއު އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
29 May 2024
ޑޮލަރު ގަތުމުގެ ނަމުގައި 4 މިލިއަން ރުފިޔާގެ ޚިޔާނާތް - ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ޑޮލަރެއްވެސް ނެތް!
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ، ޒީނާ ޒާހިރު ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން، ކުންފުނީގެ ބަޖެޓުން އަމިއްލަ ފަރާތަކާ މެދު ޝައްކުއުފެދޭ ފަދަ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން، ޑޮލަރު ގަތުމުގެ ނަމުގައި، އަމިއްލަ ފަރާތަކަށް ގިނަ ޢަދަދެއްގެ ފައިސާ ފޮނުވާފައިވާކަން ޒީނާ ހާމަކުރެއްވިއެވެ.
29 May 2024
މިރޭގެ މޫސުންވެސް ގޯސް: ހއ. އަތޮޅުން ލ. އަތޮޅަށް ހުދު ސަމާލު
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މިރޭގެ މޫސުންވެސް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މިރޭ ހއ. އަތޮޅުން ލ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ 18:30 އިން ފެށިގެން 00:30 އާ ހަމައަށެވެ.
29 May 2024
ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ 4 ވަނަ ކޮންފަރެންސް ދިޔައީ ވަރަށް ކާމިޔާބުކޮށް - ހީނާ
4 ވަނަ ސިޑްސް ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.