ރައްޔިތުންގެ މަޖިލިސް --- ފޮޓޯ: ވޮއިސް
ހަބަރު
04 Jun 2024 | 18:29
ފަރުމާކުރަން ޢިއުލާންކުރި ސުވެނިއަރތަކަކީ މެންބަރުންގެ ބޭނުމަށް ހަދާ ތަކެއްޗެއް ނޫން: މަޖިލިސް

ފަރުމާކުރަން ދިން ސުވެނިއަރތަކަކީ މެންބަރުންނަށް ދޭން ނުވަތަ މެންބަރުންގެ ބޭނުމަށް ހަދާ ތަކެތި ނޫން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން މީޑިއާއެއްގައި ޝާޢިއު ކޮށްފައިވާ ނޫހަކަށް ރައްދު ދީފިއެވެ. 

މިއަދު މީޑިއާއެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކަށް ރައްދުދީ މަޖިލިސް އިދާރާއިން ބުނެފައިވަނީ، ސުވެނިއަރ ތަކަކީ، ސުވެނިއަރ ޝޮޕަށް ޒިޔާރާތްކުރާ ޢާންމުންގެ ތެރެއިން އެތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ބަހައްޓާފައި ހުންނަ ތަކެތި ކަމަށެވެ.

އެކަމާ ބެހޭގޮތުން މީޑިއާއެއްގައި ޝާޢިއު ކޮށްފައިވާ ލިޔުމެއްގައި ފާޑު ކިޔާފައިވަނީ، އަންދާސީ ހިސާބު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ގެޒެޓުގަައި ކޮށްފައިވާ އިއުލާނަކަށެވެ. އިއުލާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ދޭ ޑިޒައިނާއެއްގޮތަށް ސުވެނިއަރ ތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ވާހަކައެވެ.

ދައުލަތުގެ ޚަރަދުގައި މިފަދަ ކަންކަން ކުރާއިރު، މަސްވެރިންނަށް ފައިސާ ނުދޭ ކަމަށާއި، ފައިސާ ނެތުމުގެ ސަބަބުން ރަށް ރަށުގައި ކުރިން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް މަޑު ޖެހިފައިވާކަމަށް އެ ލިޔުމުގައި ވެއެވެ. އަދި އެ ކަންކަމަކަށް ފައިސާ ޚަރަދު ކުރުން މާ ބުއްދިވެރި އަދި ބޭނުންތެރި ކަމަށް ޤަބޫލު ކުރެވޭކަމަށެވެ.

މި ރިޕޯޓާ ގުޅިގެން މަޖިލިސް އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސުވެނިއާ ޝޮޕްގެ މަސައްކަތް ފެށީ މީގެ 3 އަހަރު ކުރިން 2021 ގައި ކަމަށެވެ. އޭރު ސުވެނިއަރ ޝޮޕަށް ބޭނުންވާ ތަކެތި ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ގެޒެޓުގައި އިއުލާންވެސްކުރި ކަމަށާއި ނަމަވެސް ފަހުން ސުވެނިއާތައް ޑިޒައިންކުރީ މަޖިލީހުގެ ގްރެފިކް ޑިޒައިނަރު ކަމަށްވެސް މަޖިލީސް އިދާރާއިން ވަނީ ބުނެފައެވެ.

އެގޮތުން ސުވެނިއަރތައް ޑިޒައިން ކުރަން އިޢުލާން ކުރި ތާރީޚުތައްވެސް މަޖިލީސް އިދާރާއިން ވަނީ ހާމަ ކުރައްވާފައެވެ.

މަޖިލީހުން ހާމަ ކުރެއްވި ގޮތުގައި އެ ޢިދާރާގެ ސުވެނިއަރ ޝޮޕަށް ސުވެނިއަރ ފަރުމާ ކުރާނެ ބަޔަކު ހޯދަން ފުރަތަމަ އިޢުލާން ކުރީ 21 ޖޫން 2021 ގައެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުވެސް ސުވެނިއަރތައް ފަރުމާކޮށް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިޢިލާން ކޮށްފައިވެއެވެ. އަދި 16 އޭޕްރިލް 2024 ގައި ފަރުމާ އާ އެއްގޮތަށް ސުވެނިއަރ ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަންވެސް އިޢުލާން ކުރިއެވެ.

މަޖިލިސް އިދާރާއިން އިތުރަށް ވިދާޅުވީ، ސުވެނިއާތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ އެހެން ގާނޫނު ހަދާ މަޖިލީސްތަކުގެ ސުވެނިއާ ޝޮޕްތަކުގައިވެސް ހުންނަ ފަދަ ގަލަމާއި ފޮތާއި ތަށި އަދި ސަމުސަލާއި އޫ ސެޓް ފަދަ ތަކެތި ކަމަށެވެ.

އެހެންކަމުން އެ މީޑިއާގައި ލިޔުއްވާފައިވަނީ ޙަޤީގަތާ ޚިލާފު މައުލޫމާތުކަމަށް މަޖިލީސް އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.