މަޖީދިއއޔާ ސުކޫލް - ފޮޓޯ: މަޖީދިއްޔާ ސުކޫލް
ހަބަރު
04 Jun 2024 | 17:07
މަޖީދިއްޔާ ސްކޫލުގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވުމުން، އެހެން ދަރިވަރުން ޓެސްޓު ކުރަނީ

މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރަކު ޓިއުބަރކިއުލޮސިސް (ޓީބީ) އަށް ޕޮޒިޓވިް ވުމުން، އެ ސްކޫލުގައި ކިޔަވާ އެހެން ދަރިވަރުން ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ތަޢުލީމީ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި، މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު  ވަނީ ޓީބީއަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް އެ ވުޒާރާއިން ޢަމަލު ކުރަމުން ދާ ކަމަށާއި، ޓީބީއަށް ޕޮޒިޓިވް ވި ދަރިވަރުންގެ ކަންކަން ގާތުން ބަލަމުން ދާ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން މައުލޫމާތު ދިނެވެ.

ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވުމާއެކު އެ ކްލާހުގެ އެހެން ދަރިވަރުން ޓެސްޓު ކުރަން ފަށާ، އަދި، ޓީބީ ޖެހުނު ކުއްޖާއާ ކޮންޓެކްޓު ވެފައި ތިބި މީހުން ދެނެގަނެ ޓެސްޓުކުރާނެ ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

ޓިއުބަރކިއުލޮސިސް އަކީ މަޔޮބެކްޓީރިއަމް ޓިއުބަރ ކިއުލޮސިސް ނަމަކަށް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޢާންމުކޮށް ޖެހެނީ ފުއްޕާމެޔަށެވެ. ނަމަވެސް ސިކުނޑިއާއި، ކިޑްނީ އަދި މައިބަދަ ފަދަހަށިގަނޑުގެ އެހެން ގުނަވަން ތަކަށްވެސް ޓީބީ ޖެހުމުގެ ފުރުސަތު އޮވެއެވެ.

ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިޔާ ސަރަހައްދަކީ ޓީބީގެ ކޭސްތައް ފެންމަތިވާ އިންސައްތަ މަތި ސަރަހައްދެކެވެ. އެގޮތުން ޓީބީ ޖެހިފައިވާ މީހުންގެ 40% އަށްވުރެ ގިނަ މީހުން ނިސްބަތްވަނީ މި ސަރަހައްދައްކަން ފާހަގަ ކޮށްލެވެއެވެ. ގައިން ގަޔަށް އަރާ މި ބައްޔަކީ، މަދުން ނަމަވެސް ރާއްޖެއިންވެސް ފެންނަ ބައްޔެކެވެ.

ސަރުކާރުން ވަނީ، 2025އާ ހަމައަށް ރާއްޖެ އިން ޓީބީ ނައްތާލުމަށް އަމާޒު ހިފާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ
01 Jul 2026
ދާރުލް އާސާރުގެ ބޮޑު މަރާމާތެއް މީގެ ކުރިން ކޮށްފައެއް ނެތް
ދާރުލްއާސާރު މަރާމާތުކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި، އެކަމަށް ޗައިނާ ސަރުކާރުގެ އެހީ ލިބިފައިވާ ކަމަށާ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
01 Jul 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ފިރުޒުލް އައްޔަނުކޮށްފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް، މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް އައްޔަނުކޮށްފިއެވެ.
01 Jul 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
މެންބަރު ވަނީ މިހާރު 8 ރުފިޔާ އަށް ހުރި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ހުށަހަޅައިފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކޮށް، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ.
01 Jul 2026
އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނަން
2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ ފަޒާގެ މަރުކަޒަށް ފީފާ ބޯޅައެއް ފޮނުވާފައެވެ. ނަމަވެސް، އެމެރިކާއިން މުބާރާތް ކާމިޔާބުކޮށްފިނަމަ، މީގެ ކުރިން ފުޓުބޯޅައެއް ނުފޮނުވާހާ ދުރަށް، އެބޯޅަ ހަނދަށް ފޮނުވާލާނެ ކަމަށް އައިސެކްމަން ވިދާޅުވިއެވެ.
01 Jul 2026
ފިލިޕްސް އޭސީ ޚާއްޞަ ޑިސްކައުންޓުގައި އެސްޓީއޯއިން
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާއެކު ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް އޭސީތައް ޚާއްޞަ ޕްރޮމޯޝަނާއެކު ވިއްކަން ފަށައިފައިވާއިރު ހަތަރު ސައިޒެއް ޑިސްކައުންޓް އަގުގައި ލިބެން ހުންނާނެއެވެ.
01 Jul 2026
މިނިވަން 60 ފާހަގަކުރަން 4.1 މިލިއަން ރުފިޔާ ޚަރަދުކުރި: ހީނާ
މިނިވަން 60 ފާހަގަކުރުމަށް ޘަޤާފަތާބެހޭ ވުޒާރާއިން 4.1 މިލިއަން ޚަރަދުކޮށްފައިވާ ކަމަށެވެ.