ޙުސްނީ މުބާރަކް އަދި ޑރ. އާނާރާ ނައީމް
ހަބަރު
03 Jun 2024 | 19:17
ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހުސްނީ، ނައިބަކަށް ޑރ. އާނާރާ

ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ޙުސްނީ މުބާރަކް އަދި ނައިބު މުޤައްރިރަކަށް ޑރ. އާނާރާ ނައީމް އިންތިޚާބުވެއްޖެއެވެ.

އެ ކޮމިޓީގެ މުޤައްރިރަކަށް ޙުސްނީގެ ނަން ހުށަހެޅުއްވީ، މިއަދު ކުރިއަށް ދިޔަ ޖުޑިޝަރީ ކޮމިޓީގެ ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އަދި މި ހުށަހެޅުމަށް ތާޢީދު ކުރެއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.

ޖުޑިޝަރީ ކޮމެޓީގެ މުޤައްރިރަކަށް ހުސްނީ އިންތިޚާބުވީ 11 މެންބަރުންގެ ވޯޓުންނެވެ.

ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްގެ ނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު  މުޙައްމަދު ޝާހިދެވެ. މި ހުށަހެޅުމަށް ތާޢީދު ކުރެއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދެވެ. އެ ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ނަން ހުށަހަޅުއްވާފައެވެ. ނަމަވެސް ނާޒިލްގެ ނަމަށް ތާއީދު ނުލިބުމުގެ ސަބަބުން ކޮމިޓީގައި ވޯޓަށް އަހާފައިވަނީ ޑރ. އަނާރާގެ ނަމަށް އެކަންޏެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިދިޔަ 19 ވަނަ މަޖިލީހުގައި ނުނިމި ހުރި ކަންތައްތަކާއި ޖުޑިޝަރީއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ހުރި ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށް ހުސްނީ މުބާރަކް ވިދާޅުވިއެވެ. އަދި ވާހަކަ ދައްކަވަމުން ޑރ. އާނާރާ ވިދާޅުވީ ޖުޑިޝަރީ ކޮމިޓީ އަކީ ވަރަށް މުހިންމު ކޮމިޓީއެއް ކަމަށެވެ. ޤައުމެއްގެ ނިސްބަތުން ބަލާއިރު އަދުލު އިންސާފު ޤާއިމުވުމަކީ މުހިންމުކަމެއް ކަމަށާއި ކޮމިޓީގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށްވެސް ޑރ.އަނާރާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.